މީދޫއާއި ހުޅުދޫގައި ބަލި ޖެހިފައި ތިބި މީހުންގެ އަދަދު 96 އަށް

މީދޫއާއި ހުޅުދޫގައި  ކޮވިޑް-19 ޖެހިފައި ތިބި މީހުންގެ އަދަދު 96 އަކަށް އަރައިފި އެވެ.

އާދިއްތަދުވަހުގެ އިރުއޮއްސި 6:00 އިން ހޯމަ ދުވަހުގެ އިރު އޮއްސި 6:00 އަށް  އަލަށް ބައްޔަށް ޕޮޒިޓިވްވީ 17 މީހުންނެވެ. އެއީ މީދުން 15 މީހުންނާއި ހުޅުދުން ދެމީހުންނެވެ.

މީދޫ އަވަށު އޮފީހުން އިއްޔެ ހާމަކޮށްފައިވާގޮތުގައި ކޮވިޑް 19 އަށް ޕޮޒިޓިވި މީހުންތިބި  24 ގެ އެއް  މީދުން ކަރަންޓީނު ކުރެވިފައިވާއިރު ޑައިރެކްޓް ކޮންޓެކްޓުންގެ ގޮތުގައި މީހުންތިބި 2 ގެއެއްވެސް ވަނީ ކަރަންޓީނު ކުރެވިފައެވެ.

މީދޫއާއި މި އަތޮޅުގެ ގިނަ ރަށްތަކެއްގައި ކޮވިޑް-19 ހަލުވިކަމާއެކު ފެތުރެމުންދާއިރު ކަމާ ބެހޭ މުވައްސަސާތަކުން އިލްތިމާސްކުރަމުންދަނީ ފަރުދީ ޒިންމާއަދާކޮށް ރައްކާތެރިކަމުގެ ފިޔަވަޅުތައް އަޅައިގެން އުޅުމަށެވެ.

advertisement
  • ކޮމެންޓްސް (0)

Your email address will not be published. Required fields are marked *

  • ފުރިހަމަ ނަން

Ads

ގުޅޭ ލިޔުންތައް

ފަޅުތަކާއި، ރަށްތައް ވިއްކި ގޮތަށް މާލޭ މަގުތައް ވިއްކާ ހުސްކޮށްފި: ރައީސް

މާލޭ ސިޓީ ކައުންސިލުން މާލޭގެ މަގުތައް ވިއްކާ ހުސްކޮށް އެ ފައިސާއިން ކެމްޕޭންކުރަމުންދާ ކަމަށް އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓް ...

ކޯވިޑް19: އިތުރު 11 މީހުން ޕޮޒިޓިވްވެ ބަލިޖެހުނު މީހުންގެ އަދަދު 188 އަށް

ރާއްޖެއިން އިތުރު 11 މީހަކު ކޯވިޑް-19 އަށް ޕޮޒިޓިވްވެއްޖެއެވެ. މިއާއެކު ރާއްޖެއިން މިހާތަނަށް މިބައްޔަށް ޕޮޒިޓިވްވި މީހުންގެ އަދަދު ...

މިއަދު  މީދޫގެ މިސްކިތްތަކުގައި  އިމާމުވެ ހުކުރު ކުރެއްވުމަށް ހަމަޖެހިފައިވާ ބޭފުޅުން

މިއަދު ( 19 ޖުލައި 2024 ވަނަ ދުވަހު )  މީދޫގެ މިސްކިތްތަކުގައި  އިމާމުވެ ހުކުރު ކުރެއްވުމަށް ހަމަޖެހިފައިވާ ބޭފުޅުން ...