އައްޑޫގެ އަދަދު މައްޗަށް، އިތުރު 105 މީހަކު ކޮވިޑަށް ފައްސިވެއްޖެ

އައްޑޫސިޓީން އިތުރު 105 މީހަކު ކޮވިޑް-19 އަށް ފައްސިވެއްޖެއެވެ

އައްޑޫން އިތުރު 105 މީހަކު ކޮވިޑަށް ފައްސިވެފައިވާއިރު، އައްޑޫން މި ބައްޔަށް ފައްސިވާ މީހުންގެ އަދަދު މިހާރު އަންނަނީ ބޮޑުތަނުން އިތުރުވަމުންނެވެ.

އައްޑޫ އިމަޖެންސީ އޮޕަރޭޝަންސް ސެންޓަރުން އާންމު ކޮށްފައިވާ މައުލޫމާތަށް ބަލާއިރު، އާދީއްތަ ދުވަހުގެ ހަވީރު 18:00 އާއި ހަމައަށް ފައްސިވެފައިވާ 105 މީހުންގެ ތެރެއިން 56 މީހަކީ ހިތަދޫން ފައްސިވެފައިވާ މީހުންނެވެ. 22 މީހަކު މީދޫން ފައްސިވެފައިވާއިރު، ހުޅުދޫން 6 މީހަކު  ، ފޭދުން 8 މީހުން މަރަދޫފޭދުން 5 އަދި މަރަދޫންވެސް ފައްސިވެފައިވަނީ  5 މީހެކެވެ.

އައްޑޫން މިހާތަނަށް 4005 މީހަކަށް ކޮވިޑް ޖެހިފައިވާއިރު، އޭގެ ތެރެއިން 3214 މީހަކު ވަނީ ބަލިން ރަނގަޅުވެފައެވެ. އަދި މިވަގުތު މި ބަލި ޖެހިފައި ތިބި 776 މީހަކު އައްޑޫ ސިޓީގައި އެބަ ތިއްބެވެ.

އައްޑޫގެ ވަކިވަކި އަވަށްތަކަށް ބަލާއިރު، އެންމެ ގިނަ ބަޔަކު ކޮވިޑަށް ފައްސިވެފައި ތިބީ ހިތަދޫގައެވެ. އެގޮތުން ހިތަދޫގައި މިވަގުތު މި ބަލި ޖެހިފައި ތިބި 331 މީހަކު ތިބިއިރު، މީދޫގައި  133 ، ފޭދޫގައި 164 ،  މަރަދޫފޭދޫގައި 31 ، ހުޅުދޫގައި 61 އަދި މަރަދޫގައި 34 މީހަކު އެބަ ތިއްބެވެ. އަދި މީގެ އިތުރަށް ރިސޯޓާއި އެހެނިހެންތަންތަނުން ފައްސިވެފައިވާ 19 މީހުން އެބަތިއްބެވެ.

އައްޑޫން ކޮވިޑް ޖެހުނު މީހުންގެ ތެރެއިން ދެ މީހަކަށް ހޮސްޕިޓަލުގައި ފަރުވާ ދެމުން އަންނައިރު، އައްޑޫސިޓީން 15 މީހަކު ވަނީ ބަލީގައި ނިޔާވެފައެވެ.

advertisement
  • ކޮމެންޓްސް (0)

Your email address will not be published. Required fields are marked *

  • ފުރިހަމަ ނަން

Ads

ގުޅޭ ލިޔުންތައް

ބޭރުގެ ފައިސާ ގެނެވޭގޮތަށް ބީއެމްއެލުން އަލުން އީ-ވޮލެޓުގެ ހިދުމަތް ފަށައިފި

ޑިޖިޓަލް ވޮލެޓު ހިމެނޭހެން އޮންލައިންކޮށް ފައިސާ ޓްރާންސްފަރކުރެވޭ ޕްލެޓްފޯމްތަކުން މުއާމަލާތުކުރެވޭ ގޮތް އަލުން ބީއެލްއެލުން ހުޅުވާލައިފި އެވެ. ބޭރުގެ ...

ޔޫރޯ 2020: ވޭލްސް ބަލިކޮށް ޑެންމާކް ކުއާޓަރ ފައިނަލަށް

ޔޫރޯ 2020 ގެ ރައުންޑް އޮފް 16 ގެ ފުރަތަމަ މެޗް ކާމިޔާބުކޮށް ޑެންމާކް ކުއާޓާފައިނަލަށް ދަތުރު ކޮށްފިއެވެ. ...

“ފެނަކަ އައިސް” ގެ ނަމުގައި ފަސޭހަކަމާއެކު އައިސް ހޯދަން މަގުފަހިވާނެ އެޕެއް ފެނަކައިން ތައާރަފްކޮށްފި

މަސްވެރިންނަށް ފަސޭހަކަމާއެކު އައިސް ލިބޭނެ އެޕްލިކޭޝަން “ފެނަކަ އައިސް” ލޯންޗްކޮށްފިއެވެ. މި އެޕްލިކޭޝަން ލޯންޗްކޮށްދެއްވީ ފެނަކަ ކޯޕަރޭޝަންގެ ސީއީއޯ ...