ނާޒިމް ސައްތާރު އޭނާގެ މައްޗަށް ކުރާ އެއްޖިންސުން ގުޅުން ހިންގި ކަމުގެ ތުހުމަތް އަށް އިންކާރު ކޮށްފި

ބަންގްލަދޭޝްގެ ޒުވާނެއް ކަމުގައިވާ އެމްޑީ އަލަމްގިރިއާއެކު އެއްޖިންސުން ގުޅުން ހިންގާ މަންޒަރު ފެންނަ ވީޑިއޯތަކެއް އާންމުވުމާއި ގުޅިގެން ހައްޔަރުކޮށްފައިވާ، ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދުގެ ކޮއްކޮ ނާޒިމް ސައްތާރު އޭނާގެ މައްޗަށް ކުރާ އެއްޖިންސުން ގުޅުން ހިންގި ކަމުގެ ތުހުމަތް އަށް އިންކާރު ކޮށްފިއެވެ.

ތުހުމަތް އަށް އިންކާރު ކުރަމުން ނާޒިމް މިހެން ބުނެފައިވަނީ، އޭނާ ހައްޔަރުކޮށްގެން އއ. ރަސްދޫ މެޖިސްޓްރޭޓް ކޯޓަށް އޭނާގެ ބަންދާމެދު ގޮތެއް ނިންމުމަށް ހާޒިރު ކުރުމުން ކޯޓުގައި ދެއްކި ވާހަކައިގައެވެ.

އެގޮތުން ނާޒިމް ވަނީ މި ޒަމާނުގައި ވީޑިއޯތައް އެޑިޓްކޮށް ހެކި ހެދުމަކީ ވަރަށް ފަސޭހަ ކަމެއްކަމަށާއި، އޭނާގެ މައްޗަށް ކުރާ ތުހުމަތުތަކަށް އިންކާރު ކުރާ ކަމަށެވެ. އަދި މިދިޔަ ޖޫން މަހުގެ ތެރޭގައި އާންމުވެފައިވާ ވީޑިއޯއިން އަލަމްގިރި އާއެކު ފެންނަނީ އޭނާ ނޫން ކަމަށެވެ. އަދި މިޒަމާނުގައި ހެކި އުފެއްދުމަކީ ވަރަށް ފަސޭހަކަމެއްކަން ފާހަގަކޮށް އެކަމުގެ ހެއްކެއްގެ ގޮތުގައި ނާޒިމް ފާހަގަކުރީ ހޮލީވުޑުގެ ތަރި ޖޯނީ ޑެޕްއާ ދެކޮޅަށް އޭނާގެ ކުރީގެ އަންހެނުން އެމްބާ ހާޑް ކުރި ތުހުމަތުތަކާއި އެ ތުހުމަތުތަކަށް ބާރުދިނުމަށް އޭނާ ކޯޓަށް ހުށަހެޅި ހެކިތަކެވެ.

ނާޒިމް އިތުރަށް ބުނެފައިވަނީ، އެހައި ދިގު ވީޑިއޯއެއް އެޑިޓުކުރުމަކީ އެހާ ފަސޭހައިން ކުރެވޭނެ ކަމެއް ނޫން ކަމަށާއި، އެކަމަކީ އެތައް ގަޑިއިރެއްގެ ސައްޚަ ވީޑިއޯ ފޫޓޭޖު އެއްކޮށްގެން ކުރަންޖެހޭ ކަމެއް ކަމަށްވާއިރު، އޭނާއަކީ މާ ގިނައިން ވީޑިއޯތަކުން ފެންނަ މީހެއް ނޫން ކަމަށެވެ.

އިތުރުކަމެއްގެ ގޮތުގައި ނާޒިމް ފާހަގަކުރީ ވެލިގަނޑު ރިސޯޓުން އޭނާ ހައްޔަރުކުރިއިރު އޭނާ ހައްޔަރުކުރަން ކޯޓުން ނެރުނު އަމުރު ފުލުހުން އޭނާ އަތަށް ނުދޭ ކަމަށާއި އެހެންކަމުން އޭނާ ހައްޔަރުކޮށްފައިވަނީ އިޖުރާއާތާ ޚިލާފަށް ކަމަށެވެ.

ރަސްދޫ ކޯޓުގައި އޮތް ބަންދާމެދު ގޮތެއް ނިންމުމުގެ އަޑުއެހުމުގައި ނާޒިމް އޭނާއަށް ކުރެވޭ ހުރިހާ ތުހުމަތުތަކަށް އިންކާރުކޮށް އާންމުވި ވީޑިއޯއަކީ އެޑިޓެއް ކަމުގައި ބުނި ނަމަވެސް އެ އަޑުއެހުމުގައި އެ ކޯޓުން ނިންމާފައިވަނީ އޭނާގެ ބަންދަށް 7 ދުވަހުގެ މުހުލަތެއް އިތުރުކުރުމަށެވެ.

  • ކޮމެންޓްސް (0)

Your email address will not be published. Required fields are marked *

  • ފުރިހަމަ ނަން

Ads

ގުޅޭ ލިޔުންތައް

ރައީސުލްޖުމްހޫރިއްޔާގެ ޝަރަފުގައި އިންޑިއާގެ ބޮޑުވަޒީރު ރަސްމީ ޖާފަތެއް ބާއްވަވައިފި

ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުޙައްމަދު ޞާލިޙް، އިންޑިއާއަށް މިހާރު ކުރައްވަމުންގެންދަވާ ހަތަރު ދުވަހުގެ ރަސްމީ ދަތުރުފުޅުގައި، އެ މަނިކުފާނުގެ ޝަރަފުގައި ...

އެންވައިރަމެންޓް މިނިސްޓަރ ޑރ. ހުސެއިން ރަޝީދު ނަލަފެހި ޖަމްއިއްޔާގެ އޮފީސް ހުޅުއްވައިދެއްވައިފި

މީދޫ ނަލަފެހި ޖަމްއިއްޔާގެ އޮފީސް ރަސްމީކޮށް ހުޅުވުމުގެ ރަސްމއިްޔާތު މިއަދު ބާއްވައިފިއެވެ. ބޯކޮށް ވެހެމުންދިޔަ ވިއްސާރައިގެ ތެރޭގައި ބޭއްވުނު ...

އިހަވަންދިއްޕޮޅުގައި ބަންކަރިން ފެސިލިޓީ ހަދަން ޤަތަރުގެ ކުންފުންޏަކާ ހަވާލުކޮށްފި

ރާއްޖޭގެ އެންމެ އުތުރު އިހަވަންދިއްޕޮޅުގައި ތެލުގެ ސްޓޯރޭޖެއް ހަދައި ތެޔޮ ބަންކަރިން ޚިދުމަތް ދިނުމަށް، ސްޓޭޓް ޓްރޭޑިން އޯގަނައިޒޭޝަން ...