އުރީދޫއިން އައްޑޫގެ 4 ހެލްތު ސެންޓަރަކަށް ހެލްތު ކިޓް ހަދިޔާ ކޮށްފި

އުރީދޫ މޯލްޑިވްސް އިން އައްޑޫ ސިޓީގެ 4 ހެލްތު ސެންޓަރަކަށް ހެލްތު ކިޓުތައް ހަދިޔާ ކޮށްފިއެވެ.

މި ކިޓުތައް އުރީދޫގެ ފަރާތުން ހެލްތު ސެންޓަރުތަކާ ހަވާލުކޮށްދެއްވީ އުރީދޫ މޯލްޑިވްސްގެ ސީއީއޯ އަދި މެނޭޖިން ޑިރެކްޓަރު ޚާލިދު އަލް ހަމާދީއެވެ.

އުރީދޫއިން މި ކިޓުތައް ހަދިޔާ ކޮށްފައިވަނީ އައްޑޫ ސިޓީގެ ފޭދޫ އާއި މަރަދޫ އާއި ހުޅުމީދޫ އާއި މަރަދޫ ފޭދޫ ހެލްތު ސެންޓަރުތަކަށެވެ.

މިއީ ދުޅަހެޔޮ ދިރިއުޅުން ޕްރޮމޯޓްކޮށް ސިއްހީ ދާއިރާ ބިނާ ކުރުމުގައި އެއްބާރުލުން ދިނުމުގެ ގޮތުން އުރީދޫއިން ކުރިއަށްގެންދާ ހަރަކާތެކެވެ. މި ހަރަކާތުގެ ދަށުން ރާއްޖޭގެ ހުރިހާ ސިއްހީ މަރުކަޒުތަކަށް ހެލްތު ކިޓް ހަދިޔާކުރަން އުރީދޫ މޯލްޑިވްސް އިން ވަނީ ނިންމައިފިއެވެ.

ރާއްޖޭގެ އެކި ހިސާބުތަކުގައިވާ 167 ހެލްތް ސެންޓަރު އަދި ހެލްތް ޕޯސްޓް ތަކަށް މި ކިޓްތައް ހަދިޔާ ކުރާކަން ހާމަކޮށްފައި ވަނީ ހެލްތް މިނިސްޓަރު އަހްމަދު ނަސީމް އާއި އުރީދޫ މޯލްޑިވްސްގެ ސީއީއޯ އަދި މެނޭޖިން ޑިރެކްޓަރު ޚާލިދު އަލް-ހަމާދީ އާއި ކުންފުނީގެ އިސް އޮފިޝަލުންނާއި އެކު މި އަހަރުގެ ކުރީކޮޅު ބޭއްވި ހާއްސަ ބައްދަލުވުމެއްގައެވެ.

އުރީދޫ އިން ހަދިޔާ ކުރާ ހެލްތު ކިޓުގައި ސްޓެތެސްކޯޕް، ޑިޖިޓަލް ސްފިގްމާނޯމީޓަރ، ޕަލްސް އޮކްސިމީޓަރ، އޮޓޮސްކޯޕް، ޑިޖިޓަލް ތާމޯމީޓަރ އަދި ނެބިއުލައިޒަރ މެޝިން ފަދަ ސިއްހީ ފަރުވާއަށް އާންމުކޮށް ބޭނުންކުރާ މުހިއްމު އާލާތްތަށް ހިމެނެއެވެ.

އުރީދޫއަކީ އދ.ގެ ދެމެހެއްޓެނިވި ތަރައްގީގެ 3 ވަނަ ލަނޑުދަނޑި “ގުޑް ހެލްތް އެންޑް ވެލްބީންގް” ހާސިލްކުރުމަށް އެއްބާރުލުން ދިނުމުގެ ގޮތުން ދިވެހިންގެ ތެރޭގައި ދުޅަހެޔޮ ސިއްހަތެއް ގާއިމް ކުރުމަށް ގިނަ މަސައްކަތްތަކެއް ކުރަމުންދާ ކުންފުންޏެކެވެ.

އެގޮތުން، ރާއްޖޭގެ އެކި ހިސާބުތަކުގެ ކައުންސިލްތަކާއި، ރެކްރިއޭޝަނަލް ކްލަބްތަކާއި، ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ބާއްވާ ގިނަ މުބާރާތްތައް ސްޕޮންސަރުކޮށް، ދުޅަހެޔޮ ދިރިއުޅުމަކަށް މުޖުތަމައު އަހުލުވެރިކުރުވުމަށް އުރީދޫއިން ދަނީ މަސައްކަތްކުރަމުންނެވެ. އަދި 2017 ވަނަ އަހަރުން ފެށިގެން ކޮންމެ އަހަރަކުވެސް ބޭއްވޭ އުރީދޫ ކަލާ ރަން އަކީ ވެސް މި ބޭނުމުގައު ބާއްވާ ހާއްސަ އިވެންޓެކެވެ.

  • ކޮމެންޓްސް (0)

Your email address will not be published. Required fields are marked *

  • ފުރިހަމަ ނަން

Ads

ގުޅޭ ލިޔުންތައް

އައްޑޫ ސިޓީގެ ޓޫރިޒަމަށް އިންޑިއާއިން 2.49 މިލިއަން ޑޮލަރު އިންވެސްޓް ކުރަނީ

އައްޑޫސިޓީގައި ޓުއަރިޒަމް ޒޯންތަކެއް ތަރައްގީ ކުރުމާ ގުޅޭ އެމްއޯޔޫއެއްގައި ދިވެހި ސަރުކާރާއި އިންޑިއާ ސަރުކާރާ ދެމެދު ސޮއިކޮށްފި އެވެ. ...

މީދޫ ދާއިރާގެ އެމްޑީޕީ ޓިކެޓް ސަބްރީ  ކާމިޔާބު ކުރައްވައިފި

މީދޫ ދާއިރާގެ އެމްޑީޕީގެ މަޖިލިސް ޓިކެޓް ސަބްރީ ކާމިޔާބު ކުރައްވައިފި އެވެ. އަންނަ ރައްޔިތުންގެ މަޖިލިސް އިންތިހާބުގައި ވާދަކުރާނެ ...

” މިއަދަކު އަގޮޑީޓީގެ ޝަކުވާއަކާ ދެލިފޮހޭ ގަލަމުގެ ޝަކުވާއެއް ނާދޭ ” ރައީސް ސޯލިހު

ނުފޫޒާ ބާރުން އެއްކިބާވެ މަސައްކަތްކުރުމުގެ ފުރުސަތު އިލެކްޝަންސް ކޮމިޝަނަށް ދިނުމުން އެއްވެސް ޝަކުވާއެއްނެތި އެއްވެސް މައްސަލައެއްނުޖެހޭގޮތައް މިރާއްޖޭގައި އިންތިޚާބެއް ...