އިންސްޓަގްރާމް އަށް ފޮޓޯ ލާ ކޮންމެ މޮޑެލް އަކަށް 60،000 ޕައުންޑް

ފެޝަންގެ ދުނިޔޭގައި މަސައްކަތްކުރާ މީހުން އިންސްޓަގްރާމް އަށް ލާ ކޮންމެ ފޮޓޯ އަކަށް 60،000 ޕައުންޑް ލިބޭކަމަށް ހޯދުންތަކުން ދައްކައިފިއެވެ.

މަޝްހޫރު މެގަޒިން ‘ވޯގް’ އިން ކުރި ސާވޭ އެއް ދައްކާގޮތުން ފެޝަން ބްލޮގަރުންނަށް މަހެއްގެ މައްޗަށް 50،000 ފައުންޑަށް އަށް ވުރެ ގިނައިން އާމްދަނީއެއްގެ ގޮތުގައި ލިބެއެވެ. މިއީ އަހަރެއްގެ މައްޗަށް ބަލާނަމަ 3 މިލިއަން ޑޮލަރެވެ.

މީގެ އިތުރުން އިންސްޓަގްރާމްގައި ބޮޑަށް މަޝްހޫރު މީހުންނަށް އެއަށް ވުރެ ގިނައިން ލިބޭ ކަމަށް ދައްކައެވެ.

ސޯޝަލް މީޑިއާ މިދަނީ ފެޝަންގެ ދުނިޔޭގައި ދުވަހެއް ދުވަހަކަށް ބާރު ގަދަވަމުންނެވެ.

ފެޝަން ބްރޭންޑެއްގައި މަސައްކަތް ކުރާ ފަރާތެއް ބުނި ގޮތުގައި ސޯޝަލް މީޑިއާ މެދުވެރިކޮށް އަވަސް ވަގުތުކޮޅެއްގެ ތެރޭގައި އެހެން މީހުނަށް ފެޝަންގެ މަސައްކަތް ދައްކާލެވޭނެއެވެ. ނަމަވެސް މެގަޒިން ނަމަ އޭގެ އަސަރު ފެންނާނީ ހުރިހާ މެގަޒިންތަކެއް ވިކި ހުސްވީމަ ކަމަށް އޭނާ ބުންޏެވެ.

ކޮންމެ ގޮތެއް ވިޔަސް މިހާރުގެ މޮޑެލުން މިދަނީ އެކި ގޮތްގޮތަށް ފައިސާ ހޯދަމުންނެވެ. އޭގެ ތެރެއިން ވެސް މިހާރު އެންމެ މަގުބޫލުކަމެއް ހޯދާފައި ވަނީ އިންސްޓްގްރާމް މެދުވެރިކޮށް ވިޔަފާރި ކުރާ ފަރާތްތަކެވެ.

  • ކޮމެންޓްސް (0)

Your email address will not be published. Required fields are marked *

  • ފުރިހަމަ ނަން

Ads

ގުޅޭ ލިޔުންތައް

އަދިވެސް އެންމެ ރީތި ލޮލުގެ ވެރިޔަކީ އައިޝްވާރިޔާ.

ކޮންމެ މީހަކީވެސް ރީތި މީހެކެވެ. ތަފާތު މީހެކެވެ. ނަމަވެސް ބައެއް މީހުންގެ ބައެއް ގުނަވަންތައް ފާހަގަ ކޮށްލެވޭ ވަރަށް ...

މަޝްހޫރު މޮޑެލް މަރިއާނޯ ޑި ވާއިއޯ ރާއްޖޭގައި

އިޓަލީގެ މަޝްހޫރު މޮޑެލް އަދި ފެޝަން ބްލޮގަރ މަރިއާނޯ ޑި ވާއިއޯ  ރާއްޖެ އަތުވެއްޖެއެވެ. މަރިއާނޯ  ޗުއްޓީ ހޭދަކުރަނީ ...

ތަލަވުން ހުއްޓުވިދާނެ ފަރުވާއެއް ހޯދިއްޖެ ސައިންސްވެރިން ބުނެފި

ބޯ ތަލަވުން ނުވަތަ ބޮލުން އިސްތަށި ފޭބުން ހުއްޓުވައިދޭ ފަރުވާއެއް ސައިންސްވެރިން ހޯދައިފި އެވެ. މިއީ އިސްތަށީގެ ބުޑާއި ...