ކޮވިޑާ ގުޅިގެންއައިލެން އޭވިއޭޝަން ސާވިސަސްގެ މުވައްޒަފުންގެ މުސާރައިން ކަނޑާލާފައިވާ އިނާޔަތްތައް އަލުން ދޭން ނިންމިކަން ރޭ އިއުލާންކޮށްފިއެވެ.
އައިލެންޑް އެވިއޭޝަން ސާވިސަސް (އައިއޭއެސް) ގެ މުވައްޒަފުންގެ މުސާރައިން ކަނޑާލާފައިވާ އިނާޔަތްތައް އަލުުން ދިނުމަށް ނިންމާފައިވަނީ ރޭބޭއްވުނު އެކުންފުނީގެ ސްޓާފް ނައިޓްގައެވެ.
މި ހަފްލާގައި ވާހަކަދައްކަވަމުން އައިއޭއެސްގެ މެނޭޖިން ޑިރެކްޓަރު މުހައްމަދު މިހާދު ވިދާޅުވީ އަންނަ މާޗް މަހުން ފެށިގެން މުވައްޒަފުންގެ އަސާސީ މުސާރައަށް ހެޔޮ ބަދަލެއް އަންނާނެ ކަމަށެވެ. އަދި މި ބަދަލާއެކު މުވައްޒަފުން ޕެންޝަނަށް ރައްކާކުރާ މިންވަރު ވެސް އިތުރުވެގެންދާނެ ކަމަށް އޭނާ ވިދާޅުވި އެވެ.
މިހާދު ވިދާޅުވީ މިހުރިހާ ބަދަލެއް އެކުންފުނިން ގެންނަނީ މުވައްޒަފުންނަށް ރަނގަޅު ގޮތްތައް ހޯދާއިދީ، ގާބިލް މުވައްޒަފުން ކުންފުނީގައި ދެމެހެއްޓުމަށް ކަމަށެވެ.
“މުވައްޒަފުންގެ ޓިކެޓަށް ދައްކާ ފިއުލް ޗާޖް މާޗް މަހުގެ 1 އިން ފެށިގެން ކަނޑާލަންވަނީ ނިންމާފައި. އަދި މާޗް މަހުގެ 1 ވަނަ ދުވަހުން ފެށިގެން މުވައްޒަފުންގެ މުސާރައަށް ވެސް ހެޔޮ ބަދަލެއް ގެނައުމަށް ކުންފުނިން ވަނީ ނިންމާފައި،”
މިހާދު ވިދާޅުވި އެވެ.
މީގެ އިތުރުން ވެސް ކޮވިޑް-19ގެ ސަބަބުން ކުޑަކުރި އިނާޔަތްތަކުގެ ތެރެއިން އިތުރު ޢިނާޔަތްތައް އަލުން ދޭން ފެށުމަށް ނިންމިކަން ވެސް އިއުލާންކުރި އެވެ. އެގޮތުން މުވައްޒަފުންނަށް ދޭ ޓިކެޓް ކޮވިޑްގެ ބަލިމަޑުކަމުގެ ތެރޭގައި ކަނޑާލާފައި އޮތުމަށްފަހު އަލުން އެ ޓިކެޓުގެ އިނާޔަތްތައް ވެސް އިޔާދަކުރުމަށް ނިންމިކަން އިއުލާންކުރި އެވެ. އޭގެ އިތުރުން އައިލެންޑް އޭވިއޭޝަންގެ ޓިކެޓުގެ ފިއުލް ސާ ޗާޖްގެ ގޮތުގައި ދައްކާ ފައިސާގެ ޕަސެންޓް ވެސް މުވައްޒަފުންގެ އަތުން ނުނަގާ ގޮތަށް މާޗް މަހުން ފެށިގެން ހަމަޖެހޭނެ ކަމަށް އޭނާ ވިދާޅުވި އެވެ.
ރޭބޭއްވުނު އައލެންޑް އޭވިއޭޝަންގެ ސްޓާފް ނައިޓްގައި ވަނީ އެ ކުންފުންޏަށް ދިގު މުއްދަތަކަށް ޚިދުމަތް ކުރި ފަރާތްތަކުގެ އަގު ވަޒަންކޮށް އެފަރާތްތަކަށް އެވޯޑު ދެއްވާފަ އެވެ.
ކޮމެންޓްސް (0)