ހުޅުދޫ ބަނދަރުގެ މަސައްކަތް ނިމެނީ

އައްޑޫ ސިޓީ ހުޅުދޫގައި އަލަށް ތައްޔާރު ކުރަމުންދާ  ބަނދަރު ތަރައްޤީ ކުރުމަށް ކުރަމުންދާ މަޝްރޫޢުގެ 91 ޕަސެންޓް މަސައްކަތް ނިމިއްޖެ އެވެ.

ހުޅުދޫ ބަނދަރުގެ މަސައްކަތް ކުރަމުންދާ  އެމްޓީސީސީން ބުނީ  ހުޅުދޫ ބަނދަރުގެ ހާބަރ ބްރިޖް ހެދުމާއި ބޭރުތޮށި ލުމުގެ މަސައްކަތް ނިމިފައިވާ ކަމަށެވެ.

މި މަޝްރޫޢުގެ ދަށުން، 88،623 ކިއުބިކް މީޓަރުގެ ސަރަޙައްދެއްގެ ބަނދަރު ފުންކުރުމާއި، 114 މީޓަރުގެ ސަރަޙައްދެއްގައި ބޭރުތޮށި ލާނެ އެވެ.

624 މީޓަރުގެ ސަރަޙައްދެއްގައި ރިވެޓްމެންޓް ޖެހުމާއި، 742 މީޓަރުގެ ސަރަޙައްދެއްގައި އެއްގަމުތޮށި ލުމާއި، 2250 އަކަ މީޓަރުގެ ސަރަޙައްދެއްގައި ޕޭވްމަންޓް ހެދުމާއި، މަގުބައްތި ހަރުކުރުމުގެ މަސައްކަތް ކުރުމަށް ހަމަޖެހިފައިވެ އެވެ.

މި މަޝްރޫޢަކީ 66.3 މިލިއަން ރުފިޔާގެ މަޝްރޫޢެކެވެ.

  • ކޮމެންޓްސް (0)

Your email address will not be published. Required fields are marked *

  • ފުރިހަމަ ނަން

Ads

ގުޅޭ ލިޔުންތައް

ހޯމް ކަރަންޓީނުގައި މީހަކު ހުއްޓަސް އެހެން މީހުންނަށް ގެއިން ބޭރަށް ދެވޭނެ

ކޮވިޑް 19 އާއި ގުޅިގެން ރަށްރަށުގެ ގޭގައި މީހުން ކަރަންޓީނު ކުރުމާއި ގުޅޭގޮތުން ކުރިން އެޗްޕީއޭއިން އާއްމުކުރި އުސޫލުގައި ...

ލޯކަލް ޓުއަރިޒަމް ކުރިއެރުވޭނީ ފަތުރުވެރިންނަށް ބޭނުންވާ ހުރިހާ ޚިދުމަތެއް ފޯރުކޮށްދީގެން- ޗަންޕާ އަފީފް

ރަށްރަށުގައި ގެސްޓް ހައުސް ވިޔަފާރި ކުރިއެރުވޭނީ ފަތުރުވެރިންނަށް ބޭނުންވާ އެހެނިހެން ޚިދުމަތްތައްވެސް ފުރިހަމައަށް ޤާއިމްކުރެވިގެންކަމަށް މަޝްހޫރު ވިޔަފާރިވެރިޔާ ޗަންޕާ ...

ފާހާނަ ސާފުކުރާ ކެމިކަލް ފުޅިއެއް ބުއި ދިވެހި އަންހެނަކު މަރުވެއްޖެ

ފާހާނަ ސާފުކުރާ ކެމިކަލް ފުޅިއެއް ބޮއެގެން ދިވެހި އަންހެނަކު މަރުވެއްޖެއެވެ. ކެމިކަލެއް ބޮއެގެން އަމިއްލައަށް މަރުވެފައި ވަނީ ނ. ...