ފައިނަލްމެޗަށް އިތުރު އަމްޕަޔަރަކު ގެންނަނީ !

މާދަމާ ކުޅުމަށް ހަމަޖެހިފައިވާ ރަސްރަނި ނެޓްބޯޅަ ޗެލެންޖްގެ ފައިނަލްމެޗްގައި އަމްޕަޔަރުކަން ކުރަން އެހެން އަމްޕަޔަރަކު ގެންނަކަމުގެ މައުލޫމާތު ލިބިއްޖެވެ.

މައުލޫމާތު ލިބިފައިވާގޮތުގައި މާދަމާ ހުޅުދޫ ޔޫތާއި ފެނަކަ ބައްދަލުކޮށް ކުޅުމަށް ހަމަޖެހިފައިވާ ފައިނަލްމެޗަށް އިތުރު އަމްޕަޔަރަކު ގެންނަން މިމުބާރާތް އިންތިޒާމް ކުރާ ފަރާތްކުން މަސައްކަތް ކުރަމުންދަނީ މިހާރު މިމުބާރާތުގައި އަމްޕަރުކަން ކުރަމަށް މާލެން ގެނެސްފައިވާ ދެ އަމްޕަޔަރުންގެ ތެރެއިން އަމްޕަޔަރު މަރިޔަމް މަނިކަ މެޗްތަކުގައި ނިންމަމުންދާ ނިންމުންތަކާއި މެދު މުބާރާތުގައި ވާދަކުރިޓީމްތަކުގެ ތެރެއިން ގިނަޓީމްތަކުން މައްސަލަ ޖައްސަމުން ގޮސްފައިވާތީއެވެ.

އެމްޓީސީސީއާއި ފެނަކަ ގްރޫޕް ސްޓޭޖްގައި ބައްދަލުކުރި މެޗްގެ ތެރެއިން

މިމުބާރާތުގައި ޓީމް ފެނަކައާއި އެމްޓީސީސީ ބައްދަލުކޮށް ކުޅުނު ދެމެޗްގައިވެސް އަމްޕަޔަރު މަރިޔަމް މަނިކަ ނިންމުންތައް ނިންމަމުންގޮސްފައިވަނީ ފެނަކަޓީމަށް ފައިދާވާގޮތައްކަމަށް ބުނެ އެމްޓީސީސީގެ އޮފިޝަލުންނާއި ކުޅުންތެރީންވެސް ވަރަށް ބޮޑަށް ހިތްހަމަ ނުޖެހުން ފާޅުކުރަމުން ގޮސްފައިވެއެވެ. ޚާއްސަކޮށް ސެމީފައިނަލްމެޗްގައި ފެނަކާއާއި އެމްޓީސީ ބައްދަލުކުރި މެޗްގެ ނިންމުންތަކާއި މެދު ހިތްހަމަ ނުޖެހިގެން މެޗް ނިމުމުން އެމްޓީސީސީގެ ކުޅުންތެރީންނާއި އޮފިޝަލުން އަދި ސަޕޯޓަރުންވެސް އޮފިޝަލުންގެ މޭޒުކައިރިއަށް ގޮސް މައްސަލަ ޖައްސަމުން ގޮސްފައިވެއެވެ.

ފައިނަލްމެޗްގެ އަމްޕަޔަރުން ބަދަލުކުރުމާއި ބެހޭގޮތުން ވާހަކަ ދެކެވެމުންދާތީ މިމުބާރާތް އިންތިޒާމްކޮށް ކުރިއަށް ގެންދާ މެރެތަންއަށް ގުޅުމުން ބުނީ އަމްޕަޔަރުން ބަދަލުކުރަން ޖެހިއްޖެކަމަށްވާނަމަ އެކުރަން ކުރާނެކަމަށެވެ.

” އަމްޕަޔަރުން ބަދަލުކުރަން ޖެހިއްޖެނަމަ އެކަން ކުރާގޮތައް ހަމަޖެހިފައިވަނީ ، އެކަންތައްތައް ކުރިއަށް އެބަދޭ ، އެކަމުގެ އިތުރު އަޕްޑޭޓް އެއްވެސް ބަޔަކަށް އަދި ނުދެން “

މެރެތަން އަށް ގުޅުމުން މެރެތަން މައުލޫމާތު ދީފައިވެއެވެ.

ފެނަކައާއި ހުޅުދޫ ޔޫތު ބައްދަލުކޮށް ކުޅޭ ރަސްރަނި ނެޓްބޯޅަ ޗެލެންޖްގެ ފައިނަލްމެޗްގެ ކުޅުން އޮންނާނީ ނޮވެމްބަރ 20 ވާ އާދީއްތަދުވަހު ހަވީރު ހުޅުދޫ ޓާފް ދަނޑުގައެވެ.

މިމުބާރާތަކީ ޗެމްޕިއަން ޓީމަށް 10 ހާސް ރުފިޔާ ރަނައަޕް ޓީމަށް 5000ރ ދޭގޮތައް ބާއްވާ މުބާރާތެކެވެ.

  • ކޮމެންޓްސް (0)

Your email address will not be published. Required fields are marked *

  • ފުރިހަމަ ނަން

Ads

ގުޅޭ ލިޔުންތައް

ހުޅުދޫ ފްލެޓްތަކުގެ ގުރުއަތުލުން ބާއްވައިފި

ސަރުކާރުގެ “ގެދޮރުވެރި ކުރުވުން” ޕްރޮގްރާމުގެ ދަށުން ހުޅުދޫގައި އިމާރާތްކޮށް ފައިވާ ފްލެޓްތަކަށް އެދުނު ފަރާތްތަކުގެ ތެރެއިން ޝަރުތު ހަމަވި ...

ޔާމީންގެ ވެރިކަމިގައި ހިނގި ވައްކަމުގެ ޒިންމާ ނަންގަވަންޖެހޭނީ ހަމަ އެމަނިކުފާނު: ނާޒިމް

ރައީސް ޔާމިނުގެ ވެެރިކަމުގައި ހިނގައިދިޔަ ވައްކަމާއި ކޮރަޕްޝަނާއި އަނިޔާވެރިކަމުގެ ފުރިހަމަ ޒިންމާ ނަންގަވަން ޖެހިވަޑައިގަންނަވާނީ ހަމަ އެމަނިކުފާނުކަމަށް ރައީސް ...

އައްޑޫ މާރާމާރީއާ ގުޅިގެން ހައްޔަރު ކުރި 10 މީހުން ދޫކޮށްލައިފި

އައްޑޫގައި ދާދި ފަހުން ނުރައްކާތެރި މާރާމާރީއެއް ހިންގި ކަމުގެ ތުހުމަތުގައި ހައްޔަރު ކުރި 10 މީހަކު ދޫކޮށްލައިފި އެވެ. ...