އައްޑޫސިޓީން އިތުރު 144 މީހަކު ކޮވިޑް-19 އަށް ފައްސިވެއްޖެ

advertisement

އައްޑޫސިޓީން އިތުރު 144 މީހަކު ކޮވިޑް-19 އަށް ފައްސިވެއްޖެއެވެ

އައްޑޫން އިތުރު 144 މީހަކު ކޮވިޑަށް ފައްސިވެފައިވާއިރު، މި 144 މީހުން ފައްސިވެފައިވަނީ އިއްޔެ އައްޑޫސިޓީން ނެގުނު 255 ސާމްޕަލްގެ ތެރެއިންނެވެ.

އައްޑޫ އެމަޖެންސީ އޮޕަރޭޝަންސް ސެންޓަރުން އާންމު ކޮށްފައިވާ ފެބްރުއަރީ މަހުގެ 15 ވަނަ ދުވަހުގެ މައުލޫމާތަށް ބަލާއިރު ފައްސިވެފައިވާ 144 މީހުންގެ ތެރެއިން 79 މީހަކީ ހިތަދޫން ފައްސިވެފައިވާ މީހުންނެވެ. 7 މީހަކު މީދޫން ފައްސިވެފައިވާއިރު، ހުޅުދުން 14 މީހުން   ، ފޭދުން 21 މީހުން މަރަދޫފޭދުން 17 އަދި މަރަދޫން ފައްސިވެފައިވަނީ  06 މީހެކެވެ.

އައްޑޫން މިހާތަނަށް 6352 މީހަކަށް ކޮވިޑް ޖެހިފައިވާއިރު، އޭގެ ތެރެއިން 5480 މީހަކު ވަނީ ބަލިން ރަނގަޅުވެފައެވެ. އަދި މިވަގުތު މި ބަލި ޖެހިފައި ތިބި 857 މީހަކު އައްޑޫ ސިޓީގައި އެބަ ތިއްބެވެ.

އައްޑޫގެ ވަކިވަކި އަވަށްތަކަށް ބަލާއިރު، އެންމެ ގިނަ ބަޔަކު ކޮވިޑަށް ފައްސިވެފައި ތިބީ ހިތަދޫގައެވެ. އެގޮތުން ހިތަދޫގައި މިވަގުތު މި ބަލި ޖެހިފައި ތިބި 419 މީހަކު ތިބިއިރު، މީދޫގައި  53 ، ފޭދޫގައި 113 ،  މަރަދޫފޭދޫގައި 48 ، ހުޅުދޫގައި 95 އަދި މަރަދޫގައި 125 މީހަކު އެބަ ތިއްބެވެ. އަދި މީގެ އިތުރަށް ރިސޯޓާއި އެހެނިހެންތަންތަނުން ފައްސިވެފައިވަނީ 04 މީހެކެވެ.

އައްޑޫން ކޮވިޑް ޖެހުނު މީހުންގެ ތެރެއިން މިވަގުތު ހޮސްޕިޓަލުގައި ފަރުވާ ދެމުން އަންނަނީ އެންމެ މީހަކަށެވެ. މައުލޫމާތު ލިބިފައިވާގޮތުގައި އެމީހަކީ ހުޅުދުއަށް ނިސްބަތްވާ މީހެކެވެ.

 އައްޑޫސިޓީން 15 މީހަކު ވަނީ ކޮވިޑް ބަލީގައި ނިޔާވެފައެވެ.

އައްޑޫސިޓީގައި ކޮވިޑް 19 ގެ ކޭސްތައް ވަރަށްބޮޑަށް އިތުރުވެ ސާމްޕަލް ނެގުމުގައި ދަތިތަކާ ދަތިތަކާއި ކުރިމަތިލާން ޖެހިފައިވުމާއެކު ގޭގެއަށްގޮސް ސާމްޕަލް ނެގުން އައްޑޫ އެކްއެޓޯރިއަލް ހޮސްޕިޓަލުން މިހާރު ވަނީ ހުއްޓާލާފައެވެ.

އައްޑޫ އެކްއެޓޯރިއަލް ހޮސްޕިޓަލުން  ހާމަކޮށްފައިވާގޮތުން ގޭގެއަށް ގޮސް ސާމްޕަލް ނެގުން ހުއްޓާލުމަށްފަހު މިހާރު ސާމްޕަލް ނެގުމަށް ހަމަޖެހިފައިވަނީ އެހޮސްޕިޓަލުން ކަނޑައަޅާފައިވާތަންތަނަށް ގޮސްގެންނެވެ.

advertisement
  • ކޮމެންޓްސް (0)

Your email address will not be published. Required fields are marked *

  • ފުރިހަމަ ނަން

Ads

ގުޅޭ ލިޔުންތައް

“ހުއްޓުވާ” މުޒާހަރާ ފުލުހުން ހުއްޓުވައިފި

އިދިކޮޅު ފަރާތްތަކުން ރޭ ކުރިއަށް ގެންދިޔަ “ހުއްޓުވާ” މުޒާހަރާ ފުލުހުން ހުއްޓުވައިފި އެވެ. ރޭ 8:30 ހާއިރު ޗާނދަނީ ...

ކޮވިޑް 19 : މީދޫއާއި ހުޅުދުން އިތުރު 33 މީހަކު ޕޮޒިޓިވްވެއްޖެ

މީދޫއާއި ހުޅުދުން އިތުރު 33 މީހަކު ކޮވިޑް 19 އަށް ޕޮޒިޓިވްވެއްޖެވެ. އައްޑޫ އެމެޖެންސީ އޮޕްރޭޝަން ސެންޓަރުން މިމަހުގެ ...

ފުރަބަންދަށް ލުއި ދިނަސް ސްކޫލުތައް ނުހުޅުވާނެ އަދި އާންމު ދަތުރުފަތުރު ކުރުމަށްވެސް ހުއްދައެއް ނުދޭނެ

މާލެ ސަރަޙައްދު އިތުރު 2 ހަފްތާއަށް ފުރަބަންދުގައި ބޭއްވުމަށް ނިންމައި ގިނަ ލުއިތަކެއްދޭން ނިންމައިފިއެވެ. މި ލުއިތަކުގެ ތަފްސީލް ...