ފަހުވަގުތު ޖެހި ލަނޑާއެކު ކޮސްޓަ ރިކާއިން ޖަޕާން ބަލިކޮށްފި

ވޯލްޑްކަޕް ފުޓްބޯޅަ މުބާރާތުގެ ގްރޫޕް އީގައި ކޮސްޓަ ރިކާއިން އޭޝިއާގެ ގަދަބާރު ޖަޕާނު ބަލިކޮށް މުބާރާތުގައި ކުރިއަށް ދިއުމަށް އޮތް އުއްމީދު އާކޮށްފި އެވެ

މިފަހަރުގެ މުބާރާތުގައި ދަށް ޓީމުތަކުން ބޮޑެތި ގަދަބާރުތައް ބަލިކުރަމުން އަންނައިރު މިފަހަރު ގްރޫޕް އީގައި ޖަޕާނުން ވެސް ވަނީ ފުރަތަމަ މެޗުގައި 4 ފަހަރުގެ ޗެމްޕިއަން ޖަރުމަނު 2 – 1 ން ބަލިކޮށްފަ އެވެ.

އަނެއްކޮޅުން ކޮސްޓަ ރިކާ ވަނީ ފުރަތަމަ މެޗުން ސްޕެއިން އަތުން 7 – 0 ބޮޑު ތަފާތަކުން ބަލިވެފަ އެވެ.

ކޮސްޓަ ރިކާއިން ޖަޕާން ބައްދަލުކުރި މެޗުން ޖަޕާން ބަލިވެފައިވަނީ 1 – 0 ގެ ހަނި ތަފާތަކުންނެވެ.

މެޗުގައި ކޮސްޓަ ރިކާއިން ލަނޑު ޖެހީ ވެސް މެޗު ނިމެން 9 ވަރަކަށް މިނެޓަށްވެފައި ވަނިކޮށެވެ. ގަތަރުގެ އަހްމަދު ބިން އަލީ ސްޓޭޑިއަމްގައި ކުޅެވުނު މެޗުގައި ކޮސްޓަ ރިކާއިން ލީޑު ނެގީ 81 ވަނަ މިނެޓުގަ އެވެ. ކޭޝީ ފުލާ ސްޕެންސް ޖަހައިދިން މިގޯލާއެކު ކޮސްޓަ ރިކާއަށް މިވަނީ ކުރިއަށް ދިއުމަށް އޮތް އުއްމީދު އާވެފަ އެވެ.

މީގެކުރިން ޖަޕާނާއި ކޮސްޓަ ރިކާ 4 ފަހަރެއްގެ މަތިން ބައްދަލުކޮށްފައިވާއިރު އެމެޗުތަކުގެ ތެރެއިން 3 މެޗުން ޖަޕާނު މޮޅުވިއިރު އަނެއް މެޗު ނިމުނީ އެއްވަރުވެގެންނެވެ. އެހެންކަމުން ބައިނަލްއަގްވާމީ މެޗެއްގައި ކޮސްޓަ ރިކާއިން ޖަޕާން ބަލިކުރި މީ ފުރަތަމަ ފަހަރެވެ. ކުރިން ކުޅެވުނު 4 މެޗަކީ ވެސް ފްރެންޑްލީސް އެވެ.

  • ކޮމެންޓްސް (0)

Your email address will not be published. Required fields are marked *

  • ފުރިހަމަ ނަން

Ads

ގުޅޭ ލިޔުންތައް

ޔޫތު ޗެލެންޖް ކަޕް 2020 – އެފްސީ ބަސްޕާކް ބަލިކޮށް އަމީގޯސް ފައިނަލަށް

9 ލަނޑު 3 ލަނޑުގެ ބޮޑުތަފާތަކުން އެފްސީ ބަސްޕާކް ބަލިކޮށް އެފްސީ އަމީގޯސް ޔޫތު ޗެލެންޖާސް ކަޕް 2020 ...

ޖަރުމަނު ބަލިކޮށް އިންގްލެންޑުން ފުރަތަމަ ފަހަރަށް އަންހެނުންގެ ޔޫރޯ ކާމިޔާބުކޮށްފި

އިތުރު ވަގުތުގެ ދެ ހާފް ކުޅެގެން 2-1 އިން ޖަރުމަނު ބަލިކޮށް އިންގްލެންޑުން އަންހެނުންގެ ޔޫރޯ ފުޓްބޯޅަ މުބާރާތުގެ ...

އެންމެ މޮޅު ދެކުޅުންތެރިއަކަށް ސްރީލަންކާގެ ދެކޮޅު ޓިކެޓް ދިނުމަށް އެއިމްސް ކްލިނިކުން ނިންމައިފި

Advertisement ފޭދޫ ވޮލީ ކޯޓްގައި ކުރިއަށް ގެންދާ ޖޯލިއަންސް މިކްސް ވޮލީ މުބާރާތުގެ އެންމެ މޮޅު ފިރިހެން ކުޅުންތެރިޔަކަށް ...