މައިލޯސިޓީން ލޮތާރި ޖޫނިއާސް ކޮޅަށް 12 ލަނޑުޖަހައިގެން ފައިނަލަށް ދަތުރުކޮށްފި

“މިނިވަން ކަޕް ޔޫތު ޗެލެންޖް 2022”  ގެ ސެމީ ފައިނަލުގެ ދެވަނަ މެޗްގައި ހިތަދޫ މައިލޯ ސިޓީން މީދޫ ލޮތާރި ޖޫނިއާސް ކޮޅަށް 12 ލަނޑު ޖަހައިގެން ފައިނަލުން ޖާގަ ހޯދައިފިއެވެ.   

މިއަދު ހަވީރު ހުޅުދޫ ޓާފް ދަނޑުގައި ކުޅެވުނު މިމެޗްގައި  މައިލޯ ސިޓީން ލޮތާރި ޖޫނިއާސް ކޮޅަށް  12 ލަނޑު ޖަހާފައިވާއިރު އެޓީމު މިމުބާރާތުގައި ކުޅުނު ހުރިހާ މެޗެއްގައިވެސް ގިނަ އަދަދެއްގެ ގޯލް ޖަހާފައިވާކަން ފާހަގަކޮށްލަންޖެހެއެވެ.

 މިގޮތުން މިމުބާރާތް ފެށުމުގެ ގޮތުން  ކުޅެވުނު މެޗްގައި ހުޅުދޫ ޖިއޯވެންޓް ކޮޅަށް އެޓީމުން  11 ލަނޑު ޖަހާފައިވާއިރު އެޓީމު ކުޅުނު ދެވަނަ މެޗްގައިވެސް ހުޅުދޫ ޔޫތު ކޮޅަށް ވަނީ 11 ލަނޑު ޖަހާފައެވެ.

މިއަދުގެ މެޗުން 12 ލަނޑު 0 ލަނޑުން މައިލޯ ސިޓީ ކާމިޔާބުކޮށްފައިވާއިރު މިމެޗްގެ މޮޅު ކުޅުންތެރިއަކަށް ހޮވިފައިވަނީ މައިލޯ ޓީމުގެ މުހައްމަދު ރަފާހު އަބްދުﷲއެވެ.

މިމުބާރާތުގެ ފައިނަލް މެޗްގެ ކުޅުން އޮންނާނީ މިމަހުގެ 26 ވަނަ ދުވަހުއެވެ. ފައިނަލްގައި މައިލޯސިޓީއާއި ބައްދަލުކުރާނީ ކްލަބް ލޮތާރިއެވެ.

ހުޅުދޫ އެޗްއެސްސީން އިންތިޒާމް ކޮށްގެން ބާއްވާ މިމުބާރާތް މިއަހަރު ކުރިއަށް ގެންދަނީ   23 އަހަރުން ދަށުގެ ޒުވާނުންނަށް ހާއްސަކޮށްގެންނެވެ.

  • ކޮމެންޓްސް (0)

Your email address will not be published. Required fields are marked *

  • ފުރިހަމަ ނަން

Ads

ގުޅޭ ލިޔުންތައް

ވޯލްޑް ކަޕަށް ކުޅުންތެރިން ދޫކުރާ ކުލަބުތަކަށް ދޭ ފައިސާގެ އަދަދު ބޮޑުކޮށްފި

ފީފާ ވޯލްޑް ކަޕް ފުޓްބޯޅަ މުބާރާތުގައި ވާދަކުރާ ގައުމުތަކުގެ ކުޅުންތެރިން ނިސްބަތްވާ ކުލަބުތަކުން ކުޅުންތެރިން ދޫކުރާތީ އެކަމުގެ ބަދަލެއްގެ ...

އިރުޝާދިއްޔާ ލަދުގަންނަވާލާ ހިތަދޫ ސްކޫލްފައިނަލަށް

ހިތަދޫ ސްކޫލްގެ އަހުމަދު  ޔާސީން އަބްދުﷲގެ ހެޓްރިކާއެކު މަރަދޫ އިރުޝާދިއްޔާގެ 12 އަހަރުން ދަށުގެ ޓީމް ލަދުގަންނަވާލާ ވަރުގެ ...

ބެސްޓް ފުޓްސެލް މުބާރާތް 2018 – ޑީއެފްސީ ސެމީފައިނަލަށް

ހުޅުމީދޫ ޕޮލިސް ދަނޑުގައި މިހާރު ކުރިއަށްދާ ބެސްޓް ފުޓްސެލް މުބާރާތް 2018 ގައި މިރޭ ކުޅެވުނު ފުރަތަމަ މެޗް ...