5 ފަހަރުގެ ޗެމްޕިއަން ބްރެޒިލް ކަޓުވާލާ ކްރޮއޭޝިއާ ސެމީއަށް

ފީފާ ވޯލްޑް ކަޕުގެ ކުއާޓާ ފައިނަލުގެ ފުރަތަމަ މެޗުގައި ޕެނަލްޓީ ޖަހައިގެން ފަސްފަހަރުގެ ޗެމްޕިއަން ބްރެޒިލް ކަޓުވާލާ ކްރޮއޭޝިއާއިން ސެމީ ފައިނަލުގެ ފުރަތަމަ ޖާގަ ހޯދައިފި އެވެ.

ގަތަރުގެ އެޑިއުކޭޝަން ސިޓީ ސްޓޭޑިއަމްގައި ކުޅެވުނު ފޯރިގަދަ ކުއާޓާ ފައިނަލުގައި އެންމެ ފަހުގެ ރަނަރަޕް ކްރޮއޭޝިއާއިން ވަނީ ޕެނަލްޓީ ޖަހައިގެން ވޯލްޑްކަޕުގެ ތާރީހުގައި އެންމެ ކާމިޔާބު ޓީމު ބްރެޒިލް ބަލިކޮށްފަ އެވެ.

ކްރޮއޭޝިއާއިން ވަނީ އެޓީމުން ވޯލްޑްކަޕުގައި އެންމެފަހު ޖެހި 3 ޕެނަލްޓީ ޝޫޓްއައުޓް ވެސް ކާމިޔާބުކޮށްފަ އެވެ. އަދި ބްރެޒިލުން އެގައުމުގެ ތާރީހުގައި ވެސް ދުވަހަކު ވެސް ކްރޮއޭޝިއާ އަތުން ބަލިވެފައެއް ނުވެ އެވެ. ހަތަރު ފަހަރެއްގެ މަތިން ބްރެޒިލާ ކްރޮއޭޝިއާ ބައްދަލުކޮށްފައިވާއިރު 3 މެޗުން ބްރެޒިލް ވަނީ މޮޅުވެފަ އެވެ. އަދި އަނެއް މެޗު ނިމުނީ އެއްވަރުވެގެންނެވެ.

މި މެޗުގެ ފުރިހަމަ ވަގުތު ހަމަވިއިރު ދެޓީމަށް ވެސް ލަނޑެއް ކާމިޔާބުކުރެވިފައެއް ނުވެ އެވެ. ކްރޮއޭޝިއާގެ ގޯލަށް އަމާޒުކޮށް ބްރެޒިލުން 11 ހަމަލާއެއް ފޮނުވާލިއިރު ކްރޮއޭޝިއާއަށް ފޮނުވާލެވުނީ އެންމެ ހަމަލާއެކެވެ. ގިނަ ވަގުތު ބޯޅަ ހިފަހައްޓައިގެން ބްރެޒިލް ކުޅުނުއިރު މެޗުގައި ގިނަ ފައުލްތަކެއް ވެސް ފެނިގެންދިޔަ އެވެ.

ފުރިހަމަ ވަގުތު ހަމަވީއިރު ލަނޑެއް ކާމިޔާބުކުރެވިފައި ނެތުމުން އިތުރުވަގުތު ކުޅެން ޖެހުނެވެ. އިތުރު ވަގުތުގެ ފުރަތަމަ ހާފުގެ ފަހު ވަގުތުކޮޅު ބްރެޒިލްގެ ތަރި ނޭމާ އެޓީމަށް ލީޑު ނަގައިދިނެވެ. ނަމަވެސް ދެވަނަ ހާފުގައި ކުޅުން ރަނގަޅުކޮށް މެޗުގެ އެންމެ ފަހުވަގުތުކޮޅުގެ ތެރޭގައި ޕެޓްކޮވިޗް ވަނީ ކްރޮއޭޝިއާއަށް ލަނޑެއް ޖަހައިދީ ނަތީޖާ ހަމަހަމަކޮށްދީ އެޓީމު ޕެނަލްޓީއަށް ގެންގޮސްދީފަ އެވެ.

ޕެނަލްޓީ ޖެހުމުގައި ކްރޮއޭޝިއާއިން ޖެހި 4 ޕެނަލްޓީ ވެސް އެޓީމުން ކާމިޔާބުކުރިއިރު ބްރެޒިލަށް ކާމިޔާބުކުރެވުނީ ދެ ޕެނަލްޓީ އެވެ. ރޮޑްރީގޯއާއި މާކީނިއޯސްގެ ޕެނަލްޓީ ވަނީ މިސްވެފަ އެވެ. ކަސެމީރޯއާއި ޕެޑްރޯގެ ޕެނަލްޓީ ކާމިޔާބުކުރި އެވެ.

ޖެހިޖެހިގެން ދެވަނަ ފަހަރަށް ކްރޮއޭޝިއާއިން ސެމީއަށް ދަތުރުކުރިއިރު އެޓީމުން ސެމީގައި ބައްދަލުކުރަން ޖެހޭނީ އާޖެންޓީނާއާއި ނެދަލޭންޑްސް ކުޅޭ މެޗުން މޮޅުވާ ޓީމަކާ ދެކޮޅަށެވެ.

  • ކޮމެންޓްސް (0)

Your email address will not be published. Required fields are marked *

  • ފުރިހަމަ ނަން

Ads

ގުޅޭ ލިޔުންތައް

ފުޓްސަލްއާއި ވޮލީ މުބާރާތުގެ ޗެމްޕިއަންކަން ހުޅުދޫ އަވަށު އޮފީހުގެ ދަވިލެޖާސް ހޯދައިފި

އައްޑޫސިޓީ ކައުންސިލްގެ މުވައްޒަފުންގެ މެދުގައި ކުޅިވަރުގެ ރޫހު އާލާކޮށް ގުޅުން ބަދަހިކުރުމުގެ މަގުސަދުގައި ކުރިއަށް ގެންދާ ކުޅިވަރު މުބާރާތްތަކުގެ ...

އަޟްހާއީދުގެ ކުޅިވަރު: ހުޅުދޫއާއި މީދޫ ކުޅުނު ބަށިމެޗް މީދޫ ކާމިޔާބުކޮށްފި

އަޟްހާ އީދުގެ މުނާސަބާ ފާހަގަކުރުމުގެ ގޮތުން މީދޫ  ބަށި ޓީމަކާ  ހުޅުދޫ ބަށި ޓީމާއި ދެމެދު އެކުވެރިކަމުގެ ބަށި ...

މަރަދޫއެފްސީން ފަހަތުންއަރާ މަލްޓިޖީނިއަސް ބަލިކޮށްފި

މިނިވަންކަޕް 2017 ފުޓްސަލް މުބާރާތުގައި މިއަދު ހަވީރު ކުޅެވުނުމެޗް މަރަދޫ އެފްސީ ކާމިޔާބުކޮށްފިއެވެ. މަރަދޫ އެފްސީ މިމެޗް ކާމިޔާބުކޮށްފައިވަނީ ...