މެންބަރު ހުސައިން ފަސްދާނު ލައިފި

ކެންސަރު ބައްޔަށް ފަރުވާ ހޯއްދަވަމުން ގެންދަވަނިކޮށް ރޭ ނިޔާވި ކޮމަންޑޫ ދާއިރާގެ ރައްޔިތުން މަޖިލީހުގެ މެންބަރު ހުސައިން ވަހީދު ފަސްދާނުލައިފިއެވެ.

ހުސައިން ނިޔާވީ ރޭ އޭޑީކޭ ހޮސްޕިޓަލުގައި ފަރުވާ ދެއްވަމުން ދަނިކޮށެވެ. ހުސައިންގެ ކަށު ނަމާދު އޮތީ މިއަދު މެންދުރު ނަމާދަށްފަހު އިސްލާމީ މަރުކަޒުގައެވެ. ކަށު ނަމާދުގައި ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހާއި ރައްޔިތުން މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދުގެ އިތުރުން ރައްޔިތުން މަޖިލީހުގެ މެންބަރުންނާއި ސަރުކާރުގެ އިސްވެރިންވެސް ބައިވެރިވެވަޑައިގެންނެވިއެވެ.

ހުސައިން އަވަހާރަވިއިރު އޭނާ އާލާސްކަންފުޅާ އުޅުއްވާތާ ދުވަސްތަކެއް ވަނީ ވެފައެވެ. އެގޮތުން މިދިޔަ އަހަރު ބޭއްވި ގިނަ ޖަލްސާތަކަށް މެންބަރު ހުސައިން ހާޒިރުވެވަޑައެއް ނުގަންނަވައެވެ.

ގިނަ ދުވަސްތަކުގައި ހުންނެވީ ސަލާމުގައެވެ. މީގެކުރިން މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދު ވަނީ މެންބަރު ހުސައިން އުޅުއްވަނީ އާލާސްކަންފުޅާ ކަމަށް ވިދާޅުވެފައެވެ. އަދި މިދިޔަ އަހަރުގެ ބޮޑު ބައެއް މެންބަރު ހުސައިން ވަހީދު ހޭދަ ކުރެއްވީ ބޭރު ގައުމެއްގައި ބޭސްފަރުވާއަށެވެ. އެގޮތުން ހުސައިން ވަނީ ދުބާއީގައި އަހަރު ދުވަސް ފަރުވާގައި ހޭދަ ކުރައްވާފައެވެ.

ފަރުވާ އަށްފަހު ހުސައިން މަޖިލީހުގެ ޖަލްސާތަކުގައި މިއަހަރު ވަނީ ކޮންމެވެސް ވަރަކަށް ބައިވެރިވެވަޑައިގެންފައެވެ. ފަރުވާ އިން އެނބުރި ރާއްޖެ ވަޑައިގެން ހުސައިން މަޖިލިސް ޖަލްސާތަކުގައި ބައިވެރިވާން ފެށީ މިދިޔަ މާޗު މަހުގެ 19ވަނަ ދުވަހުއެވެ. ހުސައިން ވަޑައިގަތުމުން މަޖިލީހުގެ ރައީސް ވަނީ މަރުހަބާ ވެސް ދަންނަވާފައެވެ.

ޖަލްސާތަކުގައި ބައިވެރިވެވަޑައިގެންނެވި ނަމަވެސް ހުސައިންގެ ހާލުކޮޅު އޭރުވެސް އެހާ ރަނގަޅެއް ނޫނެވެ

advertisement
  • ކޮމެންޓްސް (0)

Your email address will not be published. Required fields are marked *

  • ފުރިހަމަ ނަން

Ads

ގުޅޭ ލިޔުންތައް

ސިޔާސީ ދާއިރާގައި އުޅުމަކީ ހުރިހާ ދިވެހީންނަށްވެސް ލިބިފައިވާ ހައްގެއް- އިސްމާއީލް އާސިފް

Advertisementއެންމެންނަށްވެސް އިންސާފްވެރި ޝަރީއަތްތަކެއް ކުރިއަށް ގެންދިއުމަށް ގޮވާލާނޭކަމަށް މޯލްޑިވްސް ތާރޑްވޭ ޑިމޮކްރެޓްސް ( އެމްޓީޑީ ) އިން ބުނެފިއެވެ. ...

ފުލުހަކަށް ހަމަލާދީ ޒަޚަމްކޮށްލައިފި

ކާނިވާ ސަރަހައްދުގައި އަޅަމުން އަންނަ މިސްކިތް ކައިރީގައި ރޭ ފުލުހަކަށް ހަމަލާދީ ޒަހަމް ކޮށްލައިފި އެވެ. ފުލުހުން ބުނީ ...

ދެން ފުވައްމުލައް ސިޓީ ބަނދަރު ސަރަހައްދަށް ވަދެވޭނީ ހުއްދަ ލިބޭ ފަރާތްތަކަށް އެކަނި

ކޮވިޑް 19އިން ރައްކާތެރިވުމަށްޓަކައި އަޅަމުންދާ ފިޔަވަޅުތަކުގެ ތެރެއިން ފުވައްމުލައް ސިޓީގެ ބަދަރު ސަރަހައްދަށް ވަދެވޭނީ ހަމައެކަނި ހުއްދަ ލިބޭ ...