ކޮވިޑަށް ފަރުވާ ހޯދަމުން ދަނިކޮށް ޒުވާން އަންހެނަކު މަރުވެއްޖެ

ކޮވިޑް-19 އަށް ފަރުވާ ހޯދަމުން ދަނިކޮށް އުމުރުން 25 އަހަރުގެ ޒުވާނަކު މަރުވެއްޖެއެވެ.

ކޮވިޑު ޖެހިގެން މަރުވެފައިވަނީ ގއ. މާމެންދޫ، ފުރުކުމާގެ، އައިޝަތު އިފާޒާއެވެ. މައުލޫމާތު ލިބިފައިވާ ގޮތުގައި އޭނާއަކީ ކިޑްނީ ބަލި މީހެކެވެ. ނަމަވެސް އެޗްޕީއޭއިން އަދި އޭނާ މަރުވިކަން ކަށަވަރުކޮށް ނުދެއެވެ.

އިފާޒާ ވަޅުލާފައި ވަނީ ރޭ ފަތިހު 5:30 ގައި ހުޅުމާލެ ސަހަރާގައެވެ.

އެއާއެކު، ރާއްޖޭން ކޮވިޑަށް ޕޮޒިޓިވްވި މީހުންގެ އަދަދު ވަނީ 266 އަށް އިތުރުވެފައެވެ.

ރާއްޖޭގައި ކޮވިޑް-19 ދަނީ ހަލުވިކަމާއެކު ފެތުރެމުންނެވެ. އެގޮތުން ވޭތުވެދިޔަ ތިން ދުވަހު ރާއްޖޭން 1،200 އަށް ވުރެ ގިނަ މީހުންނަށް ކޮވިޑު ޖެހިފައި ވާއިރު، އިއްޔެވެސް 1،594 އަށް ވުރެ ގިނަ މީހުންނަށް ކޮވިޑު ޖެހިގެން ވަނީ ރިޕޯޓު ކޮށްފައެވެ.

ރާއްޖޭގައި ހަލުވިކަމާއެކު ކޮވިޑު ފެތުރެމުން ދާތީ، އެޗްޕީއޭއިން ވަނީ ރާއްޖޭގެ ހާލަތު ރެޑް އެލާޓަށް ބަދަލުކޮށްފައެވެ

advertisement
  • ކޮމެންޓްސް (0)

Your email address will not be published. Required fields are marked *

  • ފުރިހަމަ ނަން

Ads

ގުޅޭ ލިޔުންތައް

މެސީގެ އެއްބަސްވުން އާ ނުކުރަން ނިންމައި، އޭނާ ދޫކޮށްލަން ބާސާއިން ނިންމައިފި

ބާސެލޯނާ އަށް ކުޅެމުން އައި އާޖެންޓިނާގެ އިތުބާރު ފޯވާޑް ލިއޮނަލް މެސީގެ އެއްބަސްވުން އާ ނުކުރަން ނިންމައި، އޭނާ ...

ކްލަބް ލޮތަރި ސްޓްރީޓްކަޕްގައި ބައިވެރިވުމުގެ ފުރުސަތު ހުޅުވާލައިފި

” ކްލަބް ލޮތަރި ސްޓްރީޓްކަޕް 2021 ” ގެ ނަމުގައި ކްލަބް ލޮތަރިން އިންތިޒާމްކޮށްގެން މީދޫގައި ބޭއްވުމަށް ހަމަޖައްސާފައިވާ ...

އިލްޔާސްގެ ކެނޑިޑަސީ ފޯމު ހުށައަޅައިފި

ޑިމޮކްރެޓްސްގެ ރިޔާސީ ކެނޑިޑޭޓު މަޖިލީހުގެ ހުޅުދޫ ދާއިރާގެ މެމްބަރު އިލްޔާސް ލަބީބުގެ ކެނޑިޑަސީ ފޯމު އިލެކްޝަންސް ކޮމިޝަނަށް ހުށައަޅައިފިއެވެ. އެމްޑީޕީއިން ...