ރަސްރަނި ނެޓްބޯޅަ ޗެލެންޖް : ފުރަތަމަމެޗް ކްލަބް އެމްޓީސީސީ ކާމިޔާބުކޮށްފި

އައްޑޫ ރަސްރަނި ނެޓްބޯޅަ ޗެލެންޖް ނަމުގައި ހުޅުދޫގައި އިއްޔެ ފެށި ނެޓްބޯޅަ މުބާރާތުގެ ފުރަތަމަމެޗް ކްލަބް އެމްޓީސީސީ ކާމިޔާބުކޮށްފިއެވެ.  

 މިމެޗް ކްލަބް އެމްޓީސީސީ ކާމިޔާބުކޮށްފައިވަނީ މީދޫ ވެރިއަސް އާއި ބައްދަލުކޮށް 26 ޕޮޓް ،13 ޕޮޓުން މެޗް ކާމިޔާބުކޮށްގެންނެވެ.

 މި މެޗްގެ ކުއީން އޮފް ދަ މެޗްއަކަށް ކްލަބް އެޓީސީސީގެ އަމީޝާ ހޮވިފައިވާއިރު މިމެޗްގައި ކްލަބް އެމްޓީސީސީއަށް އެންމެ ގިނަޕޮޓް ކާމިޔާބުކޮށްދީފައިވަނީ އެޓީމުގެ ރިފްގާއެވެ.

އިއްޔެ ކުޅެވުނު މިމެޗްގެ ކުޅުމަށް ބަލާލާއިރު ކްލަބް އެމްޓީސީސީގެ ސެންޓަރއަށް ކުޅުނު ކުޅުންތެރިޔާ ތަފާތު މޮޅު ކުޅުމެއް ކުޅެ އެކުޅުންތެރިޔާގެ ފަރާތުން އެޓީމުގެ އެހެން ކުޅުންތެރީނަނަށް ބޯޅަތައް ސަޕްލައި ކޮށްދިނުމުގައި މުހިއްމު ދައުރެއް އަދާކުރަމުންދިޔަތަން ފެނިގެން ގޮސްފައިވެއެވެ.

އެހެން ނަމަވެސް މީދޫ ވެރިއާސް ޓީމުގެ ސެންޓަރއަކަށް އެކި ކުއާޓާގައި ކުޅުންތެރިންގެ ފަރާތުން ރަގަޅު ކުޅުމެއް ފެނިގެންގޮސްފައިނުވެއެވެ. ޚާއްސަކޮށް ފަހުކުއާޓާގައި ސެންޓަރއަކަށް ކުޅުންތެރިޔާގެ ފަރާތުން ފެނިގެންގޮސްފައިވަނީ ވަރަށް ދަށްކުޅުމެކެވެ.

އަދި މީގެ އިރުރަށް އެޓީމުގެ ބައެއް ކުޅުންތެރީން ބޯޅަ ޕާސްކުރުމުގައި އަވަސް އަރުވާލައިގެން ފޮނުވާ ބޯޅަތައް އެޓީމުގެ ކުޅުތެރީންނަށް ލިބުމުގެ ބަދަލުގައި އިދިކޮޅުކުޅުންތެރީންނަށް ލިބެމުންދިޔަތަންވެސް ފާހަގަކުޅެވުނެވެ. އެހެންކަމުން އެޓީމުގެ ގޯލް އެޓޭކަށް ކުޅުނު ކުޅުންތެރިޔާއަށާ ގޯލްޝޫޓާއަށް ކުޅުނު ކުޅުންތެރިޔާއަށް އެކަށީގެންވާގޮތެއްގައި ބޯޅަ ލިބިގެން ގޮސްފައިނުވާކަންވެސް ފާހަގަކުރެވުނެވެ.

ކްލަބް އެމްޓީސީސީއަށް އެންމެ ގިނަ ޕޮޓް ކާމިޔާބުކޮށްދިން ރިފްގާ

މިމުބާރާތުގައި މިއަދު ހަވީރު ދެމެޗް ކުޅުމަށް ހަމަޖެހިފައިވާއިރު 4:00 ގައި ފަށާ ފުރަތަމަ މެޗްގައި ބައްދަލުކުރާނީ ގްރޫޕް ބީގައި ހިމެނޭ ޓީމް މިފްކޯއާއި ހުޅުމީދޫ ހެލްތު ސެންޓަރއެވެ. 5:00 ގައި ފަށާ ދެވަނަ މެޗްގައި ބައްދަލުކުރާނީ ގްރޫޕް އޭގައި ހިމެނޭ ޓީމް ފެނަކާއާއި މީދޫ ވެރިއަސްއެވެ.

މިމަހުގެ 11 ން 20 އަށް ކުރިއަށްދާ މިމުބާރާތުގެ ގްރޫޕް ސްޓޭޖްގެ މެޗްތައް 14 ވަނަ ދުވަހާއި ހަމައަށް ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވާއިރު ޕްލޭ އޮފްގެ ނަމުގައި 15 ވަނަ ދުވަހު ކުޅެވޭ ފުރަތަމަ މެޗްގައި ބައްދަލުކުރުމަށް ހަމަޖެހިފައިވަނީ ގްރޫޕް އޭގެ ދެވަނަޓީމާއި ގްރޫޕްބީގެ ތިންވަނަ ޓީމެވެ. ޕްލޭއޮފްގެ ނަމުގައި ކުޅެވޭ ދެވަނަމެޗްގައި ބައްދަލުކުރާނީ ގްރޫޕްއޭގެ ތިންވަނަޓީމާއި ގްރޫޕްބީގެ ދެވަނަޓީމެވެ.

އިއްޔެ މެޗްގެ އެންމެ މޮޅު ކުޅުންތެރިޔާ: އަމީޝާ

މީގެ އިތުރަށް ސެމީފައިނަލްގެ މެޗްތައް 16 ވަނަދުވަހު ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވާއިރު ސެމީފައިނަލްގެ ފުރަތަމަ މެޗްގައި ބައްދަލުކުރުމަށް ހަމަޖެހިފައިވަނީ ގްރޫޕްއޭއިން ޕޮއިންޓްގެ ގޮތުން 1 ވަނައަށް ހޮވޭޓީމާއި ޕްލޭ އޮފްގެ ފުރަތަމަމެޗުން މޮޅުވާޓީމެވެ.

ޓީމް އެމްޓީސީސީއާއި މީދޫ ވެރިއާސް ބައްދަލުކުރިމެޗްގެ ތެރެއިން

ސެމީފައިނަލްގެ ދެވަނަމެޗްގައި ބައްދަލުކުރާނީ ގްރޫޕްބީން ޕޮއިންޓްގެ ގޮތުން 1 ވަނައަށް ހޮވޭޓީމާއި ޕްލޭ އޮފްގެ ދެވަނަ މެޗުން މޮޅުވާޓީމެވެ.

 މުބާރާތުގެ ފައިނަލް ކުޅުމަށް ވަނީ މިމަހުގެ 20 ވަނަ ދުވަހު އެވެ.

މިމުބާރާތަކީ ޗެމްޕިއަން ޓީމަށް 10 ހާސް ރުފިޔާ ރަނައަޕް ޓީމަށް 5000ރ ދޭގޮތައް ބާއްވާ މުބާރާތެކެވެ.

advertisement
  • ކޮމެންޓްސް (0)

Your email address will not be published. Required fields are marked *

  • ފުރިހަމަ ނަން

Ads

ގުޅޭ ލިޔުންތައް

އެސްޓެކް ފިހާރައިގެ  ބިއްލޫރިގަނޑު ތަޅާލައިފި

ހުޅުދޫ ” އެސްޓެކް” ފިހާރައިގެ ބިއްލޫރިތައް ތަޅާލައި އެތަނުގެ ތެރެއަށްވަދެ އެތަނުގައި ހުރި ގިނަ ތަކެއްޗަށް ގެއްލުންދީ ހަލާކުކޮށްލި ...

ސެމީފައިނަލްގައި މީދޫ ޓީމާ ވާދަކުރާނެ ޓީމަކަށް ފޭދޫ ވޮލީޓީމް ހޮވިއްޖެ

މަރަދޫފޭދޫ އައިލެންޑް ވޮއިސް އޮފް ޔޫތުން އިންތިޒާމްކޮށްގެން މަރަދޫފޭދޫގައި ބާއްވާ ” އައިވީ މިކްސްޑް ވޮލީކަޕް 2020 ” ...

ރާއްޖޭގެ ދެކުނަށް މޫސުން ގޯސްވާނެކަމަށް ލަފާކުރެވޭތީ، ސަމާލުވުމަށް އެންޑީއެމްއޭއިން އިލްތިމާސްކޮށްފި

ކުރިއަށް އޮތް ދެދުވަހު ރާއްޖޭގެ ދެކުނުގެ ސަރަހައްދުތަކަށް މޫސުން ގޯސްވާނެކަމަށް ލަފާކުރެވޭތީ، މޫސުމަށް ސަމާލުވުމަށް ނެޝަނަލް ޑިސާސްޓަރ މެނޭޖްމަންޓް ...