މި ދުވަސްވަރު އައްޑޫ ސިޓީގައި ޑެންގޫ ހުމާއި، ލޮލުރޯގާއާއި، ވައިރަލް ހުން ފެތުރެމުންދާތީ، އެކަމަށް ސަމާލުވެ ތިބުމަށް އައްޑޫ އިކުއެޓޯރިއަލް ހޮސްޕިޓަލުން އިލްތިމާސްކޮށްފިއެވެ.

އައްޑޫ އިކުއެޓޯރިއަލް ހޮސްޕިޓަލުންރޭ ނެރުނު ބަޔާނެއްގައި ބުނީ، މި ދުވަސްވަރު އައްޑޫ ސިޓީގައި ޑެންގޫ ހުމާއި، ލޮލުރޯގާއާއި، ވައިރަލް ހުމަށް ޕޮޒިޓިވްވާ މީހުން ފެންނަމުންދާ ކަމަށެވެ.

އެ ގޮތުން ސިޓީގައި ދިރިއުޅޭ ރައްޔިތުންގެ ސަމާލުކަމަށް މިކަން ގެނެސް، އެކަމާ ގުޅިގެން ރައްކާތެރިވެ ތިބުމަށް އިލްތިމާސްކުރާ ކަމަށެވެ.

ހަމައެހެންމެ މި ބަލިތަކުގެ އަލާމަތްތައް ފެންނަ ނަމަ ވީހާވެސް އަވަހަށް ޑޮކްޓަރަށް ދެއްކުމަށާއި، ބޭރަށް ނިކުމެ އުޅުމާއި، ގިނަ މީހުން އެއްވެ އުޅޭ ތަންތަނަށް ނުދިއުމަށް ވެސް އިލްތިމާސްކުރާ ކަމަށެވެ

މި ދުވަސްވަރު އައްޑޫ ސިޓީގައި ޑެންގޫ ހުމާއި، ލޮލުރޯގާއާއި، ވައިރަލް ހުން ފެތުރެމުންދާއިރު އައްޑޫގައި ކޮވިޑް 19 ވެސް ކޮންޓްރޯލް ނުކުރެވި ދަނީ ފެތުރެމުންނެވެ .

  • ކޮމެންޓްސް (0)

Your email address will not be published. Required fields are marked *

  • ފުރިހަމަ ނަން

Ads

ގުޅޭ ލިޔުންތައް

މާލޭގައި ރަހީނުކޮށްފައި ހުރި ބިދޭސީއަކު ސަލާމަތްކޮށް 5 މީހަކު ހައްޔަރުކޮށްފި

މާލޭގައި ރަހީނުކޮށްފައި ހުރި ބިދޭސީއަކު ސަލާމަތްކޮށް 5 މީހަކު ހައްޔަރުކޮށްފިއެވެ. ފުލުހުން ހާމަކޮށްފައިވާގޮތުން މި ބިދޭސީ މިހާ ރަހީނުކޮށްފައި ...

ވެރިންގެ ތެރެއިން ޤައުމުގެ ޙައްޤުގައި ބަސްބުނީ ރައީސް ޔާމީން އެކަނި – މިނިސްޓަރ ސައީދު

ރާއްޖޭގައި މިހާތަނަށް ވެރިކަން ކުރެއްވި ވެރިންގެ ތެރެއިން ޤައުމާއި ރައްޔިތުންގެ ޙައްޤުގައި ބަސް ބުނަން ކެރުނު ހަމައެކަނި ވެރިއަކީ ...

އުތުރުގެ އަތޮޅުތަކު ބައެއް ރަށްތަކަށް ބިންހެލުމުގެ އަސަރުކޮށްފި

ރާއްޖޭގެ އުތުރުގެ އަތޮޅުތަކުގެ ބައެއް ރަށްރަށް ރޭ ބިންހެލުމުގެ އަރައިފިއެވެ. މޫސުމާއި ބެހޭ ޤައުމީ އިދާރާއިން ހާމަކޮށްފައިވާގޮތުން ރޭ ...