ސަރުކާރާއި ދެކޮޅު މީހަކު އެސްޓީއޯގެ އިސްމަގާމެއްގައި ނުބެހެއްޓޭނެ: އަސްލަމް

ސަރުކާރާއި ދެކޮޅު އަދި ޚިޔާލު ތަފާތުވާ މީހަކު އެސްޓީއޯގެ އިސްމަގާމުގައި ނުބެހެއްޓޭނެ ކަމަށް އެމްޑީޕީގެ ޕާލިމަންޓްރީ ގުރޫޕުގެ ލީޑަރު، ރައްޔިތުންގެ މަޖިލީހުގެ ހިތަދޫ އުތުރު ދާއިރާގެ މެންބަރު މުހައްމަދު އަސްލަމް ވިދާޅުވެއްޖެއެވެ.

އަސްލަމް މިހެން ވިދާޅުވެފައިވަނީ  ” ރަސް އޮންލައިން ” އަށް ދެއްވި ބަސްދީގަތުމެއްގައެވެ.

ރައީސް އޮފީހުގެ އެންގުމަކަށް ޕްރައިވެޓައިޒޭޝަން އެންޑް ކޯޕަރަޓައިޒޭޝަން ބޯޑުން ވަނީ އެސްޓީއޯގެ މެނޭޖިން ޑިރެކްޓަރު ކަމުގެ މަގާމުގައި ހުންނެވި ހުސައިން އަމްރު މުހައްމަދު ރަޝާދު އެ ކުންފުނީގެ މަގާމުތަކުން ވަކިކޮށްފައެވެ.

 މިކަމާގުޅިގެން ” ރަސް އޮންލައިން ” އާއި ވާހަކަފުޅު ދައްކަވަމުން އެމްޑީޕީގެ ޕާލިމަންޓްރީ ގުރޫޕުގެ ލީޑަރު، ރައްޔިތުންގެ މަޖިލީހުގެ ހިތަދޫ އުތުރު ދާއިރާގެ މެންބަރު މުހައްމަދު އަސްލަމް ވިދާޅުވީ ސަރުކާރާއި ރައީސް ގެންގުޅުއްވާ ސިޔާސަތުތަކާ ފާޅުގައި ދެކޮޅަށް ނިކުމެވަޑައިގަތުމުން ސަރުކާރުގެ އިސް މަގާމުތަކުގައި ނުތިއްބެވޭނެ ކަމަށެވެ. އަދި ސަރުކާރުގެ މަގާމުތަކުގައި ތިއްބެވޭނީ މަގާމުގެ މަސްއޫލިއްޔަތު ތެދުވެރިކަމާއި އިހުލާސްތެރިކަމާއެކު އަދާކުރާނެ ބޭފުޅުން ކަމަށާއި ރައީސަށް އިތުބާރު ނުކުރެވޭ ބޭފުޅުން މަގާމުތަކުގައި ނުބޭތިއްބޭނެ ކަމަށް އަސްލަމް ވިދާޅުވިއެވެ.

“އެސްޓީއޯ އަކީ ކާޑު އެތެރެ ކުރާ ކުންފުނި، ތެޔޮ އެތެރެ ކުރާ ކުންފުނި، ބޭސް އެތެރެ ކުރާ ކުންފުނި. ރައްޔިތުންނަށް ބޭނުންވާ ޒަރޫރީ ވަރަށް ގިނަ ތަކެތި މި އެތެރެ ކުރަނީ އެސްޓީއޯއިން. ސަރުކާރާއި އެހާވަރަށް ޚިޔާލު ތަފާތުވާ ބޭފުޅެއް އެތަނުގައި އެހެން ހުންނެވުން އެއީ ރާއްޖެ މިހާރު މި ހިނގާ ޒާތަށް ބަލާއިރު އެކަށީގެންވާ ކަމެއް ނޫން ކަމަށް އަޅުގަނޑު ދެކެނީ.”

އަސްލަމް ވިދާޅުވިއެވެ.

ރަސް އޮންލައިނަށް މައުލޫމާތުދެއްވާ ވާހަކަފުޅު ދައްކަވަމުން އަސްލަމް އިތުރަށް ވިދާޅުވީ ސަރުކާރާއި ޚިޔާލު ތަފާތުވުމަށް ވުރެ ބޮޑަށް އެސްޓީއޯގެ މެނޭޖިން ޑިރެކްޓަރ ކަމުގައި ހުންނަވައިގެން އަމްރު މަސައްކަތް ކުރެއްވީ ވެރިކަމުގެ ދަހިވެތި ކަމުގައި ރައީސް ނަޝީދު ހިންގަވާ ފިކުރެއްގެ ދިރުމާއި ގުޅިވަޑައިގެން ސަރުކާރާއި ދެކޮޅަށް ކަމަށެވެ. އެގޮތުން ރައީސް ސާލިހަށް އެމްޑީޕީގެ ރިޔާސީ ޓިކެޓް ދީފައިވާއިރު އެމަނިކުފާނާ ދެކޮޅަށް ސަރުކާރުގެ އިސް މަގާމެއްގައި ހުންނަވައިގެން މަސައްކަތް ނުކުރެވޭނެ ކަމަށް އަސްލަމް ވިދާޅުވިއެވެ.

“އެމްޑީޕީގެ ނަޒަރުން ބަލާނަމަ ޕާޓީގެ މެމްބަރެއްގެ ގޮތުގައި ހުންނަވައިގެން ބަޔަކު މީހުން ޕާޓީ ތެރޭގައި ހިންގާ ފިތުނައެއްގެ ތެރޭގައި ބައިވެރިވެވަޑަައިގެން އެހެން ސިޔާސީ ޕާޓީތަކާއި ވާހަކަ ދައްކަން ދިޔުމާއި އަމަލީ ގޮތުން އުޅުއްވަން ފެއްޓެވީމަ ސަރުކާރަކަށް ވެސް އަދި އާންމު ރައްޔިތަކަށް ވެސް ޝައްކު އުފެދޭނެ. އެހެންވީމަ އެފަދަ މަގާމެއްގައި އެއްގޮތަކަށް ވެސް ބެހެއްޓިގެންވާނެ ކަމަށް އަޅުގަނޑެއް ގަބޫލެއް ނުކުރަން.”

އަސްލަމް ވިދާޅުވިއެވެ.

  • ކޮމެންޓްސް (0)

Your email address will not be published. Required fields are marked *

  • ފުރިހަމަ ނަން

Ads

ގުޅޭ ލިޔުންތައް

ޖާބިރު ހައްޔަރުކޮށް، އެޅެން އޮތް އެންމެ ހަރުކަށި ފިޔަވަޅެއް އެޅުމަށް ކާށިދޫ ކައުންސިލުން ގޮވައިލައިފި

ރާއްޖޭގައި ޣައިރު ދީންތަކުގެ މީހުންނަށް އަޅުކަން ކުރުމުގެ މިނިވަންކަން ދިނުމަށް ގޮވައިލެއްވި ކާށިދޫ ދާއިރާގެ މެންބަރު ޖާބިރު ހައްޔަރުކޮށް، ...

ކޯވިޑް-19 : މިއަދު ޕޮޒިޓިވްވީ 74 މީހުން

ރާއްޖެއިން އިތުރު 74 މީހުން މިއަދު ކޯވިޑް-19އަށް ޕޮޒިޓިވްވެއްޖެއެވެ. ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗް.ޕީ.އޭ)އިން ވިދާޅުވީ، ރޭގެ އިރުއޮއްސި ...

ކޯވިޑް-19 : ޒަރޫޒީ ބޭނުމަށް ތަކެތި ގަންނަން ނުކުތުމުގެ ހުއްދަ ތިންދުވަހުން އެއްދުވަހު ދޭން ފަށަނީ

މާލޭގެ ގޭބިސީތަކުގައި ދިރިއުޅޭ ރައްޔިތުންނަށް މާދަމައިން ފެށިގެން ކޮންމެ ތިން ދުވަހަކުން އެއްދުވަހު ގެއަށް ބޭނުންވާ ޒަރޫރީ ތަކެތި ...