ހައްލަކީ އިސްލާމީ ޝަރީޢަތް ޤާއިމުކުރުމެއް ނޫން ކަމަށާއި ޤާނޫނުތައް ރަނގަޅަށް ހިންގުންކަމަށް އެމްޑީޕީގެ ފުރަތަމަ ރައީސް އިބްރާހިމް އިސްމާޢީލް (އިބްރާ) ވިދާޅުވެއްޖެއެވެ.

ބޮޑެތި ކުށްތައް އާންމުވަނީ ޤާނޫނު ނެތިގެން ޤާނޫނު ހަރުކަށި ނުވެގެނެއް ނޫން ކަމަށާއި, ވެރިންގެ އިޚުލާސްތެރިކަން ނެތުމުންކަމަށް ޕީޕީއެމްގެ ނައިބު ރައީސް އަދި ނައިފަރު ދާއިރާގެ މެންބަރު އަޙްމަދު ޝިޔާމް އިއްޔެ ވަނީ ވިދާޅުވެފައެވެ.

”ތަޙުޤީގީ އިދާރާތަކުން ފެށިގެން މުޅި ނިޒާމު ވަނީ ކޮރަޕްޓުވެފައި. ހޯދާ ހެއްކާ، ހެކި ހޯދާގޮތާ ޗެއިން އޮފް ކަސްޓަޑީ ދުވަހަކު ފުރިހަމަނުވޭ. ހައްލަކީ އިސްލާމީ ޝަރީޢަތް ޤާއިމުކުރުން.” 

ޝިޔާމް ވިދާޅުވިއެވެ.

އެ ގޮތުން އިބްރާ މިއަދު ކުރެއްވި ޓުވީޓެއްގައި ވަނީ އިސްލާމީ ޝަރީޢަތުގައި ހެކި ބޭނުމެއް ނުވޭތޯ ސުވާލު ކުރައްވައިފައެވެ. އަދި ހައްލަކީ އެެއެއް ނޫން ކަމަށާއި ހައްލަކީ ޤާނޫނު ހިންގުންކަމަށް އޭނާ ވިދާޅުވިއެވެ.

”ހައްލަކީ މެންބަރުން ޓްވިޓާއިން ފައިބާ, މަޖިލިސް ތެރޭގައި ނުުކުމެ ތިބެގެން ޤާނޫނު ހިންގަން ހަވާލުކޮށްފަ ތިބި މީހުން ޖަވާބުދާރީ ކުރުވުން. ފުލުހުންނާއި ޕީޖީއާއި ފަނޑިޔާރުން ގެނެސް އަހާބަލަ.” 

އިބްރާ ވިދާޅުވިއެވެ.

މަސްދަރު: ދެން

  • ކޮމެންޓްސް (0)

Your email address will not be published. Required fields are marked *

  • ފުރިހަމަ ނަން

Ads

ގުޅޭ ލިޔުންތައް

ރައީސް ޔާމީން ގެ މި ރިޔާސީ ދައުރު ނިމުމުގެ ކުރިން ކަރަންޓުގެ ޙިދުމަތަށް ބޮޑު އިންގިލާބެއް އަންނާނެ- ލަމްޢާން

ރައީސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމީން އަބްދުލް ގައްޔޫމް ގެ މި ރިޔާސީ ދައުރުނިމުމުގެ ކުރިން ކަރަންޓުގެ ޙިދުމަތަށް ހެޔޮ އިންގިލާބެއް ...

އައްޑޫ ގެ 6 ސަރަހައްދަކުން ޓޫރިޒަމަށް ބިން ދޫކުރަން ފަށައިފި

އައްޑޫ ސިޓީގެ 6 ސަރަހައްދަކުން ޓޫރިޒަމަށް ބިން ދޫކުރަން ފަށައިފިއެވެ. އައްޑޫ ސިޓީގައި ޓޫރިޒަމް ޒޯންގެގޮތުގައި ސަރުކާރުން ކަނޑައަޅާފައިވާ ...

“ސާފު ރާއްޖެ، އަހަރެންގެވެސް ޒިންމާ” ކެމްޕޭން ރަސްމީކޮށް ފަށައިފި

ދިވެހިންގެ ކިބައިގައި ކުރިއްސުރެ ހުރި ސާފުތާހިރުކަމުގެ ސިފަ އަލުން އަށަގަނުވައި، މި ރާއްޖެ ސާފުތާހިރު ހިތްގައިމު ތަނެއްގެ ގޮތުގައި ...