ރަސްރަނި ނެޓްބޯޅަ ޗެލެންޖް – ހުޅުދޫ ޔޫތު ޗެމްޕިއަންކަން ހޯދައިފި

އައްޑޫ ރަސްރަނި  ނެޓްބޯލް ޗެލެންޖްގެ ޗެމްޕިއަންކަން ހުޅުދޫ ޔޫތު ހޯދައިފިއެވެ.

ހުޅުދޫ ޔޫތު މިމުބާރާތުގެ ޗެމްޕިއަންކަން ހޯދީ މިއަދު ކުޅުނު މި މުބާރާތުގެ ފައިނަލް މެޗުގައި ޓީމް ފެނަކަ އާ ބައްދަލުކޮށް މެޗު ކާމިޔާބުކޮށްގެން ނެވެ.

ހުޅުދޫ ޔޫތު މިމުބާރާތުގެ ޗެމްޕިއަންކަން  ހޯދާފައިވަނީ މިމުބާރާތުގެ ފުރަތަމަ މެޗްގައި މިފްކޯއާއި ބައްދަލުކޮށް ކުޅުނު މެޗް ތަފާތު ބޮޑު ނަތީޖާއަކުން ބަލިވިޔަސް އޭގެ ފަހުން އެޓީމު ކުޅުނު އެއްވެސް މެޗަކުން ބަލިނުވެ އެވެ.

އެ ޓީމުން ފައިނަލް މެޗު ކާމިޔާބުކޮށްފައިވަނީ 28 ޕޮއިންޓު 27 ޕޮޓުން ނެވެ

މިމެޗްގެ ފުރަތަމަ ކުއާޓާ ނިމުނުއިރު ޔޫތު 7 ޕޮޓު 5 ޕޮޓުން ކުރިހޯދާފައިވީނަވެސް  ދެވަނަ ކުއާޓާ ނިމުނުއިރު 13 ޕޮޓު 13 ޕޮޓުން ދެޓީމްވަނީ އެއްވަރު ވެފައެވެ. އަދި ތިންވަނަ ކުއާޓާގެ ކުޅުން ނިމުނުއިރުވެސް 20 ޕޮޓު 20 ޕޮޓުން ދެޓީމް ވަނީ އެއްވަރުވެފައެވެ. މިމެޗްގެ ފަހުކުއާޓާ ކުޅުން ނިމުނުއިރު 28 ޕޮޓު 27 ޕޮޓުން ޔޫތު ކުރި ހޯދައިގެން މިމުބާރާތުގެ ޗެމްޕިއަންކަން ވަނީ ހޯދާފައެވެ.

advertisement
  • ކޮމެންޓްސް (0)

Your email address will not be published. Required fields are marked *

  • ފުރިހަމަ ނަން

Ads

ގުޅޭ ލިޔުންތައް

އދ ގެ ސަލާމަތީ މަޖިލީހުގެ ގޮނޑި ދިވެހިރާއްޖެއަށް ކާމިޔާބު ކުރެވިދާނެ: ޝައިނީ

އދ ގެ ސަލާމަތީ މަޖިލީހުގެ ގޮނޑި ދިވެހިރާއްޖެއިން ކާމިޔާބު ކުރެވިދާނެ ކަމަށް ގަބޫލުކުރައްވާ ކަމަށް ފިޝަރީޒް މިނިސްޓަރ ޑރ. ...

މަސައްކަތްތެރިންގެ ހައްޤުތަކާއި ގުޅޭ ބިލުތައް ފާސްކޮށް މިއަހަރު އަމަލު ކުރެވޭ ގޮތް ހަދައިދޭނަން

މި އިންތިހާބު ނިމުމާއެކު މަސައްކަތްތެރިންގެ ހައްގުގައި ފާސްކުރަން ޖެހޭ ބިލުތައް ފާސްކޮށް މި އަހަރު ތެރޭގައި އެއަށް އަމަލުކުރެވޭނެ ...

ފަލަސްތީން ރައްޔިތުންނަށް ނަސްރުދެއްވުމަށް އެދި ގުނޫތު ކިޔަން ނިންމަވައިފި

ފަލަސްތީނުގެ ރައްޔިތުންނަށް ނަސްރުދެއްވުން އެދި އަޑުހަރުކޮށް ކިޔަވާ ނަމާދުތަކުގައި ގުނޫތު ނާޒިލާ ކިޔަން އިސްލާމިކް މިނިސްޓްރީން ހަމަޖައްސަވައިފިއެވެ. އިސްލާމިކް ...