އައްޑޫއަށް އުދަ އަރައި އެފްކޮންސް އިން ހަދަމުންއަންނަ ބްރިޖަށް ގެއްލުންވެއްޖެ

އުދަ އަރައި އައްޑޫ ސިޓީގެ ހަންކެޑެ ސަރަހައްދުގައި އިންޑިއާގެ އެފްކޮންސް ކުންފުނިން ހަދަމުން އަންނަ ބްރިޖަށް ބޮޑެތި ގެއްލުންތަކެއް ވެއްޖެ އެވެ.

ބްރިޖުގެ މަސައްކަތަށް އަޅާފައިވާ ފަސްގަޑާއި އެތަނުގައި ބަހައްޓާފައި ހުރި ބައެއް މެޝިނަރީ ހިމެނޭހެން ގިނަ ސާމާނުތައް ވަނީ އުދަ އަރައި ރާޅާ އެކު ގޮސްފަ އެވެ.

އައްޑޫގެ އެކި ރަށްތަކަށް އުދަ އަރަމުންގޮސްފައިވާއިރު، މެންދުރު ދިޔަވަރު ބޮޑުވި ވަގުތު ވަނީ ހަންކެޑެ ދަރަހައްދާއި ގައުކެޑި ސަރަހައްދުގެ ލިންކު ރޯޑަށްވެސް އުދަ އަރާފަ އެވެ.

އަދި ހިތަދޫގައި ހަދާފައިވާ ޕޮލިސް އެކަޑަމީ އާއި ކުނި ކޮށި ސަރަހައްދުން އެއްގަމަށްވެސް ވަނީ ލޮނުގަނޑު އަރާފަ އެވެ.

އައްޑޫސިޓީއަށް އިއްޔެ އުދައެރުމުގެ ސަބަބުން އިންޑިއާގެ އެފްކޮންސް ކުންފުނިން ހަދަމުން އަންނަ ބްރިޖަށް ބޮޑެތި ގެއްލުންތަކެއް ލިބުނުއިރު ދެން އެންމެ ބޮޑަށް ގެއްލުން ލިބުނީ މަރަދުއަށެވެ. އެގޮތުން އެ މަރަދޫގެ މޫދާ ކައިރީ ފުއްޓަރު ފަރާތުގައި ހުރި ގިނަ ގެތަކާއި ބައެއް ފިހާރަތަކަށް ވެސް ލޮނު ވަދެ، އެކި ވަރުގެ ގެއްލުންތައް ލިބުނެވެ

މަރަދޫގެ 50 ގެއަކަށް ލޮނު ވަދެ، އޭގެ ތެރެއިން ދެ ގެއަކުން މީހުން ބަދަލުކޮށްފައިވެ އެވެ. މަރަދޫފޭދޫ ގައި ވެސް 30 ގެއަކަށް ލޮނު ވަދެ ގެއްލުންތަކެއް ލިބިފައިވާ ކަމަށް އެންޑީއެމްއޭ އިން ހާމަކޮށްފައިވެއެވެ.

އައްޑޫ ސިޓީ ކައުންސިލުން އިއްޔެ ހަވީރު ވަނީ އުދައެރި ރަށްރަށަށް ޒިޔާރަތްކޮށް، ހާލަތު ބަލައިފަ އެވެ. އެގޮތުން އުދައެރި ދިމާތަކަށް ވެލި އެޅުމާއި އުދަ އެރި ސަރަހައްދުގައި ހުރި ގެތަކަށް ލޮނުގަނޑު ނުވަންނާހެން ވެލި ބަސްތާ ޖެހުމުގެ މަސައްކަތް ސިޓީ ކައުންސިލުންވަނީ ކުރުވާފައެވެ.  މިކަމުގައި އައްޑޫ ޕަބްލިކް ވޯކްސް އާއި ފުލުހުންނާއި ސިފައިންގެ އިތުރުން ގިނަ އަދަދެއްގެ އާންމުން ވެސް ބައިވެރިވެފައިވެ އެވެ.

-އައްޑޫސިޓީ –  1-7-2022 އުދައެރުމުގެ ސަބަބުން ބޮޑެތި ގެއްލުންތަކެއް ވަނީ ލިބިފައި

  • ކޮމެންޓްސް (0)

Your email address will not be published. Required fields are marked *

  • ފުރިހަމަ ނަން

Ads

ގުޅޭ ލިޔުންތައް

ޓޫރިސްޓެއްގެ ލަގެޖުން ވައްކަންކުރި މައްސަލައިގައި ކޫއްޑޫގެ މޯލްޑިވިއަންގެ މެނޭޖަރު ހައްޔަރުކޮށްފި

ޓޫރިސްޓެސްގެ ލަގެޖުން ވައްކަން ކުރި މައްސަލައެއްގެ ތުހުމަތުގައި ކޫއްޑޫ އެއާޕޯޓުގެ މޯލްޑިވިއަންގެ މެނޭޖަރު ހައްޔަރުކޮށްފި އެވެ. ފުލުހުން މިއަދު ...

ކްރޯނާ ވައިރަސްގެ ސަބަބުން ކުއްލި ނުރައްކަލުގެ ހާލަތު އިއުލާންކޮށްފި

ކޮރޯނާ ވައިރަސް ދުނިޔޭގެ އެކި ޤައުމުތަކުން ފެންނަމުންދާތީ ދުނިޔޭގެ ސިއްޚަތު ޖަމިއްޔާ ޑަބްލިއުއެޗްއޯ އިން މުޅިދުނިޔެއަށް ސިއްޙީ ކުއްލި ...

ބީއެމްއެލްގެ ކޮމިއުނިޓީ ފަންޑުން އިތުރު ފަސް ރަށަކަށް މާލީ އެހީތެރިކަން ދީފި

ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) ގެ ކޮމިއުނިޓީ ފަންޑުން އިތުރު ފަސް ރަށަކަށް ޕްރޮޖެކްޓް ހިންގުމަށް ބޭނުންވާ ފައިސާ ...