ނަން ބޯޑު، ގަވާއިދަށް ނުފައްތާ ހުރުމުން 1410 މީހަކަށް ނަސޭހަތްތެރިވެއްޖެ

އެއްގަމު އުޅަނދުގެ ނަން ބޯޑު ގަވާއިދާ ޚިލާފަށް ހުރުމުގެ ސަބަބުން މިހާތަނަށް މާލެ ސަރަހައްދުން 1410 މީހަކަށް އެކަން ރަނގަޅުކުރަން ނަސޭހަތްތެރިވެފައިވާކަމަށް ފުލުހުން ބުނެފިއެވެ

އެއްގަމުގައި ދުއްވާ އިންޖީނުލީ އުޅަނދުގެ ނަންބަރު ބޯޑު, ގަވާއިދުގައި ބަޔާންކޮށްފައިވާ މިންގަނޑާއި އެއްގޮތަށް ނުބަހައްޓާނަމަ އޮކްޓޯބަރު އެއްވަނަ ދުވަހާ ހަމައަށް ނަސޭހަތްތެރި ވަމުންދާނެކަމަށް ފުލުހުން ވަނީ ބުނެފައެވެ. އަދި އޮކްޓޯބަރު އެ ތާރީޚުން ފެށިގެން ނަންބަރު ބޯޑު ރަނގަޅު ނުކުރާ ފަރާތްތަކާ މެދު ގަވާއިދުން ފިޔަވަޅު އަޅަމުންދާނެކަމަށް ވެސް ވަނީ ބުނެފައެވެ.

ފުލުހުން އެ ގޮތަށް އެންގީ އެއްގަމުގައި ދުއްވާ އިންޖީނުލީ ބައެއް އުޅަނދުތަކުގައި ހަރުކޮށްފައި ހުންނަ ނަންބަރު ބޯޑު ހަދާފައި ހުންނަނީ “އެއްގަމުގައި ދުއްވާ އިންޖީނުލީ އުޅަނދު ރަޖިސްޓްރީ ކުރުމުގެ ގަވާއިދު“ ގައިވާ ގޮތަށް ނޫންކަން ފާހަގަކުރެވިފައިވާ ކަމަށް މިނިސްޓްރީ އޮފް ޓްރާންސްޕޯޓް އެންޑް ސިވިލްއޭވިއޭޝަނުން ބުނުމާ ގުޅިގެންނެވެ.

“އެއްގަމު އުޅަނދުގެ ނަން ބޯޑު ގަވާއިދާ ޚިލާފަށް ހުރުމުގެ ސަބަބުން ސެޕްޓެމްބަރު 20 އިން ފެށިގެން އޮކްޓޫބަރު ހަޔަކާ ހަމައަށް މާލެ ސަރަހައްދުން 1410 މީހަކަށް އެކަން ރަނގަޅުކުރަން ނަސޭހަތްތެރިވެފައިވޭ.“

ފުލުހުން ބުންޏެވެ.

ނަމަވެސް މިހާތަނަށް އެއްވެސް މީހަކު ޖޫރިމަނާ ކޮށްފައެއްނުވާކަމަށް ފުލުހުން ވަނީ ބުނެފައެވެ.

  • ކޮމެންޓްސް (0)

Your email address will not be published. Required fields are marked *

  • ފުރިހަމަ ނަން

Ads

ގުޅޭ ލިޔުންތައް

ސިނަމާލެ ބްރިޖް ރައީސް ޔާމީން ރަސްމީކޮށް ހުޅުވައިދެއްވައިފި

ރައީސުލްޖުމްހޫރިއްޔާ ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމާއި، ޗައިނާ ސަރުކާރުގެ މަންދޫބު އަދި ޗައިނާ އިންޓަރނޭޝަނަލް ޑިވެލޮޕްމަންޓް ކޯޕަރޭޝަން އޭޖެންސީގެ ޗެއަރމަން ...

އައްޑޫގައި ފްލައިން ސްކޫލް ހިންގާނެ ޖޮއިންޓް ވެންޗާ އެއް އުފައްދަން އެއްބަސްވެއްޖެ

އައްޑޫގައި ފްލައިން ސްކޫލެއް ހިންގަޖް ޖޮއިންޓް ވެންޗާ ކުންފުންޏެއް އުފައްދަން މޯލްޑިވްސް ނޭޝަނަލް ޔުނިވާސިޓީ (އެމްއެންޔޫ) އާއެކު އައިލެންޑު ...

ފެނަކަ ހދ އަތޮޅުގެ މުވައްޒަފުންނަށް ޓްރެއިނިން ޕްރޮގްރާމެއް ބާއްވައިފި

ފެނަކަ ހދ އަތޮޅުގެ މުވައްޒަފުންނަށް އެ ކޯޕަރޭޝަންގެ ފަރާތުން ހާއްސަ ޓްރެއިނިން ޕްރޮގްރާމެއް ބާއްވައިފި އެވެ. ފެނަކަ އިންސްޓިޓިއުޓް ...