އެއްޖިންސުން ގުޅުން ހިންގި މައްސަލާގައި ދައުވާކުރަން ފުލުހުން ފޮނުވާފައިވާ، ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދުގެ ކޮއްކޯފުޅު އަދި ގާނޫނީ ވަކީލު ނާޒިމް ސައްތާރާއި، ފުލުހުންގެ ޑްރަގް އެންފޯސްމަންޓް ގައި މަސައްކަތްކުރި ސާޖަންޓް އަބްދުއްރަހުމާން ރަފީއު ވެސް ބަންދުން ދޫކޮށްލައިފި އެވެ.

ލީކުވެގެން އުޅޭ ވީޑިއޯތަކާއި ގުޅިގެން އަލްމްގީރާއި، ނާޒިމް ސައްތާރާއި، ސާޖަންޓް އަބްދުއްރަހުމާން ރަފީއުގެ އިތުރުން، ނޮޅިވަރަމް ދާއިރާގެ ކުރީގެ މެމްބަރު މުހައްމަދު ނަޝީދު ވެސް ހައްޔަރުކުރި އެވެ.

ނަމަވެސް ދައުވާކުރުމާއި ހަމަޔަށް ދިއުމުގެ ކުރިން ނާޝިދު ހުރީ ދޫކޮށްލާފަ އެވެ. އޭގެފަހުން ބަންދުގައި ތިބި އަލަމްގީރާއި، ނާޒިމް އަދި ރަފީއުގެ މައްޗަށް ޖިންސީ ކުށުގެ ގާނޫނާއި ގާނޫނުލްއުގޫބާތުގެ ދަށުން، ދައުވާކުރުމަށް ފީޖީ އޮފީހަށް ފުލުހުން މިމަހުގެ ނުވަވަނަ ދުވަހު ވަނީ ފޮނުވާފަ އެވެ.

ނަމަވެސް މައުލޫމާތު ލިބޭގޮތުގައި ނާޒިމް އާއި ރަފީއު މިހާރު ވަނީ ބަންދުން ދޫކޮށްލާފަ އެވެ. އެމީހުން ދޫކޮށްލީ ބަންދުގެ މުއްދަތު ހަމަވުމުން ކަމަށް ވެއެވެ. ބަންދުގެ މުއްދަތު އިތުރުނުކުރި ސަބަބެއް ސާފެއް ނުވެއެވެ. މިކަމާއި ގުޅޭގޮތުން ފުލުހުން އަދި ޖަވާބެއް ނުދެ އެވެ.

އަލްމްގީރު ފިޔަވައި މިމައްސަލާގައި ތުހުމަތުކުރެވޭ އެންމެން ދޫކޮށްލިއިރު އަލްމްގީރު ހައްޔަރުކުރީ، ގިނަ ބަޔަކާއެކު އެއްޖިންސުން ގުޅުން ހިންގާ، ގިނަ ބަޔަކު ބްލެކްމެއިލްކޮށްފައިވާ ކަމުގެ ތުހުމަތުގައި ކަމަށް ފުލުހުން ބުނެފަވެ އެވެ. އޭނާގެ ފޯނުން 200 އަށްވުރެ ގިނަ ދިވެހީންނާއިއެކު އެއްޖިންސުން ގުޅުން ހިންގާ ވީޑިއޯތައް ފުލުހުން އަތުލާފައިވާ ކަމަށްވެސް ވެއެވެ. މި ވީޑިއޯތަކުގައި ތުހުމަތުކުރެވޭ މީހުންގެ ތެރެއިން، މެރިން ކޮޕްސްގައި މަސައްކަތް ކުރާ ސިފައިންގެ މީހަކާއި،ޓީޗަރުުންތަކެއް ސަސްޕެންޑްކޮށްފައިވާއިރު، ހޯމް މިނިސްޓްރީގެ މުވައްޒަފެއްގެ އިތުރުން، ކަސްޓަމްސް ދެ މުވައްޒަފަކާއި، މަޖިލީހުގެ އިދާރީ މުވައްޒަފެއް ވެސް ވަނީ ސަސްޕެންޑުކޮށްފަ އެވެ.

ވަރަށްފަހުން، ޤުރުއާނާބެހޭ މަރުކަޒުގެ މުޝީރު އިބްރާހިމް ރާފިއު، އަލަމްގީރާއެކު ގުޅުން ހިންގާ ވީޑިއޯއެއްވެސް ވަނީ ލީކުވެފަ އެވެ. އޭނާ މިހާރު ވަނީ ފިލައިގެން ރާއްޖެ ބޭރަށްގޮސްފަވާކަމަށް ބައެއް މީޑިއާތަކުން ވަނީ ރިޕޯޓުކޮށްފަ އެވެ.

  • ކޮމެންޓްސް (0)

Your email address will not be published. Required fields are marked *

  • ފުރިހަމަ ނަން

Ads

ގުޅޭ ލިޔުންތައް

10 ފޫޓުގެ ބޮޑު ކިނބުލެއް ގއ. ކޮނޑޭއިން ހިފައިފި

ގއ. ކޮނޑޭ ގޮނޑުދޮށުން 10 ފޫޓުގެ ބޮޑު ކިނބުލެއް  ހިފައިފިއެވެ. ކޮނޑޭ ޒުވާނުންތަކެއް ނިކުމެ ވާޖަހައިގެން ހިފާފައިވާ މި ...

އެފްރިކާގެ ނައިޖަރ ގައި ދިވެހި އަމިއްލަ ޖަމިއްޔާއަކުން މިސްކިތެއް ބިނާކޮށްފި

ދަރުމައަށް މަސައްކަތްކުރަމުން އަންނަ ދިވެހި އަމިއްލަ ޖަމިއްޔާއެއް ކަމަށްވާ “އިންޓަރނޭޝަނަލް އެއިޑް ކެމްޕޭން” އިން ހުޅަނގު އެފްރިކާގެ ނައިޖަރ ...

ފެން މީޓަރުން ނަގަމުން އަންނަ 30 ރުފިޔާ ކަނޑާލަނީ: ފެނަކަ

ފެނަކަ ކޯޕަރޭޝަނުން ފެނުގެ ޚިދުމަތް ދެމުންއަންނަ ގޭގެ އަށް ގުޅާފައިވާ ފެން މީޓަރަށް މަހުންމަހަށް ނަގަމުން އަންނަ  30 ...