އާސިރު ފެނިއްޖެ، އޭނާގެ ހާލު ރަނގަޅު

ގެއްލިގެން ހޯދަމުންދިޔަ މުޙައްމަދު އާސިރު އިސްމާޢީލް، (ސ. މަރަދޫފޭދޫ / ގަސްކަރަ) ފެނިފައިވާ ކަމަށް މިނިސްޓަރ އޮފް ހޯމްއެފެއާޒް ސައިޚް އިމްރާން ޢަބުދުﷲ ވިދާޅުވެއްޖެއެވެ.

އުމުރުން 31 އަހަރުގެ އާސިރު، ވީނުވީއެއް ނޭނގި ގެއްލިފައިވާ ކަމަށް ފުލުހުންނަށް ރިޕޯޓްކޮށްފައިވާތީ، އޭނާ ހޯދުމަށް އާންމުންގެ އެހީތެރިކަމަށް ފުލުހުން އެދިފައި ވަނީ މި މަހުގެ 6 ވަނަ ދުވަހުއެވެ. އޭނާ ގެއްލިގެން ފުލުހުންނަށް ރިޕޯޓުކޮށްފައި ވަނީ މި މަހުގެ 5 ވަނަ ދުވަހުއެވެ.

މިނިސްޓަރު އިމްރާން ރޭ ކުރެއްވި ޓްވީޓެއްގައި ގެއްލިގެން ހޯދަމުންދާ އާސިރު ފެނިފައިވާ ކަމަށް ވަނީ ވިދާޅުވެފައެވެ. އަދި އާސިރު ހޯދުމަށް ފުލުހުން ކުރެއްވި މަސައްކަތް ފާހަގަކުރަށްވާ ޝުކުރު އަދާކުރައްވާފަވެއެވެ.

”އާސިރު ހޯދުމަށް ފުލުހުން ކުރެއްވި މަސައްކަތަށް ނިހާޔަތަށް ޝުކުރު ދަންނަވަން، އަލްޙަމްދުﷲ، މީގެ ކުޑައިރުކޮޅެއް ކުރިން ފުލުހުންނަށް އާސިރު ފެނިއްޖެ.

ރޭ 23:53 ގައި މިނިސްޓަރު ކުރެއްވި ޓްވީޓްގައި ވިދާޅުވެފައިވެއެވެ.

ހޯދަމުން ދިޔަ އާސިރާއި ގުޅޭގޮތުން ފުލުހުން އިއްޔެ ނެރުއްވި ބަޔާނެއްގައި ވިދާޅުވެފައިވާ ގޮތުގައި، އޭނާ ހޯދަން މާލޭގެ އެކި ސަރަހައްދުތަކާއި ވީއައިއޭގެ ޓީއެމްއޭގެ ކެމެރާތައް އަދި އެއާޕޯޓް ފެރީ ހުންނަ ސަރަހައްދުގައި ހުރި ހުރިހާ ކެމެރާތަކުން 150 ގަޑިއިރުގެ ފުޓޭޖް މިއަދު ހަވީރާއި ހަމައަށް ވަނީ ބަލާފައެވެ.

  • ކޮމެންޓްސް (0)

Your email address will not be published. Required fields are marked *

  • ފުރިހަމަ ނަން

Ads

ގުޅޭ ލިޔުންތައް

ދެ ސްކޫލެއް ސެޓެލައިޓް ސްކޫލްގެ ގޮތުގައި ތަރައްޤީ ކުރަން ހަވާލުކޮށްފި

ސެޓެލައިޓް ސްކޫލްގެ ގޮތުގައި ޤާއިމްކުރާ ވ.ރަކީދޫ އާއި ވ.ތިނަދޫ ސްކޫލް ތަރައްޤީ ކުރުމުގެ މަސައްކަތް ހަވާލުކުރުމުގެ އެއްބަސްވުމުގައި މިއަދު ...

އައްޑޫއަށް އުދަ އަރައި އެފްކޮންސް އިން ހަދަމުންއަންނަ ބްރިޖަށް ގެއްލުންވެއްޖެ

އުދަ އަރައި އައްޑޫ ސިޓީގެ ހަންކެޑެ ސަރަހައްދުގައި އިންޑިއާގެ އެފްކޮންސް ކުންފުނިން ހަދަމުން އަންނަ ބްރިޖަށް ބޮޑެތި ގެއްލުންތަކެއް ...

އޭސީޕީ ޖަމްޝީދާއި، އަޙްމަދު މުޙައްމަދު މަޤާމުން ވަކިކުރަން ނޯޓިސް ފޮނުވައިފި

އެސިސްޓެންޓު ޕޮލިސް ކޮމިޝަނަރ މުހައްމަދު ޖަމްޝީދާއި އަހްމަދު މުހައްމަދު ވަޒީފާއިން ވަކިކުރަން ނޯޓިސް ފޮނުވައިފިއެވެ. ރައީސް ޢަބްދުﷲ ޔާމީންގެ ...