މޯލްޑިވިއަންގެ ރިޒަވޭޝަން އެންޑް ކޯލް ސެންޓަރު ފުވައްމުލަކަށް

މޯލްޑިވިއަންގެ ރިޒަވޭޝަން އެންޑް ކޯލް ސެންޓަރު ފުވައްމުލައް ސިޓީއަށް ބަދަލުކޮށްފިއެވެ

މިސެންޓަރު ފުވައްމުލަކުގައި ހުޅުވައިދެއްވީ ނައިބު ރައީސް ފައިސަލް ނަސީމެވެ.

ފުވައްމުލަކުގައި ހުޅުވުނު މިކޯލް ސެންޓަރާއެކު ކޯލް ސެންޓަރުން ހިދުމަތްދޭ ވަގުތުވެސް ވަނީ އިތުރުކޮށްފައެވެ.

މިްަ1ގޮތުން ހުކުރު ދުވަސް ފިޔަވައި ހަފްތާގެ އެހެން ހުރިހާ ދުވަހެއްގައި ހެނދުނު 09:00އިން ރޭގަނޑު 08:00އަށް ހިދުމަތް ދިނުމަށް ވަނީ ހަމަޖެހިފައެވެ. އަދި ހުކުރު ދުވަސްތަކުގައި މެންދުރު 2:00އިން ރޭގަނޑު 8:00އަށް ހިދުމަތް ދޭނެކަމަށް މޯލްޑިވިއަނުން ބުނެއެވެ.

މިއާއެކު ރިޒަވޭޝަން އެންޑް ކޯލް ސެންޓަރުގެ ހިދުމަތް ހޯދުމަށް އާ ޝޯޓް ކޯޑް ނަމްބަރެއްވެސް ވަނީ ތައާރަފްކޮށްފައެވެ. މި ނަމްބަރަކީ 1671 އެވެ.

ސަރުކާރުގެ ލާމަރުކަޒީ ސިޔާސަތުގެ ދަށުން މިސެންޓަރު ފުވައްމަލުކަށް ބަދަލުކޮށްފައިވާއިރު، މޯލްޑިވިއަންގެ ހިދުމަތްތައް ހޯއްދަވާ ބޭފުޅުންނަށް އިތުރު ފަސޭހަތައް ލިބިގެންދާނެކަމަށް އެކުންފުނިން ބުނެއެވެ.

  • ކޮމެންޓްސް (0)

Your email address will not be published. Required fields are marked *

  • ފުރިހަމަ ނަން

Ads

ގުޅޭ ލިޔުންތައް

އައްޑޫ މީހުން ސިޔާސީ ގޮތުން ބަސްބުނުމުން ބުލީކުރުން- ރޭވިގެން ހިންގާ ޢާންމު ކަމެއް- ޝަރީފް

މާލޭގެ އިއްޒަތްތެރިން، އައްޑޫ މީހުންނަށް ބުލީކުރުން ޢާންމުކަމަކަށްވެއްޖެކަމަށް އައްޑޫ މަރަދޫ ދާއިރާގެ މެންބަރު އިބްރާހީމް ޝަރީފް (މަވޯޓާ) ވިދާޅުވެއްޖެއެވެ. ...

ފޭދޫ ފުޓްބޯޅަ ދަނޑުގެ ސަބްބޭސް މަސައްކަތް ނިންމާލައިފި

ސަރުކާރުން އައްޑޫ ސިޓީ ފޭދޫގައި ތަރައްގީކުރަމުން އަންނަ ފުޓްބޯޅަ ދަނޑުގެ ސަބްބޭސް އެޅުމުގެ މަސައްކަތް ނިންމާލައިފިއެވެ. ފޭދޫ ފުޓްބޯޅަ ...

އިލްޔާސް ގެ ކެމްޕޭން ހަރަކާތް ތައް މަލޭގައި ވަނީ ފަށާފި

އަންނަ މަހު އޮންނަ އިންތިހާބުގައި ވާދަކުރައްވާ ދަ ޑިމޮކްރެޓްސްގެ ރިޔާސީ ކެންޑިޑޭޓް، އިލްޔާސް ލަބީބު، މާލޭގައި ދޮރުންދިރަށް ކެމްޕެއިން ...