ޔޫއެފާގެ އެންމެ މޮޅު ކުޅުންތެރިޔާގެ މަގާމު ބެންޒެމާއަށް، އެންމެ މޮޅު ކޯޗަކީ އެންޗޮލެޓީ

ޔޫރަޕުގެ ފުޓުބޯޅައިގެ މައި އިދާރާ، ޔުއެފާ އިން ހޮވާ އަހަރުގެ އެންމެ މޮޅު ކުޅުންތެރިޔާގެ މަގާމް ރެއާލް މެޑްރިޑުގެ ކެޕްޓަން ކަރީމް ބެންޒެމާ އަދި އެންމެ މޮޅު ކޯޗުގެ މަގާމް އެ ޓީމުގެ ކޯޗު ކާލޯ އަންޗެލޮޓީ ހޯދައިފި އެވެ.

މިއީ އަންޗެލޮޓީ އާއި ބެންޒެމާ ވެސް މި އެވޯޑް ހޯދި ފުރަތަމަ ފަހަރެވެ.

 އަންޗެލޮޓީ އަދި  ބެންޒެމާއާއި މި އެވޯޑް ހަވާލު ކުރީ ރޭ ތުރުކީގެ އިސްތަންބޫލުގައި ބޭއްވި ޗެމްޕިއަންސް ލީގު ގުރޫޕް ސްޓޭޖުގެ ގުރުއަތުލުމުގެ ރަސްމިއްޔާތަށް ފަހު ބޭއްވި ހަފްލާގަ އެވެ.

މިދިޔަ ސީޒަންގައި ތަފާތު މޮޅު ކުޅުމެއް ދެއްކި އުމުރުން 34 އަހަރުގެ ބެންޒެމާއަކީ މިފަހަރުގެ ބެލޮންޑިއޯގެވެސް ފެވަރިޓް ކުޅުންތެރިޔާއެވެ. ރެއާލްއިން ރެކޯޑު 14 ވަނަ ފަހަރަށް ޗެމްޕިއަންސް ލީގު ނެގި އިރު، ބެންޒެމާ ވަނީ މިދިޔަ ސީޒަނުގެ ޗެމްޕިއަންސް ލީގުގައި ކުޅުނު 12 މެޗުން 15 ގޯލު ޖަހައިފައެވެ. މިދިޔަ ސީޒަނުގައި ބެންޒެމާ ވަނީ ފްރާންސާއެކު ނޭޝަންސް ލީގުވެސް ކާމިޔާބުކޮށް، ރެއާލްއާއެކު ލަލީގާވެސް ކާމިޔާބުކޮށްފައެވެ.

ބެންޒެމާ ވަނީ ސީޒަނުގައި ރެއާލްއަށް ޖުމްލަ 46 މެޗު ކުޅެ، 44 ގޯލު ޖަހައިދީ، 13 ގޯލަށް އެސިސްޓް ކޮށްދީފައެވެ.

ބެންޒެމާއަށް ރެއާލްގައި ކޯޗުކޮށްދިން އެންޗެލޯޓީގެ ޓެކްޓިކްސް ޗެމްޕިއަންސް ލީގުގެ ނޮކްއައުޓް މެޗުތަކުގައި ވަރަށް ބޮޑަށް ފާހަގަވެގެން ދިޔައިރު، ގިނަ މެޗުތަކެއް ފަހަތުން އަރައިވެސް ކާމިޔާބު ކޮށްފައިވެއެވެ. އަދި ހާއްސަކޮށް ލީގު ނެގުމުގައިވެސް ރެއާލް ފެނުނީ ވަރަށް ބޮޑަށް ވަރުގަދަ ކޮށެވެ.

  • ކޮމެންޓްސް (0)

Your email address will not be published. Required fields are marked *

  • ފުރިހަމަ ނަން

Ads

ގުޅޭ ލިޔުންތައް

މެގުއާ އަތުން ކެޕްޓަން ބޭންޑް އަތުލައިފި

މެންޗެސްޓާ ޔުނައިޓެޑްގެ ކެޕްޓަންގެ މަގާމްގައި ފާއިތުވި ތިންއަހަރު ހުރި އިންގްލެންޑްގެ ޑިފެންޑަރ ހެރީ މެގުއާ އަތުން ކެޕްޓަން ބޭންޑް ...

ފައިނަލްމެޗަށް އިތުރު އަމްޕަޔަރަކު ގެންނަނީ !

މާދަމާ ކުޅުމަށް ހަމަޖެހިފައިވާ ރަސްރަނި ނެޓްބޯޅަ ޗެލެންޖްގެ ފައިނަލްމެޗްގައި އަމްޕަޔަރުކަން ކުރަން އެހެން އަމްޕަޔަރަކު ގެންނަކަމުގެ މައުލޫމާތު ލިބިއްޖެވެ. ...

241 ކޮމިޓީއަށް ހުޅުދޫ ދާއިރާގެ މެމްބަރު އިލްޔާސް ލަބީބު ހާޒިރުކޮށްފި

ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދުއަށް ދިން ބޮމުގެ ހަމަލާއާއި ގުޅިގެން ރައްޔިތުންގެ މަޖިލީހުގެ ގައުމީ ސަލާމަތާއި ބެހޭ ...