އެއްޖިންސުން ގުޅުން ހިންގި މައްސަލާގައި ދައުވާކުރި ނާޒިމް އާއި ރަފީއު ވެސް ދޫކޮށްލައިފި

އެއްޖިންސުން ގުޅުން ހިންގި މައްސަލާގައި ދައުވާކުރަން ފުލުހުން ފޮނުވާފައިވާ، ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދުގެ ކޮއްކޯފުޅު އަދި ގާނޫނީ ވަކީލު ނާޒިމް ސައްތާރާއި، ފުލުހުންގެ ޑްރަގް އެންފޯސްމަންޓް ގައި މަސައްކަތްކުރި ސާޖަންޓް އަބްދުއްރަހުމާން ރަފީއު ވެސް ބަންދުން ދޫކޮށްލައިފި އެވެ.

ލީކުވެގެން އުޅޭ ވީޑިއޯތަކާއި ގުޅިގެން އަލްމްގީރާއި، ނާޒިމް ސައްތާރާއި، ސާޖަންޓް އަބްދުއްރަހުމާން ރަފީއުގެ އިތުރުން، ނޮޅިވަރަމް ދާއިރާގެ ކުރީގެ މެމްބަރު މުހައްމަދު ނަޝީދު ވެސް ހައްޔަރުކުރި އެވެ.

ނަމަވެސް ދައުވާކުރުމާއި ހަމަޔަށް ދިއުމުގެ ކުރިން ނާޝިދު ހުރީ ދޫކޮށްލާފަ އެވެ. އޭގެފަހުން ބަންދުގައި ތިބި އަލަމްގީރާއި، ނާޒިމް އަދި ރަފީއުގެ މައްޗަށް ޖިންސީ ކުށުގެ ގާނޫނާއި ގާނޫނުލްއުގޫބާތުގެ ދަށުން، ދައުވާކުރުމަށް ފީޖީ އޮފީހަށް ފުލުހުން މިމަހުގެ ނުވަވަނަ ދުވަހު ވަނީ ފޮނުވާފަ އެވެ.

ނަމަވެސް މައުލޫމާތު ލިބޭގޮތުގައި ނާޒިމް އާއި ރަފީއު މިހާރު ވަނީ ބަންދުން ދޫކޮށްލާފަ އެވެ. އެމީހުން ދޫކޮށްލީ ބަންދުގެ މުއްދަތު ހަމަވުމުން ކަމަށް ވެއެވެ. ބަންދުގެ މުއްދަތު އިތުރުނުކުރި ސަބަބެއް ސާފެއް ނުވެއެވެ. މިކަމާއި ގުޅޭގޮތުން ފުލުހުން އަދި ޖަވާބެއް ނުދެ އެވެ.

އަލްމްގީރު ފިޔަވައި މިމައްސަލާގައި ތުހުމަތުކުރެވޭ އެންމެން ދޫކޮށްލިއިރު އަލްމްގީރު ހައްޔަރުކުރީ، ގިނަ ބަޔަކާއެކު އެއްޖިންސުން ގުޅުން ހިންގާ، ގިނަ ބަޔަކު ބްލެކްމެއިލްކޮށްފައިވާ ކަމުގެ ތުހުމަތުގައި ކަމަށް ފުލުހުން ބުނެފަވެ އެވެ. އޭނާގެ ފޯނުން 200 އަށްވުރެ ގިނަ ދިވެހީންނާއިއެކު އެއްޖިންސުން ގުޅުން ހިންގާ ވީޑިއޯތައް ފުލުހުން އަތުލާފައިވާ ކަމަށްވެސް ވެއެވެ. މި ވީޑިއޯތަކުގައި ތުހުމަތުކުރެވޭ މީހުންގެ ތެރެއިން، މެރިން ކޮޕްސްގައި މަސައްކަތް ކުރާ ސިފައިންގެ މީހަކާއި،ޓީޗަރުުންތަކެއް ސަސްޕެންޑްކޮށްފައިވާއިރު، ހޯމް މިނިސްޓްރީގެ މުވައްޒަފެއްގެ އިތުރުން، ކަސްޓަމްސް ދެ މުވައްޒަފަކާއި، މަޖިލީހުގެ އިދާރީ މުވައްޒަފެއް ވެސް ވަނީ ސަސްޕެންޑުކޮށްފަ އެވެ.

ވަރަށްފަހުން، ޤުރުއާނާބެހޭ މަރުކަޒުގެ މުޝީރު އިބްރާހިމް ރާފިއު، އަލަމްގީރާއެކު ގުޅުން ހިންގާ ވީޑިއޯއެއްވެސް ވަނީ ލީކުވެފަ އެވެ. އޭނާ މިހާރު ވަނީ ފިލައިގެން ރާއްޖެ ބޭރަށްގޮސްފަވާކަމަށް ބައެއް މީޑިއާތަކުން ވަނީ ރިޕޯޓުކޮށްފަ އެވެ.

  • ކޮމެންޓްސް (0)

Your email address will not be published. Required fields are marked *

  • ފުރިހަމަ ނަން

Ads

ގުޅޭ ލިޔުންތައް

ރައީސްގެ އެމެރިކާ ދަތުރުފުޅުގެ ހަރަދުތައް ހާމަކުރަން އެންގި މައްސަލަ ސުޕްރީމް ކޯޓުން ބަލަން ނިންމައިފި

އދ.ގެ އާންމު މަޖިލީހުގެ 76 ވަނަ ސެޝަންގައި ތަގުރީރު ކުރެއްވުމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު އެމެރިކާގެ ނިއުޔޯކަށް ...

އައްޑޫ އީދި ސަމާ 1445 ގެ ހޭންޑް ބޯލް މުބާރާތުގައި ބައިވެރިވުމުގެ ފުރުސަތު ހުޅުވާލައިފި

އައްޑޫ އީދި ސަމާ 1445 ފާހަނގަ ކުރުމުގެ ގޮތުން ބާއްވާ ހޭންޑް ބޯލް މުބާރާތުގައި ބައިވެރިވުމުގެ ފުރުސަތު އަލުން ...

ފަންނާންގެ މިއުޒިކީ ޢީދު ޝޯވ މިއަހަރު އައްޑޫ ސީޓީގައި ބާއްވާގޮތަށް ހަމަޖައްސައިފި

މިނިވަން ދުވަހާ ގުޅިގެން ބާއްވަމުން އަންނަ ފަންނާންގެ މިއުޒިކީ ޢީދު ޝޯވ މިއަހަރު އައްޑޫ ސީޓީގައި ބާއްވާގޮތަށް ހަމަޖައްސައިފިއެވެ. ...