ގަތަރު ވޯލްޑްކަޕް 2022: އެމެރިކާއިން ގަދަފަދަ އިނގިރޭސިން ހިފަހައްޓައިފި

ގަތަރު ވޯލްޑް ކަޕް 2022 ގެ ގްރޫޕް ބީގައި އިންގްލެންޑުން ކުޅުނު ދެވަނަ މެޗުގައި ގޯލެއް ނުޖެހި އެމެރިކާ ކައިރީ އެއްވަރުވެއްޖެއެވެ.

ގަތަރުގެ އަލް ބައިތު ސްޓޭޑިއަމްގައި ކުޅެވުނު މެޗާއެކު އިންގްލެންޑަށް ދެމެޗުން ލިބިފައިވަނީ ހަތަރު ޕޮއިންޓެވެ. އެޓީމު މިވަގުތު އެއްވަނައިގައި އޮތްއިރު، ކެޓުމަށް އޮތީ އުނދަގޫ ހާލަތެކެވެ. ދެވަނައިގައި އިރާން ތިން ޕޮއިންޓާއެކު އޮތް އިރު، އެމެރިކާ އޮތީ ދެ ޕޮއިންޓާއެކު ތިންވަނައިގައެވެ. ވޭލްސްއަށް ޕޮއިންޓެއް ލިބިފައިވާ އިރު، އެޓީމުން ފަހު މެޗުގައި ނުކުންނާނީ އިންގްލެންޑާ ދެކޮޅަށެވެ. ގަދަ 16 ގެ ޖާގައެއް ހޯދުމަށް އެ މެޗުގައި ވޭލްސްއަށް މޮޅެއް މުހިއްމެވެ. އެމެރިކާއިން ފަހު މެޗުގައި އިރާނާ ދެކޮޅަށް ނުކުންނަ އިރު، ގަދަ 16 އަށް ދާން އޮތީ މޮޅެއް ހޯދުމެވެ. އިންގްލެންޑުން ފަހު މެޗުގައި ޕޮއިންޓެއް ހޯދިޔަސް ގަދަ 16 ޔަގީންވާނެއެވެ.

އިންގްލެންޑުން މި މެޗަށް ނުކުތީ މޮޅަކާއެކު ގަދަ 16 ޔަގީންވާނެ ކަމަށް އެނގި ތިބެގެންނެވެ. މެޗުގެ ކުރިން ކޯޗު ގެރެތު ސައުތުގޭޓް ބުނީ ވިސްނާނީ މޮޅަކަށް ކަމަށާއި، އެމެރިކާގެ ޗެލެންޖް ކުޑަނުވާނެ ކަމަށެވެ. 1966 ވަނަ އަހަރަށްފަހު ފުރަތަމަ ވޯލްޑް ކަޕް ތަށްޓަށް، އަދި ފުރަތަމަ ބޮޑު މުބާރާތެއްގެވެސް ތަށްޓަށް އިންތިޒާރުކުރަމުންދާ އިންގްލެންޑް މި މެޗަށް ނުކުތް އިރު، ބޮޑު މުބާރާތެއްގައި އެޓީމަށް އެމެރިކާ ބަލިކުރެވިފައެއް ނެތެވެ. މީގެ ކުރިން ވޯލްޑް ކަޕްގައި އިންގްލެންޑާއި އެމެރިކާ ދެފަހަރަކަށް ވާދަކޮށްފައި އޮތް އިރު، 1950 ވަނަ އަހަރު ދެޓީމު ކުޅުނު މެޗުން އެމެރިކާ މޮޅުވިއެވެ.

އޭގެފަހުން 2010 ވަނަ އަހަރު ދެޓީމުން ވޯލްޑް ކަޕްގައި ކުޅުނު މެޗު ނިމުނީ 1-1 އިން އެއްވަރުވެގެންނެވެ. 2010 ވަނަ އަހަރު ވޯލްޑް ކަޕްގައި އެމެރިކާއާ އިންގްލެންޑް 1-1 އިން އެއްވަރުވި އިރު، އެ މެޗުގައި ފެނިގެން ދިޔައީ އިންގްލެންޑް ގޯލްކީޕަރު ރޮބާޓް ގްރީންގެ ބޮޑު ގޯހެކެވެ. އިންގްލެންޑަށް ގޯލު ޖެހީ ސްޓީވަން ޖެރާޑެވެ. އެމެރިކާގެ ގޯލު ޖެހީ ކްލިންޓް ޑެމްސީއެވެ.

ގްރޫޕް ބީގައި އިންގްލެންޑް ކުޅުނު ފުރަތަމަ މެޗުގައި އިރާން ކައިރިން 6-2 އިން މޮޅުވެފައިވާއިރު އެމެރިކާއިން ގްރޫޕްގެ ފުރަތަމަ މެޗުގައި ވޭލްސްއާ އެއްވަރު ކޮށްފައިވަނީ 1-1 ގެ ނަތީޖާއަކުންނެވެ.

ހަލުވި ގިނަ ކުޅުންތެރިންތަކަކާއެކު ޒުވާން ސްކޮޑެއް ގޮވައިގެން ނުކުތް އެމެރިކާގެ ނުރައްކަލަށް އިންގްލެންޑް ސަމާލުވާން ޖެހިފައި އޮތް އިރު، ފުރަތަމަ ހާފުގައި ބޮޑަށް ފެނުނީވެސް އެމެރިކާގެ ނުރައްކަލެވެ. މެޗުގެ 10 ވަނަ މިނެޓުގައި ހެރީ ކޭންއަށް ލިބުނު ހުސް ފުރުސަތު އޭނާ ނަގާލި އިރު، އެއީ ފުރަތަމަ ހާފުގައި އިންގްލެންޑަށް ލިބުނު ހަމައެކަނި ފުރިހަމަ ފުރުސަތެވެ.

އޭގެ ފަހުން އެމެރިކާއިން ޕާސްތައް ގިނަކޮށް ކުޅެގަތެވެ. ހާއްސަކޮށް ވިންގް ބެކުން ކުރިއަށް ޖައްސުވައި އެމެރިކާއިން ކުޅެމުން ދިޔަ އިރު، 26 ވަނަ މިނެޓުގައި ވެސްޓަން މެކެނީއަށް ހުސް ފުރުސަތެއް ލިބި ބޭކާރުވިއެވެ. ޓިމޮތީ ވެއާ ނަގައިދިން ހުރަހަކުން ޕެނަލްޓީ އޭރިއާ ތެރޭ ވަރަށް ހުސްކޮށް ހުރެ، ވެސްޓަން މެކެނީ ފޮނުވާލި ހަމަލާ ދިޔައީ އިންގްލެންޑް ގޯލުގެ ހުރަސް ދަނޑި މަތިން ބޭރަށެވެ.

އޭގެ އިރުކޮޅެއް ފަހުން 33 ވަނަ މިނެޓުގައި އަނެއްކާވެސް އެމެރިކާގެ ނުރައްކާ ފެނުނެވެ. އިނގިރޭސި ލީގުގެ ޗެލްސީއަށް ކުޅޭ ކްރިސްޓިއަން ޕުލިސިޗް ޖެހި ބާރު ބޯޅަ އަމާޒުވީ ގޯލުގެ ދަނޑިއަށެވެ. އިންގްލެންޑުން ހާފު ނިންމާލީ ނުރައްކަލަކުންނެވެ. ދުރުން މޭސަން މައުންޓް ފޮނުވާލި ބާރު ހަމަލާ މަތަކޮށް ބޭރުކޮށްލީ އެމެރިކާގެ ގޯލްކީޕަރު މެޓް ޓާނާއެވެ.

ދެވަނަ ހާފަށް ނުކުމެ އިންގްލެންޑުން ބޮޑަށް ކުޅެން ޖެހުނީ ޑިފެންސްގައެވެ. އެމެރިކާއިން އެޓޭކިން ޓެކްޓިކްސްއެއްގައި ނުރައްކާ ކުރަމުން ދިޔަ އިރު، އަރިމަތިން ކުޅެމުންދިޔަ އެމެރިކާގެ ކުޅުންތެރިންގެ ބާރު ސްޕީޑް ހިފަހައްޓަން އިންގްލެންޑުން ކުރި ޑިފެންސިވް މަސައްކަތުގައި އެމެރިކާއަށް ގިނަ ކޯނަރުތަކެއް ލިބުނުތަންވެސް ފެނިގެން ގޮސްފައެވެ.

ފަހު ފެށިގެން 58 ވަނަ މިނެޓުގައި އޭރިއާ ބޭރުން އެމެރިކާގެ ޕުލިސިޗް ފޮނުވާލި ހަމަލާ، އިންގްލެންޑް މިޑްފީލްޑަރު ޑެކްލަން ރައިސް ބްލޮކް ކުރި އިރު، ކޯނަރެއްގައި ނުރައްކާކޮށް ގޯލާ ދިމާލަަށް އައި ބޯޅަ ޕަންޗުކޮށްލީ ޕިކްފޯޑެވެ.

  • ކޮމެންޓްސް (0)

Your email address will not be published. Required fields are marked *

  • ފުރިހަމަ ނަން

Ads

ގުޅޭ ލިޔުންތައް

މީދޫޓީމް ބަލިކޮށް ޓީމް ވޮރިއާސް ފައިނަލަށް

ޓީމް ވޮރިއާސްއާއި ބައްދަލުކޮށް ބަލިވުމުގެ ސަބަބުން މީދޫ ޓީމް ސަދަން ސްޕޯޓްސް  ވޮލީބޯޅަ މުބާރާތުން ކަޓައިފިއެވެ. ބުރާސްފަތި ދުވަހުގެރޭ ...

ޝިމާއުގެ މައްސަލާގައި ކްލަބް ވޮލީބޯޅަ މުބާރާތް ހުއްޓުމަކަށް

ސަން ސްޕޯޓްސް އިން އިންތިޒާމް ކޮށްގެން ފޭދޫގައި ފެށި ވޮލީ މުބާރާތް ހުއްޓުމަކަށް އައިސްފިއެވެ. މިމުބާރާތް ހުއްޓުވުމަކަށް އައިސްފައިވަނީ ...

ހުޅުދޫ ސްޓްރީޓް ސޮކަރ ޗެލެންޖް : ފުރަތަމަމެޗް ގައުމިއަންސް ކާމިޔާބުކޮށްފި

ހުޅުދޫގައި ރޭފެށި ” ހުޅުދޫ ސްޓްރީޓް ސޮކަރ ޗެލެންޖް ” ފުޓްބޯޅަ މުބާރާތުގެ ފުރަތަމަ މެޗް މީދޫ ގައުމިއަންސް ...