ހައްޔަރުކުރި މީހުން އުޅުނީ އައިއެސް އާއި ގުޅިގެން ގިނަބަޔަކު މަރާލަން: ފުލުހުން

އައިއެސް ޖަމާއަތާއި ގުޅިގެން ޓެރަރިސްޓު ހަމަލާއެއްދީ ގިނަ ބައެއްގެ ފުރާނަ ގެއްލުވާލަން މަސައްކަތްކުރި 14 މީހަކު ހައްޔަރުކޮށްފައިވާކަމަށް ފުލުހުން ވިދާޅުވެއްޖެއެވެ.

ޓެރަރިޒަމާއި ދެކޮޅަށް ކުރިއަށްގެންދާ އޮޕަރޭޝަނެއް މާލެސިޓިއާއި އައްޑޫ ސިޓީ އަދި ކ.ގުރައިދޫގައި ފުލުހުން ވަނީ ހިންގާފައެވެ. މި އޮޕަރޭޝަނާއި ގުޅޭގޮތުން މަޢުލޫމާތު ދިނުމަށް އިސްކަންދަރު ކޮށީގައި ބޭއްވި ޕްރެސްކޮންފަރެންސްގައި ޓެރަރިޒަމް އެންޑް ވަޔަލަންޓް އެކްސްޓްރީމިޒަމް އިންވެސްޓިގޭޝަން ޔުނިޓުގެ ހެޑް އިންސްޕެކްޓަރ އޮފް ޕޮލިސް އުސްވަތު އަޙްމަދު ވިދާޅުވީ، ހައްޔަރުކުރި މީހުންނަކީ ޓެރަރިސްޓު ޖަމާޢަތެއްކަމަށްވާ އައިއެސް ޖަމާއަތާއި ގުޅިގެން، ޓެރަރިޒަމް ހަމަލާތަކެއް ދީ ގިނަ ބައެއްގެ ފުރާނަ ގެއްލުވާލުމަށް މަސައްކަތްކުރި ބައެއްކަމަށެވެ. އަދި މި މައްސަލާގައި މުޅިންވެސް ހައްޔަރުކޮށްފައިވަނީ އައްޑޫ ސިޓީއަށް ނިސްބަތްވާ މީހުންކަމަށް އުސްވަތު ވިދާޅުވިއެވެ. މި މައްސަލާގައި އައްޑޫއިން 10 މީހުން ހައްޔަރުކޮށް 11 ގެއެއް ބަލައި ފާސްކޮށްފައިވާކަމަށާއި، މާލެއިން 2 މީހުން ހައްޔަރުކޮށް 4 ގެއެއް ބަލައި ފާސްކޮށްފައިވާކަމަށާއި، ކ.ގުރައިދޫއިން 2 މީހުން ހައްޔަރުކުރިކަމަށް އުސްވަތު ވިދާޅުވިއެވެ. އެ ހުރިހާ އެންމެންނަކީ ފިރިހެނުންކަމަށްވެސް އޭނާ ވިދާޅުވިއެވެ.

އުސްވަތު ވިދާޅުވީ ހައްޔަރުކުރި 14 މީހުންގެ ތެރެއިން 9 މީހުންނަކީ ޓެރަރިޒަމްގެ މައްސަލައިގެ ރެކޯޑް އޮތް މީހުންކަމަށެވެ. އަދި އެމީހުންގެ ބަންދަށް މުއްދަތު އިތުރުކޮށްފައިވާކަމަށް އޭނާ ވިދާޅުވިއެވެ.

އުސްވަތު ވިދާޅުވީ މިހާތަނަށް ތަހުގީގަށް އެނގިފައިވާގޮތުގައި މިއީ ގޮވާ ތަކެތި ބޭނުންކޮށް ގިނަބައެއްގެ ފުރާނައަށް ގެއްލުން ދިނުމަށް ރާވަމުންދިޔަ ބައެއްކަމަށެވެ. އަދި މިއީ އެ ހަމަލާ ނާކާމިޔާބުކުރުމަށް ހިންގި އޮޕަރޭޝަނެއްކަމަށްވެސް އުސްވަތު ވިދާޅުވިއެވެ.

މަސްދަރު: ޕީއެސްއެން ނިއުސް

  • ކޮމެންޓްސް (0)

Your email address will not be published. Required fields are marked *

  • ފުރިހަމަ ނަން

Ads

ގުޅޭ ލިޔުންތައް

އަޟްހާއީދުގެ ކުޅިވަރު: ހުޅުދޫއާއި މީދޫ ކުޅުނު ބަށިމެޗް މީދޫ ކާމިޔާބުކޮށްފި

އަޟްހާ އީދުގެ މުނާސަބާ ފާހަގަކުރުމުގެ ގޮތުން މީދޫ  ބަށި ޓީމަކާ  ހުޅުދޫ ބަށި ޓީމާއި ދެމެދު އެކުވެރިކަމުގެ ބަށި ...

ޝަރުތު ހަމަވާ އެންމެނަށް ފްލެޓް، ލިސްޓް އާންމުކޮށްފި

ސަރުކާރުގެ ބޯހިޔާވަހިކަމުގެ ސިޔާސަތުގެ ދަށުން މާލެ ސަރަޙައްދުން ފުލެޓް ދޫކުރުމަށްޓަކައި ހިންގާ ގެދޮރުވެރިޔާ ސްކީމުގެ ދަށުން ފުލެޓަށް އެދި ...

ގައުމު ސްޓްރީޓް ކަޕް – ލޮތަރި އާއި ރިވެރިންގެ ކުރިމަތިލުން- ފައިނަލްމެޗު މިރޭ

ގައުމު ސްޓްރީޓްގެ ނަމުގައި މީދޫގައި ބާއްވަމުން އައި  ސްޓްރީޓް ކަޕް ފުޓްބޯޅަ  މުބާރާތުގެ ފައިނަލް މެޗު މިރޭ ކުޅޭނެއެވެ. ...