އޭޝިއަން ބޮޑީބިލްޑިން މުބާރާތް: ހިމްޔާނުވެސް ރަން މެޑެލް ހޯދައިފި

ރާއްޖޭގައި މިހާރު ކުރިއަށްދާ 54 ވަނަ އޭޝިއަން ބޮޑީބިލްޑިން އެންޑް ފިޒީކް ސްޕޯޓްސް ޗެމްޕިއަންޝިޕުން ރާއްޖޭގެ ހުސައިން ހިމްޔާން ރަން މެޑެލް ހޯދައިފިއެވެ.

މި ފަހަރުގެ މުބާރާތުން ހިމްޔާން އެތުލެޓިކް ފިޒީކުގެ 175 ސެންޓިމީޓަރު ބައިންނެވެ. މި ބައިން ހިމްޔާން ރަން މެޑެލް ހޯދިއިރު، އޭނާ ވަނީ މިދިޔަ އަހަރު އުޒްބެކިިސްތާނުގެ ވެރިރަށް ޓަޝްކެންޓުގައި ބޭއްވި 12 ވަނަ ވޯލްޑް ބޮޑީބިލްޑިން އެންޑް ފިޒީކް ސްޕޯޓްސް ޗެމްޕިއަންޝިޕުގެ އެތުލެޓިކް ފިޒީކުގެ 175 ސެންޓިމީޓަރު ބައިން ލޯ މެޑެލް ހޯދާފައެވެ.

މިއީ މި ފަހަރުގެ އޭޝިއަން ބޮޑީބިލްޑިން މުބާރާތުގައި ރާއްޖެއިން ހޯދި ތިންވަނަ ރަން މެޑެއްޔެވެ. އެގޮތުން މި ފަހަރުގެ މުބާރާތުގައި ރާއްޖޭގެ އަޒްނީން ރަޝާދު ވަނީ ފިރިހެނުންގެ ސްޕޯޓްސް ފިޒީކުގެ 170 ސެންޓިމީޓަރު ބައިން ރަން މެޑެލް ހޯދިއިރު، 55 ކިލޯގެ ސީނިއާ މެންސް ބޮޑީބިލްޑިން ކެޓެގަރީން މުޙައްމަދު މޫސާ (މޯޑު) ވެސް ވަނީ ރަން މެޑެލް ހޯދާފައެވެ.

އެތުލެޓިކް ފިޒީކުގެ 160 ސެންޓިމީޓަރުގެ ބައިން ރިހިމެޑަލް ހޯދި ފަތުހުﷲ މުހައްމަދާއި ލޯމެޑަލް ހޯދި މުހައްމަދު ޒިދާން- ފޮޓޯ: ނިޝާން އަލީ ( މިހާރު )

މީގެ އިތުރުން މި މުބާރާތުގައި ރާއްޖެން ވަނީ އެއް ރިހި މެޑެއްޔާއި، ދެ ލޯ މެޑެލް ހޯދާފައެވެ. އެގޮތުން އެތުލެޓިކް ފިޒީކުގެ 160 ސެންޓިމީޓަރު ބައިން ފަތުހުﷲ މުޙައްމަދު ރިހި މެޑެލް ހޯދިއިރު، އެ ބައިން މުޙަހައްމަދު ޒިދާން ވަނީ ލޯ މެޑެއްޔެއް ހޯދާފައެވެ. އަދި ފިރިހެނުންގެ ސްޕޯޓްސް ފިޒީކުގެ 180 ސެންޓިމީޓަރުން މަތީގެ ބައިން ގެ މުޙައްމަދު އިމްރާހުވެސް ވަނީ ލޯ މެޑެއްޔެއްވެސް ހޯދާފައެވެ.

މި ފަހަރުގެ އޭޝިއަން ބޮޑީބިލްޑިން މުބާރާތުގައި އޭޝިއާ ބައްރުގެ 26 ގަައުމަކުން 500 އަށްވުރެ ގިނަ އެތުލީޓުން ވާދަކުރެއެވެ. ރާއްޖެއިން މި މުބާރާތުގައި 20 އެތުލީޓުން ވާދަކުރާއިރު، އޭގެ ތެރޭގައި ރާއްޖެއަށް މީގެކުރިން މެޑެލް ހާސިލުކޮށްދިން އެތުލީޓުންނާއި އަލަށް ބައިނަލްއަގުވާމީ މުބާރާތެއްގައި ވާދަކުރާ އެތުލީޓުން ހިމެނެއެވެ.

މި ފަހަރުގެ އޭޝިއަން ބޮޑީބިލްޑިން އެންޑް ފިޒީކް ސްޕޯޓްސް ޗެމްޕިއަންޝިޕުގެ ބްރޯޑްކާސްޓިން މީޑިއާ ޕާޓްނަރަކީ ޕަބްލިކް ސާވިސް މީޑިއާ (ޕީއެސްއެމް) އެވެ.

  • ކޮމެންޓްސް (0)

Your email address will not be published. Required fields are marked *

  • ފުރިހަމަ ނަން

Ads

ގުޅޭ ލިޔުންތައް

ޔުއެފާ ނޭޝަންސް ލީގު: ތިންވަނަ އިޓަލީއަށް

ޔުއެފާ ނޭޝަންސް ލީގުގެ ތިންވަނަ އިޓަލީން ހޯދައިފިއެވެ. އާދީއްތަ ދުވަހުގެ ރޭ އިޓަލީގެ ޓިއުރިންގެ އެލިއަންޒް އެރީނާގައި ކުޅުނު ...

ޓޫ ބްރަދާސްއާއި އެއްވަރުވެ އެފްސީ ސަބޯޝަނަށް އިތުރު ހާސްކަމެއް

ސިޔާކަޕް ފުޓުބޯޅަ މުބާރާތުގައި ކެނެރީފުން މިމުބާރާތުގައި ބައިވެރިކުރި  އެފްސީ ސަބޯޝަން  ކުޅުނު ދެވަނަ މެޗުގައި ޓޫ ބްރަދާސްއާއި ވާދަކޮށް ...

ކޯޓުއާ ރެއާލްއަށް ބަދަލުވެއްޖެ

ޗެލްސީގެ ގޯލްކީޕަރ ކޯޓުއާ ރެއާލް މެޑްރިޑަށް ވިއްކާލުމަށް އެއްބަސްވެފައިވާކަން ޗެލްސީންކަށަވަރު ކޮށްދީފިއެވެ. މިއާއެކު ރެއާލް މެޑްރިޑުން ވެސް ވަނީ ...