ކޭންގެ ޕެނަލްޓީ ނާކާމިޔާބުވެ އިންގްލެންޑް ކަޓައިފި- ޗެމްޕިއަން ފްރާންސް ސެމީއަށް

ފީފާ ވޯލްޑް ކަޕްގެ ކުއާޓާ ފައިނަލްގައި އިންގްލެންޑް އަތުން 2-1 އިން މޮޅުވެ، އެންމެ ފަހުގެ ޗެމްޕިއަން ފްރާންސް މުބާރާތުގެ ސެމީ ފައިނަލަށް ދަތުރުކޮށްފި އެވެ.

މިމެޗުގެ 17 ވަނަ މިނިޓުގައި ފްރާންސްގެ ފުރަތަމަ ލަނޑު ކާމިޔާބުކޮށްދިނީ ރެއާލް މެޑްރިޑްގެ މިޑްފީލްޑަރު އައުރެލިއެން ޗުއަމެނީ އެވެ. ޕެނަލްޓީ އޭރިޔާ ބޭރުން ބޯޅަ ކޮންޓުރޯލްކޮށްލުމަށް ފަހު، ޗުއަމެނީ ތިރިތިރިން ފޮނުވާލި ބާރު ބޯޅަ އަމާޒުވީ ގޯލުގެ ތިރީ ކަނަށެވެ.

މިމެޗުގެ ރަނގާޅަށް ކުޅެ، ލަނޑު ޖަހާނެ ފުރުސަތުތަކެއް ތަނަވަސްކުރި އިންގްލެންޑް އިން ދެވަނަ ހާފުގެ ކުރީކޮޅު މެޗުގެ ނަތީޖާ އެއްވަރުކުރީ ކެޕްޓަން ހެރީ ކޭން ކާމިޔާބުކުރި ޕެނަލްޓީއަކުންނެވެ. މި ޕެނަލްޓީ ލިބުނީ އިންގްލެންޑް ބުކާޔޯ ސާކާ އަށް ފްރާންސްގެ ޗުއަމެނީ ކުރި ފައުލަކާ ގުޅިގެންނެވެ.

 މި ލަނޑާއެކު ކޭން ވަނީ ގައުމީ ޓީމަށް 53 ލަނޑު ހަމަކޮށް، ވޭން ރޫނީގެ ރެކޯޑާ އެއްވަރުކޮށްފަ އެވެ.

އިންގްލެންޑުން މެޗްގެ ނަތީޖާ ހަމަހަމަކޮށްފައިވަނިކޮށް ފްރާންސް އިން ދެވަނަ ފަހަރަށް ލީޑު ނެގީ 78 ވަނަ މިނިޓުގައި އޮލިވިއޭ ޖިރޫ ޖެހި ލަނޑުންނެވެ. ގްރީޒްމަން ހުރަސްކޮށްލި ބޯޅަ ޖިރޫ ގޯލަށް ފޮނުވާލީ ބޮލުންނެވެ.

މެޗުގެ ފަހު ދިހަ މިނިޓުގެ ތެރޭގައި މޭސަން މައުންޓަށް ފްރާންސްގެ ތިއޯ ހެނާންޑޭޒް ކުރި ފައުލަކާ ގުޅިގެން އިންގްލެންޑަށް ޕެނަލްޓީއެއް ލިބުނަސް، ކޭން ފޮނުވާލި ޕެނަލްޓީ ދިޔައީ ބޭރަށެވެ.

މެޗްގެ ނަތީޖާ ހަމަހަމަ ކުރަން ލިބުނު މިފުރުސަތު ނާކާމިޔާބު ކޮށްލުމުން ފްރާންސުން ވަނީ މެޗުގެ ފަހު ވަގުތާއި ޖެހެންދެން ލީޑު ހިފަހައްޓާ ސެމީ ފައިނަލް ޔަގީން ކޮށްފައެވެ.

ފްރާންސުން ސެމީގައި ނުކުންނާނީ މުބާރާތުގެ އެންމެ ހައިރާންކުރުވަނިވި ނަތީޖާތަކެއް ނެރެމުން އަންނަ މޮރޮކޯއާ ދެކޮޅަށެވެ.
އަނެއް ސެމީ ފައިނަލުގައި އާޖެންޓީނާ ނުކުންނާނީ ކްރޮއޭޝިއާއާ ދެކޮޅަށެވެ

  • ކޮމެންޓްސް (0)

Your email address will not be published. Required fields are marked *

  • ފުރިހަމަ ނަން

Ads

ގުޅޭ ލިޔުންތައް

ޖޯލިއަންސް މިކްސް ވޮލީ މުބާރާތް: ޓީމް ލިޓަސް ކުޅުނު ދެވަނަމެޗުންވެސް ކާމިޔާބުކޮށްފި

އައްޑޫސިޓީ  ފޭދޫ ޒުވާނުން އިންތިޒާމްކޮށްގެން ފޭދޫގައި މިހާރު ކުރިއަށްދާ ޖޯލިއަންސް މިކްސް ވޮލީ މުބާރާތުގައި ރޭ ކުޅެވުނުމެޗް ޓީމް ...

ރަސްރަނި ނެޓްބޯޅަ ޗެލެންޖް – ހުޅުދޫ ޔޫތު ޗެމްޕިއަންކަން ހޯދައިފި

އައްޑޫ ރަސްރަނި  ނެޓްބޯލް ޗެލެންޖްގެ ޗެމްޕިއަންކަން ހުޅުދޫ ޔޫތު ހޯދައިފިއެވެ. ހުޅުދޫ ޔޫތު މިމުބާރާތުގެ ޗެމްޕިއަންކަން ހޯދީ މިއަދު ...

ިދިވެހި ސިފައިންގެ ކްލަބުން ޗެމްޕިއަންކަން ހޯދައިފި

ވޮލީބޯލް އެސޯސިއޭޝަން ކަޕްގެ ޗެމްޕިއަންކަން ދިވެހި ސިފައިންގެ ކްލަބުން ހޯދައިފިއެވެ. ދިވެހި ސިފައިންގެ ކްލަބް މިމުބާރާތުގެ ޗެމްޕިއަންކަން ހޯދީ ...