މިހާރު ހުޅުދޫގައި ކުރިއަށްދާ ” އައްޑޫރަސްރަނި ނެޓްބޯޅަ ޗެލެންޖް” ގައި އިއްޔެ ކުޅެވުނު ދެވަނަމެޗްގައި ވާދަވެރި ކުޅުމަކާއެކު ފެނަކަ ބަލިކޮށް އެމްޓީސީސީން ސެމީފައިނަލަށް ދަތުރުކޮށްފި އެވެ.

އެމްޓީސީސީން ފެނަކައިގެ މައްޗަށް ކުރިހޯދީ 23 ޕޮޓް 24 ޕޮޓްގެ ނަތީޖާއަކުންނެވެ.

 މިމެޗުގައި ކުޅެވުނު 4 ކުއާޓާގައިވެސް  އެމްޓީސީސީގެ ހުރީހާ ކުޅުންތެރީންގެ ވަރަށް ބުރަކޮށް މަސައްކަތްކޮށް މެޗުން މޮޅުވުމުގެ ރޫހުގައި ތަފާތު މޮޅު ކުޅުމެއް ކުޅެމުން ގޮސްފައިވެއެވެ.  

މިމެޗްގައި ފެނަކަޓީމްގެ ކުޅުމަށްބަލާއިރު ފެނަކަ ޓީމްގެ ބައެއް މަގާމް ތަކަށް ކުޅުނު ކުޅުންތެރީން ފަހަތައް ޖެހި ބޯޅަތައް ދިފާއުކުރަންޖެހޭ ވަގުތުތަކުގައި ފަހަތައް ނުޖެހި މެދު މެދުތެރޭގައި މަޑުކޮށްގެން ތިބުމުގެ ސަބަބުން  އެމްޓީސީސީގެ ކުޅުންތެރީން ކުރިއަށް ޖެހި އެޓީމްގެ ގޯލް އެޓޭކަށް ކުޅެމުންދިޔަ ކުޅުންތެރިޔާއަށާ ގޯލް ޝޫޓާއަށް ކުޅެމުންދިޔަ ކުޅުންތެރީންނަށް ބޯޅަ ފަސޭހަކަމާއެކު ސަޕްލައި ކުރަމުންދިއުމުގެ ސަބަބުން އެކުޅުންތެރީން ފަސޭހަކަމާއެކު ޕޮޓްތައް ކާމިޔާބުކުރުމަށް ފުރުސަތު ލިބުނެވެ. 

މުހައްމަދު ޝަރީފް- އެމްޓީސީސީގެ ކޯޗް – އިއްޔެގެ މެޗްގައި އަމްޕަޔަރުންގެ ނިންމުންތަކާއި ހިތްހަމަނުޖެހުން ފާޅުކުރި

 އަދި މީގެ އިތުރަށް އެމްޓީސީސީގެ ޑިފެންސަށް ކުޅެމުންދިޔަ ކުޅުންތެރީންގެ ސަބަބުން ފެނަކަޓީމްގެ ގޯލްއެޓޭކަށާ ގޯލްޝޫޓާއަށް ކުޅުނު ކުޅުންތެރީންނަށް ލިބުނު ވަރަށް ގިނަ ބޯޅަތައް ބޭނުންނުކުރެވިޔަތަންވެސް ފެނިގެންގޮސްފައިވެއެވެ. ވާދަވެރި ކުޅުމަކަށްފަހު އިއްޔެގެ މިމެޗުން އެމްޓީސީސީ  މޮޅުވިކަމުގައިވިޔަސް މިމެޗްގެ އަމްޕަޔަރުންގެ ނިންމުންތަކާއިމެދު އެޓީމުގެ އޮފިޝަލުންނާއި ކުޅުންތެރީން ވަރަށްބޮޑަށް ހިތްހަމަ ނުޖެހުން ފާޅުކޮށް ނުރުހުމުގެ ބަސްތައް ބުނެ އިދިކޮޅު ޓީމްގެ ބެޗްގައި ތިބި ބައެއް އޮފިޝަލުންނަށް ރައްދުވާގޮތައް އެމްޓީސީސީގެ   ތަފާތު ހަރަކާތްތައް ދައްކަމުންދިއެވެ.

” ކޮންމެގޮތެއްވިޔަސް ބޭރުގައި ބަލަންތިބި މީހުންނަށްވެސް ތަފާތު ތަކެއް ފެންނަވަރަށް އަމްޕަޔަރުންގެ ނިންމުންތައް ތަފާތު ކަން ފާހަގަކުރެވުނު ، އަދި މީގެ އިތުރަށް އެޓީމްގެ ކޯޗް އަމްޕަޔަރާއި އެއްލައިނެއްގައިހުރެގެން  ޓީމަށް އިރުޝާދު ދެމުންދިޔައިރުވެސް އަމްޕަޔަރަކަށް ނުފެނޭ . އެކަމަކު ހަޑިހުރުތު ބަހުން ވާހަކަ ދައްކާތީކަމަށްބުނެ  އަމްޕަޔަރުވަނީ އަހަންނަށް އިންޒާރު ދީފައި” 

އެމްޓީސީސީޓީމްގެ ކޯޗް މުހައްމަދު ޝަރީފް ބުނެފައިވެއެވެ.

އިއްޔެ ކުޅެވުނު މިމެޗުން އެމްޓީސީސީ ޓީމް މޮޅުވުމުން ގްރޫޕް އޭގެ އެއްވަނަ ޓީމްގެ ގޮތުގައި އެޓީމް ސެމީފަނަލަށް ވަނީ ހޮވިފައެވެ.

މި މެޗުން ދެރަވި ފެނަކަޓީމް ގްރޫޕް އޭގެ ދެވަނަޓީމަކަށް ހޮވުމުން އެޓީމްވަނީ ޕްލޭ އޮފް މެޗަށް ހޮވިފައެވެ. ޕްލޭ އޮފް މެޗްގައި އެޓީމާ ބައްދަލުކުރަން ޖެހޭނީ ގްރޫޕް ބީން ތިންވަނައަށް ހޮވޭ ޓީމަކާއެވެ.

މިމެޗްގެ މޮޅު ކުޅުންތެރިއަކަށް ހޮވިފައިވަނީ މިމެޗްގައި ތަފާތު މޮޅު ކުޅުމުމެއް ދެއްކި އެމްޓީސީސީގެ ސެންޓަރ މަރިޔަމް ލައިޝާ ޝަރީފްއެވެ

މިމުބާރާތުގައި އިއްޔެ ކުޅެވުނު ބްރޫޕް ބީގެ މެޗްގައި ބައްދަލުކުރީ މިފްކޯއާއި ހުޅުދޫ ޔޫތެވެ. މިމެޗް 38 ޕޮޓް 26 ޕޮޓުން ކާމިޔާބުކުރީ މިފްކޯއެވެ.

މިމެޗްގެ މޮޅު ކުޅުންތެރިއަކަށް ހޮވިފައިވަނީ މިފްކޯގެ ޝަޖަން އިސްމާއީލުއެވެ.

  • ކޮމެންޓްސް (0)

Your email address will not be published. Required fields are marked *

  • ފުރިހަމަ ނަން

Ads

ގުޅޭ ލިޔުންތައް

އެތެރޭގެ އުދުހުންތަކުގެ އަގު ހެޔޮކޮށްފި

ރާއްޖޭގެ އެތެރޭގެ އުދުހުންތަކުގެ އަގު ހެޔޮކޮށް އާ އަގުތައް އައިލެންޑް އޭވިއޭޝަނުން އިއުލާންކޮށްފިއެވެ. އެތެރޭގެ އުދުހުންތަކުން ކުރިން ނަގަމުން ...

މީދޫ ޓާފް ދަނޑު ހުޅުވައިފި

މީދޫގައި ސަރުކާރުން ތަރައްގީ ކުރި ޓާފް ދަނޑު ރަސްމީކޮށް ހުޅުވައިފިއެވެ. އާދީއްތަ ދުވަހުގެރޭ ބޭއްވި ރަސްމިއްޔާތެއްގައި އެ ދަނޑު ...

މިއަދު މީދޫގައި ހުކުރު ނަމާދު ކުރާ މިސްކިތްތަކާއި އިމާމުވެ ހުކުރު ކުރައްވާ ބޭފުޅުން

މިއަދު ( 12 އޮގަސްޓް  2022 ވަނަ ދުވަހު )   މީދޫގެ މިސްކިތްތަކުގައި    އިމާމުވެ ހުކުރު ކުރެއްވުމަށް ...