25،000ރ. ލިބޭ މީހުންގެ އަތުން އިންކަމް ޓެކްސް ނަގަން ލަފާދީފި

ރާއްޖޭގައި މަހަކު އެންމެ ދަށްވެގެން 25،000 ރުފިޔާ ލިބޭ މީހުންގެ އަތުންވެސް އިންކަމް ޓެކްސް ނަގަން ވޯލްޑް ބޭންކުން ލަފާދީފި އެވެ.

ވޯލްޑް ބޭންކުން މިގޮތަށް ލަފާ ދީފައިވަނީ ސަރުކާރުން ހަރަދުތައް ކުރާ ގޮތް ދިރާސާކުރުމަށް ފަހު ވޯލްޑް ބޭންކުން މިއަދު ނެރުނު ޕަބްލިކް އެކްސްޕެންޑިޗާ ރިވިއު (ޕީއީއީއާރު) ރިޕޯޓްގަ އެވެ.

އެރިޕޯޓްގައި ވާގޮތުން އަމިއްލަ ފަރުދުންގެ އާމްދަނީން ނަގާ ޓެކްސްއިން މިހާރު އެކަށީގެންވާ އާމްދަނީއެއް ނުލިބޭތީ ޓެކްސް ނަގާ ބްރެކެޓްތައް މިހާރަށް ވުރެ ދަށްކުރަން ޖެހެ އެވެ. މިހާރު އިންކަމް ޓެކްސް ނަގާ އާމްދަނީގެ ބްރެކެޓްތައް މާ މަތިވުމުގެ ސަބަބުން އެ ޓެކްސް އިން އެކަށީގެންވާ އާމްދަނީއެއް ނުހޯދެ އެވެ.

އެހެންވުމުގެ ސަބަބުން މަތިން އާމްދަނީ ލިބޭ ފަރާތްތަކުގެ އަތުން ޓެކްސް ނުނެގޭ ކަމަށާއި އިންކަމްސް ޓެކްސް ނެގޭ ވަރު މަހަކު 60،000ރ. އިން މަހަކު 25،000ރ. އަށް ދަށް ކުރަން ޖެހޭ ކަމަށް ބުނެފައިވެ އެވެ.

މިވަގުތު ދުނިޔޭގެ އިގްތިސާދުތަކުގެ ހާލަތު ހުރި ގޮތާއި ރާއްޖޭގެ ދަރަނި އުފެއްދުންތެރިކަމަށް ވުރެ އެތައް ގުނައެއް މަތީގައި ހުރި ކަމަށާއި ދައުލަތުގެ ހަރަދުތައް ހަމަޖެއްސުމަށް ރާއްޖޭގެ އެތެރެއިން ފައިސާ ހޯދުމުގެ މުހިންމުކަން ރާއްޖެއަށް ވަނީ ބޮޑުވެފައި ކަން ފާހަގަކޮށްފައިވެ އެވެ. މީގެ އިތުރަށް، ދައުލަތުގެ އާމްދަނީގެ ވަރަށް ބޮޑު ބައެއް ޓޫރިޒަމަށް ބަރޯސާވެފައި ވުމުން، ދުނިޔޭގެ އިގްތިސާދަށް އަންނަ ލޮޅުމެއްގެ އަސަރު ދައުލަތުގެ އާމްދަނީއަށް ކުރުމުގެ އަސަރު ބޮޑު ކަމަށް ރިޕޯޓްގައި ފާހަގަކޮށްފައިވެ އެވެ.

  • ކޮމެންޓްސް (0)

Your email address will not be published. Required fields are marked *

  • ފުރިހަމަ ނަން

Ads

ގުޅޭ ލިޔުންތައް

ނަލަފެހި އައްޑޫ ޕްރޮގްރާމުގެ ދަށުން 300 ގެއިން ހިލޭ ކުނި ނަގައިފި

އައްޑޫސިޓީ ކައުންސިލާއި ވެމްކޯ ގުޅިގެން ރޯދަމަހަށް ހާއްސަކޮށްގެން ކުރިއަށް ގެންދިޔަ ނަލަފެހި އައްޑޫ ޕްރޮގްރާމުގެ ދަށުން މިހާތަނަށް 300 ...

ދަށުކޯޓުން ރައީސް މައުމޫން ޖަލަށް ލުމަށް ކުރި ޙުކުމް، ހައި ކޯޓުން ބާތިލުކުރުމާއެކު އެމަނިކުފާނު މިނިވަންވެއްޖެ

ކުރީގެ ރައީސުލްޖުމްހޫރިއްޔާ އަލްއުސްތާޛު މައުމޫން ޢަބްދުލްގައްޔޫމް ޖަލަށް ލުމަށް ކްރިމިނަލް ކޯޓުން ކުރި ޙުކުމް، ހައި ކޯޓުން ބާތިލުކޮށްފިއެވެ. ...

އެމްޑީޕީގެ ގައުމީ މަޖިލިހުގެ ބައްދަލުވުމެއް މިރޭ ބާއްވަނީ

ރާއްޖޭގައި އޮންނަން ފެންނަ ވެރިކަމުގެ ނިޒާމެއް ކަނޑައެޅުމަށް ނަގާ ވޯޓުގައި ވެރިކަން ކުރާ އެމްޑީޕީން ތާއީދު ކުރާނެ ނިޒާމެއް ...