ފްރާންސް ބަލިކުރިއަސް ޓިއުނީޝިއާ ކަޓައިފި – ޑެންމާކް އަތުން މޮޅުވެ އޮސްޓްރޭލިއާ ދެ ވަނަ ބުރަށް

ވޯލްޑް ކަޕް ފުޓްބޯޅަ މުބާރާތުގައި ޓިއުނީޝިއާ އާއި ބައްދަލުކޮށް އެންމެ ފަހުގެ ޗެމްޕިއަން ފްރާންސް  1-0 ބަލިވިއިރު  ޑެންމާކް އަތުން 1-0 އިން އޮސްޓްރޭލިޔާ މޮޅުވެއްޖެވެ.

މިދެ މެޗް ނިމުމާއެކު ގްރޫޕް ޑީގެ މެޗުތައް ނިމުނުއިރު، 6 ޕޮއިންޓް ލިބިގެން ފައިދާ ގޯލްގެ ތަފާތުން މިގްރޫޕުން އެއްވަނަ ލިބިގެން ފްރާންސް ވަނީ ގަދަ 16 އަށް ހޮވިފައެވެ. މިގްރޫޕްގެ ދެ ވަނަ އަށް ހޮވުނު  އޮސްޓްރޭލިއާ ވެސް ވަނީ  ގަދަ 16 އަށް ހޮވިފައެވެ. އޮސްޓްރޭލިޔާއަށް 6 ޕޮއިންޓް ލިބިފައި އޮތަސް އެޓީމު ގްރޫޕްގެ ދެވަނައަށް ހޮވުނީ ގޯލްގެ ތަފާތުންނެވެ.

 މިގްރޫޕްގައި ހިމެނޭ ޓިއުނީޝިއާ ގްރޫޕް މެޗަތައް ނިންމާލިއިރު ލިބިފައިވަނީ  ހަތަރު ޕޮއިންޓާ އެކު، ތިން ވަނައެވެ.  އެންމެ ފުލަށް ދިޔަ، ޑެންމާކަށް ލިބުނީ އެންމެ ޕޮއިންޓެކެވެ.

advertisement

ފްރާންސް ޓިއުނީޝިޔާ ބައްދަލުކުރި މެޗަށް ފްރާންސް ނުކުތްއިރު ވެސް  އެޓީމުވަނީ ގަދަ 16 ބުރުގެ ޖާގައެއް ހޯދާފަ އެވެ. އެއީ އެޓީމް މީގެ ކުރީން ކުޅުނު ދެމެޗުން މޮޅުވެ 6 ޕޮއިންޓް ލިބިފައިވާތީއެވެ. އެހެންވެ، އެ ޓީމުން ޓިއުނީޝިއާގެ މެޗަށް ނިކުތީ ފުރަތަމަ އެގާރަ އަށް ނުވަ ބަދަލެއް ގެނެސްގެންނެވެ.

 ޓިއުނީޝިއާއި ފްރާސް ބައްދަލުކުރި  މެޗުގައި ޓިއުނީޝިއާއިން  ޖެހި ހަމައެކަނި ގޯލު ޖެހީ އެ ޓީމުގެ ތަރި ވަހްބީ ކަޒްރީ އެވެ. މެޗުގެ 58 ވަނަ މިނިޓްގައި ކަޒްރީ މި ލަނޑު ޖެހީ ފްރާންސްގެ ދެ ކުޅުންތެރިން ކައިރިން ކަޓޫވާލުމަށް ފަހު ގޯލުގެ ދުރު ކަނަށް ބޯޅަ ފޮނުވާލައިގެންނެވެ.

ޓިއުނީޝިއާ ލަނޑެއް ޖަހާ ކުރިހޯދުމުން  ފްރާންސްގެ ކޯޗް ވަނީ އެ ޓީމުގެ ފުރަތަމަ އެގާރައިގައި އާންމުކޮށް ކުޅޭ ކުޅުންތެރިން ކުޅެން އަރުވާފައެވެ.

އެހެން ނަމަވެސް މެޗްގެ 90 މިނިޓްގެ ކުޅުން ނިމިގެންދިޔައިރު ފްރާންސްއަށް ލަނޑެއް ކާމިޔާބުކުރެވޭ ގޮތެއް ނުވިއެވެ.

މެޗްގެ 90 މިނިޓްގެ ކުޅުން ހަމަވެ އިތުރަށް ދެއްކިީ 8 މނިޓެވެ. ފްރާންސުން މި މެޗުގެ އިތުރު ވަގުތުގެ ގޮތުގައި ދެއްކި 8 މިނިޓްގެ ތެރެއިން އެންމެ ފަހު މިނިޓްގެ ތެރޭގައި ގޯލެއް ޖެހި އެވެ. އިތުރު ވަގުތުގެ ފަހު މިނިޓްގައި ގްރީޒްމަން ޖެހި މިގޯލު ފުރަތަމަ ބަލައިގަތް ކަމަށް ބެލެވުނެވެ. އަދި ފްރާންސް ކުޅުންތެރިން  މިލަނޑާއެކު ވަރަށް ބޮޑަށް އުފާފާޅުކުރި އެވެ. އެކަމަކު، ވީއޭއާރް އިން ބަލާފައި ނިންމީ އެއީ ގޯލެއް ނޫން ކަމަށެވެ.

މި ނަތީޖާއާ އެކު ޓިއުނީޝިއާ އިން އެ ގައުމުގެ ފުޓްބޯޅަ ތާރީހުގައި ފުރަތަމަ ފަހަރަށް ފްރާންސް ބަލިކުރިއިރު، މިއީ ވޯލްޑް ކަޕްގައި ޓިއުނީޝިއާ އިން ހޯދި ތިން ވަނަ މޮޅެވެ.

  • ކޮމެންޓްސް (0)

Your email address will not be published. Required fields are marked *

  • ފުރިހަމަ ނަން

Ads

ގުޅޭ ލިޔުންތައް

އޭޝިއަން ބޮޑީބިލްޑިން މުބާރާތް: ރާއްޖޭގެ އަޒްނީނަށް ރަން މެޑެލް

ރާއްޖޭގައި މިހާރު ކުރިއަށްދާ 54 ވަނަ އޭޝިއަން ބޮޑީބިލްޑިން އެންޑް ފިޒީކް ސްޕޯޓްސް ޗެމްޕިއަންޝިޕުން ރާއްޖޭގެ އަޒްނީން ރަޝާދު ...

ގައުމު ސްޓްރީޓް ކަޕްގެ ގުރުއަތުލުން ބާއްވައިފި – ފުރަތަމަމެޗްގައި ޗެލެންޖާސްއާއި ކްލަބް ރިވެރިން

ގައުމު އެފްސީ އިންތިޒާމްކޮށްގެން ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވާ ގައުމު ސްޓްރީޓް ކަޕް 2020 ގެ ގުރުއަތުލުން ބާއްވައިފިއެވެ. 15 ...

ގައުމީ ބީޗް ވޮލީޓީމް ތައިލެންޑަށް ދިއުމަށް ފުރައިފި

ތައިލެންޑުގައި މިމަހުގެ 14 ވަނަދުވަހު ފަށާ އޭވީސީ ބީޗްބޯލް މުބާރާތުގައި ރާއްޖެއިން ބައިވެރިވާ ގައުމީ ބީޗްވޮލީބޯޅަ ޓީމުގެ ދެ ...