ރަޝިއާގެ އާރކްޓިކްގައި އޮންނަ ޕެޗޯރާ ކަނޑުން ބޮޑު ތެޔޮވަޅެއް ފެނިއްޖެ

ރަޝިއާގެ އާރކްޓިކްގައި އޮންނަ ޕެޗޯރާ ކަނޑުން 82 މިލިއަން ޓަނުގެ ބޮޑު ތެޔޮވަޅެއް ފެނިއްޖެއެވެ.
ރަޝިއާ އާއި ޔޫކްރެއިންގެ ހަނގުރާމާއިގެ ސަބަބުން ރަޝިއާއާއި ދެކޮޅަށް ދުނިޔޭގެ އެކި ޤައުމުތަކުން ދަނީ ދަތިކުރުމުގެ ފިޔަވަޅުތަށް އަޅަމުންނެވެ.

މިދަނޑިވަޅުގައި ރަޝިއާގެ ތެޔޮ އުފައްދާ އެންމެ ބޮޑު އެއް ކުންފުންޏެއް ކަމަށްވާ ރޮސްނެޓް އިން މިދިޔަ އާދީއްތަ ދުވަހު ވަނީ އެކުންފުނިން ބޮޑު ތެޔޮ ވަޅެއް ހޯދިއްޖެ ކަމަށް އިޢުލާންކޮށްފައެވެ. އަދި މިކަންވަނީ ރޮސްނެޓްއިން ކަށަވަރުކޮށްދީފައެވެ.

ރޮސްނެޓަކީ ރަޝީއާގެ މޮސްކޯގައި ހުންނަ އެނަރޖީ ކޮމްޕެނީއެކެވެ. އަދި މިކުންފުންޏަކީ އެކްޕްލޮރޭޝަން، ޕްރޮޑަކްޝަން، ރިފައިނިން، ޓްރާންސްޕޯޓް، ޕެޓްރޯލިއަމް ގޭސް ފަދަ މަސައްކަތް ކުރާ ކުންފުންޏެކެވެ. އެގޮތުން މިހާރުވެސް 28 ތެޔޮ ވަޅުން ތެޔޮ ނަގަމުންދެއެވެ. އަދި މީގެ ތެރެއިން 8 ވަޅު ހުންނަނީ ޕެޗޯރާ ކަނޑުގައެވެ.

މިތެޔޮވަޅުން ތެޔޮ ނަގަން ފެށޭވަރުވާނީ ހައެއްކަ އަހަރު ފަހުންކަމަށް ބައެއް ރިޕޯޓުތަކުން މަޢުލޫމާތު ލިބެއެވެ. މިތެޔޮވަޅުން ތެޔޮ ނެގޭނެ ދުވަހެއް ރޮސްނެޓުން އަދި ހާމަކޮށްފައެއްނުވެއެވެ.

މިތެޔޮވަޅުގެ ސަބަބުން ރަޝިއާގެ ތެލުގެ ރިޒާވް ވަރަށް ބޮޑަށް މައްޗަށް ދާނެއެވެ. ނަމަވެސް ހަނގުރާމައިގެ ސަބަބުން ހުޅަނގުގެ ޤައުމުތަކުން ދަނީ ރަޝިއާގެ ތެލާއި ގޭސް އެތެރެ ކުރުން އެއްކޮށް ހުއްޓާލުމަށް ތައްޔާރުވަމުންނެވެ.
ރޮސްނެޓު އުފެދުނީ 1993 ވަނަ އަހަރުގައެވެ.

މަސްދަރު: މެންދުރު

  • ކޮމެންޓްސް (0)

Your email address will not be published. Required fields are marked *

  • ފުރިހަމަ ނަން

Ads

ގުޅޭ ލިޔުންތައް

ކޯވިޑް-19: މަސްޖިދުލް ޙަރާމްގައި ސްޓެރަލައިޒޭޝަން ގޭޓްތައް ބަހައްޓައިފި

މަސްޖިދުލް ޙަރާމްއަށް ވަންނަ މީހުން ސްކޭންކޮށް، ވައިރަސްތަކާއި ޖަރާސީމުތައް ނައްތާލާ ސްޓެރަލައިޒޭޝަން ގޭޓުތައް މައްކާގެ މަސްޖިދުލް ޙަރާމްއަށް ހަރުކޮށްފިއެވެ. ...

އިންޑިޔާގައި ހޫނު ގަދަވެގެން 34 މީހުން މަރުވެއްޖެ

އިންޑިޔާގެ އުތުރުގެ ސަރަޙައްދުތަކުގައި އާދަޔާ ޚިލާފަށް ހޫނު ގަދަވެ މަރުވި މީހުންގެ ޢަދަދު 34 އަށް އަރައިފިއެވެ. ހޫނުގެ ...

ބޭނަޒީރު ބުއްޓޫ އަވަހާރަކޮށްލިތާ 10 އަހަރު – އަދިވެސް ޙަޤީޤަތް ނޭނގޭ

ޕާކިސްތާނުގެ ފުރަތަމަ އަންހެން ބޮޑުވަޒީރު، ބޭނަޒީރު ބުއްޓޫ އަވަހާރަކޮށްލީ 27 ޑިސެމްބަރު 2007 ގައި 15 އަހަރުގެ ކުއްޖަކު ...