މިވަގުތަކީ ޖީއެސްޓީއާއި ޓީޖީއެސްޓީ ބޮޑު ކުރުމަށް ރަނގަޅު ވަގުތެއް ނޫން ކަމަށް އިންޓަނޭޝަނަލް މަނިޓަރީ ފަންޑް (އައިއެމްއެފް)އިން ސަރުކާރަށް ލަފާދީފިއެވެ.
އައިއެމްއެފްއިން ތައްޔާރުކޮށްފައިވާ ”ޓެކްނިކަލް އެސިސްޓެންސް ރިޕޯޓް“ގައި ބުނެފައިވަނީ ދުނިޔޭގެ މިހާރުގެ ހާލަތަށް ބަލައި މިވަގުތު ޖީއެސްޓިއާއި ޓީޖީއެސްޓީ ބޮޑުކުރުން ރަނގަޅު ނޫން ކަމަށެވެ.
އައިއެމްއެފްގެ ރިޕޯޓްގައި ބުނެފައިވަނީ މިވަގުތު ޓެކްސް ބޮޑުކޮށްފިނަމަ އިންފްލޭޝަން އިތުރަށް ބޮޑުވުމުގެ ފުރުސަތު ބޮޑުކަމަށާއި، މިހާރުގެ އިންފްލޭޝަނާއި ކޮވިޑުގެ ހާލަތަށްބަލާފައި ނޫނީ ޓެކްސް ބޮޑުކުރުން ރަނގަޅު ނޫން ކަމަށެވެ.
މީގެއިތުރުން ރިޕޯޓްގައި ވަނީ ޓެކްސް ބޮޑުކުރުމަށް ރަނގަޅީ 2024 ގައި ކަމަށްވެސް ލަފާދީފައެވެ.
އައިއެމްއެފްގެ ރިޕޯޓްގައި ބުނެފައިވާގޮތުން ރާއްޖޭގައި މިވަގުތު ޖީއެސްޓީއާއި ޓީޖީއެސްޓީގެ ގޮތުގައި ނަގަމުން އަންނަ މިންވަރަކީ ތަރައްގީވަމުން އަންނަ ކުދި ޖަޒީރާ ގައުމުތަކާ އަޅާބަލާއިރު ކުޑަ އަދަދެއް ކަމަށެވެ.
ފިނޭންސް މިނިސްޓްރީން ބުނެފައިވަނީ ޖީއެސްޓީ ހަ ޕަސެންޓުން އަށް ޕަސެންޓަށް ބޮޑުވެ، އަދި ޓީޖީއެސްޓީ 12 ޕަސެންޓުން 16 ޕަސެންޓަށް އަންނަ އަހަރު ބޮޑުކުރަން ސަރުކާރުން ނިންމާފައިވާކަން އިއުލާނުކޮށްފައެވެ.
ކޮމެންޓްސް (0)