ކަރީނާގެ ދަރިފުޅު ނަލަ ހައްދައިގެން ބޭރަށް ނުނެރެނީ ކީއްވެ؟

ކަރީނާ ކަފޫރާއި ސައިފް އަލީ ހާންގެ އެއް އަހަރުގެ ފިރިހެން ދަރިފުޅު ތައިމޫރު އަލީ ހާން އަކީ ކިތަންމެ ކުޑަޔަސް މިހާރުވެސް ސްޓާރެކެވެ.

ތައިމޫރަކީ މީޑިއާގެ ފޭވަރިޓެކެވެ. އޭނާ ފެންނަހާތާކުން މީހުން ފޮޓޯ ނަގަނީ އެވެ. މީޑިއާ މީހުންނާ ޕަޕަރާޒީން އޭނާގެ ފޮޓޯ ނަގާލެއް ގިނަ ކަމުން ތައިމޫރަށް ރީތިި ހެދުމެއްވެސް ލެވޭކަށް ނެތެވެ.

ތައިމޫރު ރީތި ހެދުން އަޅުވައިގެން ނަލަހެއްދުމާއި ބެހޭ ގޮތުން ކަރީނާ ބުނީ ދަރިފުޅު ރީތި ހެދުން އެޅުންވުމަކީ ކަރީނާ ނުހަނު ބޭނުންވާ ކަމެއް ކަމަށެވެ. އަދި ނަލަ ހެއްދުމުގައި ވީހާވެސް އާދައިގެ ގޮތްތަކަށް އޭނާ ލޯބި ކުރާ ކަމަށެވެ. އެހެންނަމަވެސް ތައިމޫރު ނަލަ ހައްދާފައި ނުބަހައްޓަނީ ޕަޕަރާޒީންގެ ސަބަބުން ކަމަށް ކަރީނާ ބުންޏެވެ.

ތައިމޫރުގެ ފޮޓޯ ނެގުމަކީ މައްސަލައެއް ކަމަކަށް ކަރީނާ ނުބުނެ އެވެ. އެކަމަކު ކުރުތާ ފިޖާމާ ފަދަ ހެދުމެއް ލައްވާފައި ހުންނަ އިރު ތައިމޫރުގެ ފޮޓޯ ނަގާ ނަމަ ކަރީނާ މާ އުފާވާނެ އެވެ. ފެޝަންވެސް ބިނާވަނީ އެމީހަކަށް އެންމެ ހިތްފަސޭހަ ހެދުމެއްގެ މައްޗަށް ކަމަށް ކަރީނާ ބުންޏެވެ.

އެއާޕޯޓުގައާއި ދަތުރުތަކުގައި އުޅޭއިރުގެ ވާހަކަ ދައްކަމުން ކަރީނާ ބުނީ އޭނާ ގެންގުޅެނީ އަބަދުވެސް ވަރަށް ‘ކޮންފިޑެންޓް’ ސްޓައިލެއް ކަމަށެވެ. އަބަދުވެސް ކަރީނާ ފެންނާނީ ވަރަށް އާދައިގެ ގޮތަކަށް ހެދުން އަޅައިގެން ކަމަށާއި، މާރަސްމީވެގެން ހެދުން އަޅާފައި ހުއްޓާ އެއާޕޯޓް ފަދަ ތަންތަނުން ނުފެންނާނެ ކަމަށެވެ.

އާންމުކޮށް މީހުންނަށް ކަރީނާ ކަމުދަނީ ޖިންސާއި އާދައިގެ ފައިވާނުގައި ކަމަށް އޭނާ ގަބޫލު ކުރެ އެވެ. ދަތުރުމަތީގައި އުޅޭ އިރު ހެދުން އެޅޭނީވެސް އެކަހަލަ ގޮތަކަށް ކަމަށާއި، ރޭމްޕެއްގައި ހެދުން އަޅާހެން އެއާޕޯޓު ތެރެއިން ނުފެންނާނެ ކަމަށްވެސް ކަރީނާ ބުންޏެވެ.

ކަރީނާގެ މި ސްޓައިލަކީ އޭނާގެ ދައްތަ ކަރިޝްމާ ކަޕޫރުގެ ސަބަބުން ދަސްވި ސްޓައިލެއް ކަން ފާހަގަކުރަމުން އޭނާ ވަނީ ކަރިޝްމާއަށް ޝުކުރުވެސް އަދާކޮށްފަ އެވެ.

ކަރިޝްމާއަކީ އަބަދުވެސް ހެދުން އެޅުމުގައި ވަރަށް ތަފާތު ރީތި ގޮތްތަކެއް ގެންގުޅޭ މީހެއް ކަމަށާއި، ސްޓައިލްގެ ގޮތުން އަޅާކިޔާނަމަ ކަރީނާއާއި ކަރިޝްމާ އަކީ ‘ޗޯކް އެންޑް ޗީޒް’ ކަމަށްވެސް ކަރީނާ ބުންޏެވެ.

  • ކޮމެންޓްސް (0)

Your email address will not be published. Required fields are marked *

  • ފުރިހަމަ ނަން

Ads

ގުޅޭ ލިޔުންތައް

ހަސަދަވެރިކަމާއި ރުޅިވެރިކަމަކީ މުޖުތަމަޢުގައި ފެތުރެމުންދާ ބޮޑު ވަބާއެއް: ޝައިޚް އިލްޔާސް ޙުސައިން

ހަސަދަވެރިކަމާއި ރުޅިވެރިކަމަކީ އަޅުގަނޑުމެން ތެރޭގައި ފެތުރެމުންދާ ބޮޑު ވަބާއެއްކަމަށް އައްޝައިޚް އިލްޔާސް ޙުސައިން ވިދާޅުވެއްޖެއެވެ. ޝައިޚް އިލްޔާސް މިހެން ...

އޭޝިއަން ބޮޑީބިލްޑިން މުބާރާތް: ހިމްޔާނުވެސް ރަން މެޑެލް ހޯދައިފި

ރާއްޖޭގައި މިހާރު ކުރިއަށްދާ 54 ވަނަ އޭޝިއަން ބޮޑީބިލްޑިން އެންޑް ފިޒީކް ސްޕޯޓްސް ޗެމްޕިއަންޝިޕުން ރާއްޖޭގެ ހުސައިން ހިމްޔާން ...

ބާސާގެ ރައީސްއާ ދެކޮޅަށް އިތުބާރު ނެތްކަމުގެ ވޯޓެއް ނަގަނީ

ބާސެލޯނާގެ ރައީސް ޖޯސެފް ބާޓޮމެއާ ކުލަބުން ބޭރުކުރުމަށް ނޯކޮންފިޑެސް ވޯޓެއް ނެގުމަށް ކުލަބުންގެ މެންބަރުން މަސައްކަތް ފަށާފަވާކަމަށް ބާސެލޯނާގެ ...