އެސްޓެކް ފިހާރައިގެ  ބިއްލޫރިގަނޑު ތަޅާލައިފި

ހުޅުދޫ ” އެސްޓެކް” ފިހާރައިގެ ބިއްލޫރިތައް ތަޅާލައި އެތަނުގެ ތެރެއަށްވަދެ އެތަނުގައި ހުރި ގިނަ ތަކެއްޗަށް ގެއްލުންދީ ހަލާކުކޮށްލި  މައްސަލާގައި މީހަކު ހައްޔަރުކޮށްފި އެވެ

މިމައްސަލާގައި ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފައިވަނީ ހުޅުދޫ ފިރިހެކެވެ.

ޕްރިންޓްގެ ޚިދުމަތާއި އިލެކްޓޯނިކްސްގެ ބާވައްތައް މަރާމާތުކޮށްދިނުމުގެ ޚިދުމަތްދޭ އެސްޓެކް ފިހާރައިގެ ބިއްލޫރިތައް ތަޅާލައިފައިވަނީ ހުކުރު ދުވަހުގެ މެންދުރު ވަގުތުގައެވެ. އެފިހާރައިގެ ބިއްލޫރި ތަޅާލިވަގުތު އެފިހާރަ ހިންގަމުންދާ ޝަފީގު ފިހާރައިގެ ތެރޭގައި ހުންނެވިއެވެ.

މައުލޫމާތު ލިބިފައިވާގޮތުގައި ޝަފީގު ފިހާރައިގެ ތެރޭގައި ހުންނަވަނިކޮށް ފިހާރައިގެ ބިއްލޫރި ތަޅާލިމީހާ ކޯރާޑީއެއް ހިފައިގެންގޮސް ފިހާރައި ދޮރުގެ ބިއްލޫރި ގަޑު ތަޅާލާ އެތެރެއަށް ވަދެ އެތަނުގެ ތެރޭގައިހުރި  ވަރަށް ގިނަ ތަކެތި ކޯރާޑީން ތަޅާ ވަނީ ހަލާކުކޮށްލާފައެވެ. އަދި ޝަފީގުއަށް ހަމަލާ ދޭން މަސައްކަތް ކުރުމުން އޭނާ ވަނީ ސަލާމަތުން ފިހާރައިން ބޭރަށް ނިކުމެފައެވެ.

އިއްޔެ އެސްޓެކް ފިހާރައިގެ ބިއްލޫރި ތަޅާލައި އެތަނުގެ ތަކެއްޗަށް ގެއްލުންދިންމީހާ ވަނީ މީގެ ކުރިންވެސް އެފިހާރައަށް ވަދެ އެތަނުގައިހުރި ތަކެއްޗަށް ގެއްލުންދީފައެވެ. އަދި އެފަހަރު އެފިހާރައިގެ ވެރިޔާ ޝަފީގުއަށްވެސް ހަމަލާދީ ޝަފީގުއަށް ބޮޑެތި އަނިޔާތަކެއްވަނީ ދީފައެވެ. އެފަހަރު ޝަފީގުއަށް ލިބުނު އަނިޔާތަކަށް އިންޑިޔާއަށްގޮސްގެން ޝަފީގުވަނީ ފަރުވާ ހޯއްދަވާފައެވެ.

އެސްޓެކް” ފިހާރަ: 1-7-2022- ފިހާރައިގެ ބިއްލޫރިތައް ތަޅާލައި އެތަނުގެ ތެރެއަށްވަދެ އެތަނުގައި ހުރި ގިނަ ތަކެއްޗަށް ވަނީ ގެއްލުންދީފައި  

އެސްޓެކް” ފިހާރަ: 1-7-2022- ފިހާރައިގެ ބިއްލޫރިތައް ތަޅާލައި އެތަނުގެ ތެރެއަށްވަދެ އެތަނުގައި ހުރި ގިނަ ތަކެއްޗަށް ވަނީ ގެއްލުންދީފައި  

އެސްޓެކް” ފިހާރަ: 1-7-2022- ފިހާރައިގެ ބިއްލޫރިތައް ތަޅާލައި އެތަނުގެ ތެރެއަށްވަދެ އެތަނުގައި ހުރި ގިނަ ތަކެއްޗަށް ވަނީ ގެއްލުންދީފައި  

  • ކޮމެންޓްސް (0)

Your email address will not be published. Required fields are marked *

  • ފުރިހަމަ ނަން

Ads

ގުޅޭ ލިޔުންތައް

ސައިރިކްސް ޝަރީފުގެ އަމިއްލަ ޚަރަދުގައި ހުޅުދޫގައި ހިނަވާގެއެއް އަޅަނީ

ރަށްޔިތުންގެ މަޖިލިހުގެ ހުޅުދޫދާއިރާއަށް އަމިއްލަ ގޮތުން ވާދަކުރައްވާ ސައިރިކް ޝަރީފުގެ ޚަރަދުގައި ހުޅުދޫގައި ހިނަވާ ގެއެއް އެޅުމުގެ މަސައްކަތް ...

ކޯވިޑް-19 : ރާއްޖޭގެ އެތެރޭގެ ދަތުރުތައް މޯލްޑިވިއަންއިން މެދުކަނޑާލައިފި

މާލެ ސިޓީ ފުރަބަންދު ކުރުމާއި ގުޅިގެން ރާއްޖޭގެ އެތެރޭގެ އުދުހުންތަކުގެ ދަތުރުތައް މޯލްޑިވިއަންއިން މެދުކަނޑާލައިފިއެވެ. ޤައުމީ އެއަރލައިން ‘މޯލްޑިވިއަން’ ...

އައްޑޫސިޓީން އިތުރު 3 މީހަކު ކޮވިޑަށް ޕޮޒިޓިވް ވެއްޖެ

އައްޑޫސިޓީން އިތުރު 3 މީހަކު މިއަދު ކޮވިޑަށް ޕޮޒިޓިވް ވެއްޖެވެ. އައްޑޫ ސިޓީން އަލަށް ނެގުނު 331 ސާމްޕަލްތަލުގެ ...