ހިންދީ ފިލްމް “ފެޝަން” ގެ ދެވަނަ ބައެއް އުފައްދަން ނިންމައިފި

2008 ވަނަ އަހަރު ރިލީޒް ކޮށްފައިވާ ހިންދީ ފިލްމް “ފެޝަން” ގެ ދެވަނަ ބައެއް އުފެއްދުމަށް ފިލްމު ޓުރޭޑު އެނަލިސްޓު ތަރަން އަދާޝް ނިންމާފައިވާކަމަށް ޓުވިޓާ މެދުވެރިކޮށް އިއުލާނު ކޮށްްފިއެވެ.

މި ފަހަރުގެ ފިލްމު ބިނާ ވެގެން ވަނީ މުޅިން އާ ވާހަކައެއްގެ މައްޗަށް ކަމަށާއި މި ފަހަރުގެ ފިލްމަކީ ތިނެސްކަން ލޯބީގެ ފިލްމެއް ކަމަށް އޭނާގެ ޓްވީޓުގައި ބުނެފައިވެއެވެ.

މި ފިލްމުގެ ލީޑު ރޯލު ކުޅޭނީ ކޮން ތަރިއެއް ކަމެއް އަދި ނިންމާފައި ނުވިނަމަވެސް ވަރަށް އަވަހަށް ބަތަލާއެއް ފައިނަލް ކޮށް އިއުލާނު ކުރުމަށް ވަނީ ހަމަޖެހިފައެވެ.

ފެޝަން ގެ ފުރަތަމަ ފިލްމުގެ ލީޑު ރޯލު ކުޅެފައިވަނީ ޕްރިޔަންކާ ޗޯޕުރާ އާއި ކަންގަނާ ރަނައުތު އެވެ. އަރްޖަން ބަޖުވާ، މުގްދާ ގޯސް، އަދި އަރުބާޒް ހާން ފަދަ ތަރިންވެސް އެ ފިލްމުން ފެނިގެން ދިޔައެވެ.

  • ކޮމެންޓްސް (0)

Your email address will not be published. Required fields are marked *

  • ފުރިހަމަ ނަން

Ads

ގުޅޭ ލިޔުންތައް

ކަޅަކީ ރީތިކަން ކަމުގައި ބުނެ ދޮންވާ ކްރީމަށް ކަންގްނާ ނޫނެކޭ ބުނެފި

ކަޅުވުމަކީ މައްސަލައެއް ނޫން ކަމަށާއި، ކަޅަކީވެސް ރީތިކަން ކަމުގައި ބުނެ، ދޮންވާ ކްރީމެއްގެ އިޝްތިހާރަކަށް ބޮލީވުޑްގެ މަޝްހޫރު ތަރި، ...

އާމާލް ކްލޫނީ ބޭނުންވަނީ ވޯގް މެގަޒިންގެ ކަވަރަށް އަރަން

އިނގެރޭސި ހިއުމަންރައިޓްސް ލޯޔަރު އަދި މަޝްހޫރު އެކްޓަރ ޖޯޖް ކްލޫނީގެ އަންހެނުން މިހާރު އެންމެ ބޭނުންވާ ކަމަކީ ވޯގް މެގަޒިންގެ ...

ނިއުޔޯކް ފެޝަން ވީކްގައި ސަނީ ލިއޯން އާއި ޕްރިޔަންކާ އެކުގައި

ނިއުޔޯކް ފެޝަން ވީކްގައި ބޮލީވުޑްގެ ތަރި ސަނީ ލިއޯން އާއި  ބޮލީވުޑް އަދި ހޮލީވުޑްގެ މަޝްހޫރު ތަރި ޕްރިޔާންކާ ...