ދުނިޔޭގެ ލީޑިން ޑެސްޓިނޭޝަނަކަށް އަނެއްކާވެސް ރާއްޖެ

ވޯލްޑް ޓްރެވަލް އެވޯޑްސްއިން ދޭ އެންމެ ޝަރަފުވެރި އެވޯޑު ކަމުގައިވާ “ވޯލްޑްސް ލީޑިން ޑެސްޓިނޭޝަން” އެވޯޑް ދެވަނަ ފަހަރަށް ރާއްޖެއަށް ލިބިއްޖެއެވެ.

މިދިޔަ އަހަރު ވެސް މި އެވޯޑު ހާސިލް ކުރީ ރާއްޖޭންނެވެ. މިދިޔަ އަހަރު މަދު ގައުމަކާ ވާދަކޮށް ރާއްޖެއަށް މި އެވޯޑު ލިބުނު ނަމަވެސް މިއަހަރު ލިބުނީ ގިނަ އަދަދެއްގެ ގައުމުތަކާ ވާދަކޮށްގެންނެެވެ
މި އެވޯޑު ރާއްޖެއިން ހާސިލް ކުރީ ފަތުރުވެރިންގެ މެދުގައި މަގުބޫލު 18 މަންޒިލަކާ ވާދަކޮށްގެންނެވެ. މީގެ ތެރޭގައި އާޖެންޓީނާ، ބްރަޒިލް، ކޮލަމްބިއާ، ކޮސްޓަ ރީކާ، ދުބާއީ، ގްރީސް، އިންޑިއާ، އިންޑޮނޭޝިއާ، ޖަމައިކާ، ކެންޔާ، މެކްސިކޯ، ނިއުޒިލެންޑް، ޕޯޗުގަލް، ދެކުނު އެފްރިކާ، ސްޕެއިން، ތަންޒިއާ، އެމެރިކާ އަދި ވިއެޓްނާމް ހިމެނެއެވެ.

ވޯލްޑް ޓްރެވަލް އެވޯޑްސްގައި އެހެން އަހަރުތަކާ އެއްގޮތަށް އެހެން އެވޯޑުތައް ވެސް ރާއްޖޭން ހާސިލް ކުރިއެވެ.

ރާއްޖޭން ހާސިލް ކުރި އެވޯޑުތައް

  • ލީޑިން ވޯޓާ ވިލާ ރިސޯޓް: ފޯ ސީޒަންސް ރިސޯޓް މޯލްޑިވްސް އެޓް ކުޑަ ހުރާ
  • ލީޑިން އެއާޕޯޓް ރިސޯޓް: ހުޅުލެ އައިލެންޑް ހޮޓެލް
  • ލީޑިން ހަނީމޫން ރިސޯޓް: ޖޭއޭ މަނަފަރު
  • ލީޑިން ލަގްޒަރީ ހަނީމޫން ރިސޯޓް: ވައްކަރު މޯލްޑިވްސް
  • ލީޑިން ލަގްޒަރީ އައިލެންޑް ރިސޯޓް: ދަ ސެއިންޓް ރެޖިސް މޯލްޑިވްސް ވޮއްމުލި ރިސޯޓް
  • ލީޑިން ލަގްޒަރީ އައިލެންޑް ވިލާސް: ބަރޮސް މޯލްޑިވްސް
  • ލީޑިން ލަގްޒަރީ ޕްރައިވެޓް އައިލެންޑް ރިސޯޓް: އެމެރަލްޑް މޯލްޑިވްސް ރިސޯޓް އެންޑް ސްޕާ
  • ލީޑިން އަންޑަވޯޓާ ހޮޓެލް ރެސްޓޯރެންޓް: ސީ އެޓް އަނަންތަރާ ކިހާވަށް މޯލްޑިވްސް ވިލާސް
  • ވޯލްޑް ލީޑިން ސީޕްލޭން އޮޕަރޭޓާ: ޓްރާންސް މޯލްޑިވިއަން އެއާވޭސް (ޓީއެމްއޭ)
advertisement
  • ކޮމެންޓްސް (0)

Your email address will not be published. Required fields are marked *

  • ފުރިހަމަ ނަން

Ads

ގުޅޭ ލިޔުންތައް

ފުލުހުންގެ އިސް އޮފިސަރުންތަކެއް ވަކިކުރަން ނިންމައިފި

ފުލުހުންގެ އިސް އޮފިސަރުންތަކެއް މަގާމުން ވަކި ކުރުމަށް ފުލުހުންގެ ބޯޑުން ނިންމައިފިއެވެ. ހަތާވީސް” އޮންލައިންހައި ހާމަކޮށްފައިވާ ގޮތުގައި ފުލުހުންގެ ބޯޑުން ...

ރިސޯޓުން ފިލައިގެން ފުވައްމުލަކަށް ދިޔަ ދެމީހުން ހައްޔަރުކޮށްފި

ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތު އިިއުލާނުކޮށް، ރިސޯޓުތަކުން މީހުން ދިރިއުޅޭ ރަށްރަށަށް މީހުން އެރުން މަނާކޮށްފައި ވަނިކޮށް، ރިސޯޓަކުން ...

ބީއެމްއެލްގެ ސްޓާފް ޗެރިޓީ ރަން ބާއްވައިފި

މުޖުތަމައަށް ފައިދާހުރި މަސައްކަތްތައްކުރާ ޖަމިއްޔާ ޖަމާއަތްތަކަށް އެހީވުމަށް ބޭންކް އޮފް މޯލްޑިވްސް(ބީއެމްއެލް) އިން ކޮންމެ އަހަރަކުވެސް ބާއްވަމުން އަންނަ “ސްޓާފް ...