ކޮރޯނާވައިރަހަށް ފަރުވާދިނުމަށް 8 ދުވަސް ތެރޭގައި ޗައިނާއިން ހޮސްޕިޓަލެއް އަޅައިފި

advertisement

ނުރައްކާތެރި ކޮރޯނާވައިރަހަށް ފަރުވާދިނުމަށް ޗައިނާގައި 1،000 އެނދުގެ ހޮސްޕިޓަލެއް 8 ދުވަސް ތެރޭގައި އަޅާ ނިންމާލައިފިއެވެ.
ކޮރޯނާވައިރަހަށް ފަރުވާދިނުމަށް ޚާއްޞަކޮށްގެން ޗައިނާއިން ހޮސްޕިޓަލު އަޅަންފެށީ ޖެނުއަރީ 23ވަނަ ދުވަހުއެވެ. ހޮސްޕިޓަލު ނިންމަން ޗައިނާއިން ކަނޑައަޅާފައިވަނީ 7 ދުވަހެވެ. ނަމަވެސް ބޭނުންކުރެވޭ ވަރަށް ހޮސްޕިޓަލު އަޅާ ނިންމާލެވުނީ އިތުރު 1 ދުވަސް މަސައްކަތްކޮށްގެންނެވެ. އެމުއްދަތުގެ ތެރޭގައި ހޮސްޕިޓަލުގެ މަސައްކަތް ނިންމުމަށް ހުއްޓުމެއްނެތި 24 ގަޑިއިރު މަސައްކަތްކޮށްފައިވެއެވެ

ކޮރޯނާވައިރަހަށް ފަރުވާދިނުމަށް ޚާއްޞަކޮށްގެން ޗައިނާއިން އިތުރު ހޮސްޕިޓަލެއް އެޅުމުގެ މަސައްކަތްވެސްވަނީ ފަށައިފައެވެ. 1،300 އެނދުގެ އެހޮސްޕިޓަލު މިމަހުގެ ތޭރަވަނަ ދުވަހުގެ ކުރިން އަޅާ ނިންމާނެކަމަށް ޗައިނާއިންވަނީ ބުނެފައެވެ.

ޗައިނާގެ ވުހާން ސިޓީން އެންމެ ފުރަތަމަ ފެނުނު ކޮރޯނާވައިރަސް މިހާތަނަށް 14،000އަށްވުރެ ގިނަ މީހުންނަށް ޖެހި، 305 މީހުންވަނީ މަރުވެފައެވެ. އެވައިރަސް މިހާރުވަނީ 27 ޤައުމަކަށާއި ސަރަޙައްދަށް ފެތުރިފައެވެ

  • ކޮމެންޓްސް (0)

Your email address will not be published. Required fields are marked *

  • ފުރިހަމަ ނަން

Ads

ގުޅޭ ލިޔުންތައް

އެމްޑީޕީގެ 13 މެންބަރަކު ވެރިކަންކުރާ ޕާޓީ ޕީއެންސީ އަށް

ރައްޔިތުންގެ މަޖިލީހުގެ 13 މެންބަރަކު ވެރިކަން ކުރާ ޕްރޮގްރެސިވް އިއްތިހާދުގައި ހިމެނޭ މައި ޕާޓީ، ޕީޕަލްސް ނެޝަނަލް ކޮންގްރެސް ...

ސިޔާސީ ޖަގަހައަކަށް ފެނަކަ ނުވާނެ

ސިޔާސީ ޖަގަހައަކަށް ފެނަކަ ނުވާނެ ކަމަށް އެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރު އަހުމަދު ސައީދު  ވިދާޅުވެއްޖެއެވެ. އަހުމަދު ސައީދު ...

ކޯވިޑަށް ޕޮޒިޓިވް ވިކަން އަންގަން އެޗްޕީއޭއިން ދެން ނުގުޅާނެ -މަބުރޫކު

ކޮވިޑް-19އަށް ޕޮޒިޓިވް ވިކަން އެންގުމަށްޓަކައި، ހެލްތު ޕްރޮޓެކްޝަން އެޖެންސީން މީގެފަހުން ނުގުޅާނެ ކަމަށާއި، ދެން ކޮވިޑަށް ޕޮޒިޓިވްވިކަން އެންގުމަށް ...