އެކްޓިވޭޓްކޮށްފައި ހުންނަ ސިމްކާޑު ވިއްކުން މާދަމާއިން ފެށިގެން މަނާ

މޯބައިލް ފޯނު ޚިދުމަތުގައި ބޭނުންކުރާ ސިމްކާޑު ދޫކުރުމުގެ އުސޫލަށް ބަދަލު ގެނެސްފިއެވެ.

ކޮމިއުނިކޭޝަންސް އޮތޯރިޓީ އޮފް މޯލްޑިވްސްއިން މިއަދު ބުނީ މުއާސަލާތީ ވަސީލަތްތައް ބޭނުންކޮށްގެން ކުރާ ނޭދެވޭ އަމަލުތައް ދުވަހުން ދުވަހަށް އިތުރުވަމުންދާ ކަަމަށާއި މިފަދަ އަމަލުތައް މަދުކުރުމަށް އަޅާ ފިޔަވަޅެއްގެ ގޮތުން މޯބައިލް ފޯނު ޚިދުމަތް ހޯދުމަށް ބޭނުންކުރާ ސަބްސްކްރައިބަރ އައިޑެންޓިފިކޭޝަން މޮޑިއުލް (ސިމް) ކާޑު ދޫކުރާ އުސޫލަށް ބަދަލުތަކެއް ގެނައުމަށް ހަމަޖެހިފައިވާ ކަމަށެވެ.

އެ ބަދަލުތަކާއެކު ސިމްކާޑު ކަސްޓަމަރުންނަށް ދޫކުރުމުގެ ކުރިން ހުންނާނީ ބޭނުންނުކުރެވޭ (ނޮން އެކްޓީވޭޓަޑް ސްޓޭޓަސް) ހާލަތުގައި ކަމަށާއި ސިމްކާޑު އެކްޓިވޭޓް ވާނީ ސިމްކާޑު ދޫކުރާ ކަސްޓަމަރުގެ ފުރިހަމަ މައުލޫމާތު ސަރވިސް ޕްރޮވައިޑަރަށް ލިބުމުން ކަމަށް ކޮމިއުނިކޭޝަންސް އޮތޯރިޓީން ބުންޏެވެ.

ކޮމިއުނިކޭޝަންސް އޮތޯރިޓީން ބުނި ގޮތުގައި ސިމްކާޑު ދޫކުރުމުގެ އައު އުސޫލަށް އަމަލުކުރުމަށް ހަމަޖެހިފައިވަނީ މާދަމާއިން ފެށިގެންނެވެ.

ސިމްކާޑު ދޫކުރުމުގެ އުސޫލު ހަރުދަނާކުރުމަށް އެ އޮތޯރިޓީން ކުރަމުންދާ މަސައްކަތްތަކުގެ ދަށުން ކުރިޔަށް އޮތް ތަނުގައި އިތުރު ކަންކަންވެސް ކުރުމަށް ހަމަޖެހިފައިވާ ކަމަށް ވެސް ކޮމިއުނިކޭޝަންސް އޮތޯރިޓީން ބުންޏެވެ

  • ކޮމެންޓްސް (0)

Your email address will not be published. Required fields are marked *

  • ފުރިހަމަ ނަން

Ads

ގުޅޭ ލިޔުންތައް

“ޕީޕީއެމަކީ ރާއްޖޭގައި އޮތް އެންމެ ވަރުގަދަ ވަޠަނީ ފައުޖު”

ވެރިކަންކުރާ ޕާޓީ ޕީޕީއެމަކީ ރާއްޖޭގައި މިވަގުތު އޮތް އެންމެ ވަޠަނީ ފައުޖުކަމަށް ރައީސް ޔާމީންގެ ރަނިންގމޭޓް ޑރ. މުޙައްމަދު ...

ރައީސުލްޖުމްހޫރިއްޔާ ވާދޫ ފެނަކަ އޮފީހާއި ފަރެސްމާތޮޑާ އައު މަރުކަޒީ އިންޖީނުގެ ހުޅުއްވާދެއްވައިފި

ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް ގދ. ވާދޫ ފެނަކަ އޮފީހާއި ފަރެސްމާތޮޑާ އައު މަރުކަޒީ އިންޖީނުގެ ރަސްމީގޮތުން ހުޅުއްވައިދެއްވައިފިއެވެ. ...

ކޮރޯނާވައިރަހަށް ފަރުވާދިނުމަށް 8 ދުވަސް ތެރޭގައި ޗައިނާއިން ހޮސްޕިޓަލެއް އަޅައިފި

ނުރައްކާތެރި ކޮރޯނާވައިރަހަށް ފަރުވާދިނުމަށް ޗައިނާގައި 1،000 އެނދުގެ ހޮސްޕިޓަލެއް 8 ދުވަސް ތެރޭގައި އަޅާ ނިންމާލައިފިއެވެ. ކޮރޯނާވައިރަހަށް ފަރުވާދިނުމަށް ...