މީދޫ ނަލަފެހި ޖަމްއިއްޔާއިން ހުޅުދޫ ގޭގެއަށް ބެހުމަށް 350 މުޑުވަށްކާށި ހުޅުދޫ އަވަށު އޮފީހާއި ހަވާލްކޮށްފި

ޔޫއެންޑީޕީ ގްލޯބަލް އެންވައިރުމެންޓް ފެސިލިޓީގެ ދަށުން ހިންގޭ ސްމޯލް ގްރާންޓްސް ޕްރޮގްރާމްގެ އެހީ ލިބިގެން ނަލަފެހި މީދޫއިން ހިންގާ ރުއް އިންދާ ހެއްދުމުގެ ޕްރޮގްރާމްގެދަށުން ނަލަފެހި ޖަމްއިއްޔާއަށް ލިބުނު މުޑުވަށް ކާށީގެ ތެރެއިން ހުޅުދޫ އަވަށުން ކާށި ބޭނުންވެގެން ނަންނޯޓްކޮށްފައިވާ ފަރާތްތަކާއި ކާށި ހަވާލްކުރުމަށް 350 މުޑުވަށްކާށި ހުޅުދޫ އަވަށު އޮފީހާއި ހަވާލްކޮށްފިއެވެ.

ހުޅުދޫ އަވަށު އޮފީހާއި ހަވާލްކުރި 350 މުޑުވަށްކާއްށި ހަވާލްކުރުމަށް ހުޅުދޫ އަވަށު އޮފީހުގައި ބޭއްވުނު ރަސްމިއްޔާތެއްގައި ހުޅުދޫ އަވަށު އޮފީހުގެ ޑިރެކްޓަރ މޫސާ ސިއްދީގާއި ކާށި ހަވާލްކޮށްދެއްވީ ނަލަފެހި  ޖަމްއިއްޔާގެ ނާއިބު ރައީސް ސިމާދު ޝަފީގެވެ.

ނަލަފެހި ޖަމްއިއްޔާގެ ފަރާތުން މައުލޫމާތު ލިބިފައިވާގޮތުގައި ހުޅުދޫ އަވަށު އޮފީހާއި ހަވާލް ކުރެވުނު 350 ކާށި  ގޭގެއާއި ހަވާލްކުރުމަށް ހަމަޖެހިފައިވަނީ ނަންނޯޓް ކޮށްފައިވާ ކޮންމެ ގެއަކަށް 2 ކާށި ހަވާލްކުރާގޮތަށެވެ.

ނަލަފެހިން ކުރިއަށް ގެންދަވާ ރުކުގެ އައު ޖީލެއް އުފެއްދުމުގެ ޕްރޮގްރާމްގެ ދަށުން ނަލަފެހިއަށް ލިބިފައިވާ މުޑުއްވަށްކާށީގެ ތެރެއިން ކާށި ބޭނުންވެގެން ނަންނޯޓްކުރި ހުޅުދޫ ދަނޑުވެރީންގެ ތެރެއިން ކޮންމެ ދަނޑުވެރިއަކަށް މީގެ ކުރީން ވަނީ  10 ކާށި ހަވާލްކޮށްފައެވެ.

ނަލަފެހިން ދޫކުރާ މުޑުވައް ކާއްޓަކީ  ރާއްޖެން ބޭރުން ގެނެސްފައިވާ ހައިބްރިޑް ކޮކްނެޓްގެ މުޑުވައްކާއްޓެކެވެ.   ހައިބްރިޑް ކޮކްނެޓަކީ ސައިންޓިފިކް ގޮތުން ބަދަލުކޮށްފައި ހުންނަ މުޑުވައްކާޓެކެވެ. މިކާށިން ފަޅާ ރުކަކީ ތިރިކޮށްހެދޭ ، މަތިވަރު ރަގަޅުރުކެކެވެ. ހައިބްރިޑް ކާށިން ފަޅާ ރުއް ރަގަޅަށް ބެލެހެއްޓި އަދި ރަގަޅަށް ހެއްދިއްޖެނަމަ 2 އަހަރު ދުވަހުތެރޭގައި ރުއް ފޯދި ކުރުން ކުރުބާ ލިބޭނެކަމަށް ނަލަފެހިން މައުލޫމާތު ދީފައިވެއެވެ.

  • ކޮމެންޓްސް (0)

Your email address will not be published. Required fields are marked *

  • ފުރިހަމަ ނަން

Ads

ގުޅޭ ލިޔުންތައް

ހަ ގަޑިއިރު ބޭތިއްބުމަށްފަހު ރައީސް މައުމޫނާއި އުއްތަމަ ފަނޑިޔާރުގެ ޝަރީއަތްވެސް ކެންސަލް

ދައުލަތުން ޓެރަރިޒަމްގެ ދައުވާ އުފުލާފައިވާ ދެ ބޭފުޅުން ކަމަށްވާ ކުރީގެ ރައީސް މައުމޫނާއި އުއްތަމަ ފަނޑިޔާރު އަބްދުﷲ ސައީދުގެ ...

ރައީސް ސޯލިހު ރާއްޖެ އާއި ބަންގްލަދޭޝް ބައްދަލުކުރި މެޗު ބައްލަވާލައްވައިފި

ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް، މިހާރު ކުރިޔަށްދާ ސާފް ޗެމްޕިއަންޝިޕް 2021 ގައި ދިވެހި ގައުމީޓީމު ކުޅުނު ދެވަނަ ...

ގާނޫނާ ޚިލާފް ކަންތައްތަކެއް ކުރެއްވީ ރައީސް ޔާމީންގެ އޯޑަރަށް: އަދީބު

ގާނޫނާ ޚިލާފަށް ކަންތައްތަކެއް ކުރައްވާފައިވާނަމަ އެކުރެއްވި ކަމެއް ކުރެއްވީ ކުރީގެ ރައީސް ޔަމީން އަންގަވައިގެންކަމަށް ކުރީގެ ނާއިބް ރައީސް ...