އައްޑޫ ސިޓީން އިތުރު 21 މީހަކު ކޮވިޑް-19 އަށް ޕޮޒިޓިވް ވެއްޖެއެވެ.


އައްޑޫ އެމެޖެންސީ އޮޕްރޭޝަން ސެންޓަރުން އިން ހާމަކޮށްފައިވާގޮތުން ބުދަ ދުވަހުގެ އިރުއޮއްސި ހަޔަކުން ބުރާސްފަތި ދުވަހުގެ އިރުއޮއްސި ހަޔަކަށް ކޮވިޑް ޓެސްޓް ހެދުމަށް އައްޑޫސިޓީން ނެގުނު 139 ސާމްޕަލްގެ ތެރެއިން 21 މީހަކު ކޮވިޑް 19 އަށް ޕޮޒިޓިވްވެފައިވާކަމަށެވެ.


މީގެ ތެރޭގައި ހިމެނެނީ ހިތަދުން ޕޮޒިޓިވްވި 16 މީހަކާއި ހުޅުދުން ޕޮޒިޓިވްވި 1 މީހުންގެ އިތުރަށް މީދުން ޕޮޒިޓިވްވި 2 މީހަކާއި މަރަދުން ޕޮޒިޓިވްވި 2 މީހުންނެވެ.

އައްޑޫ އެމެޖެންސީ އޮޕްރޭޝަން ސެންޓަރުން ހާމަކޮށްފައިވާގޮތުން އައްޑޫއިން ކޮވިޑަށް މިހާތަނަށް ޕޮޒިޓިވްވި 2830 މީހުންގެ ތެރެއިން 2572 މީހަކު ވަނީ ބަލިން ފަސޭހަވެފައެވެ. އަދި އައްޑޫސިޓީން ކޮވިޑް ޖެހުނު މީހުންގެ ތެރެއިން އިއްޔެއާއި ހަމައަށް ބަލިން ފަސޭހަނުވާ 248 މީހަކު ހިމެނޭކަމަށްވެސް އައްޑޫ އެމެޖެންސީ އޮޕްރޭޝަން ސެންޓަރުން ހާމަކޮށްފައިވެއެވެ.


އައްޑޫގެ ރަށްރަށުގެ ތެރެއިން އެންމެ ގިނަ އަދަދަކަށް ކޮވިޑްގެ އެކްޓިވް އަދިވެސް އުޅެނީ ހިތަދޫގައެވެ . އެގޮތުން ހިތަދޫގައި ކޮވިޑްގެ 175 ކޭސް އުޅޭއިރު، މަރަދޫގައި 31 ކޭސް، ފޭދޫގައި 06 ކޭސް، މަރަދޫފޭދޫގައި 04 ކޭސް އަދި މީދޫގައި 21 ކޭސް ، ހުޅުދޫގައި 9 ކޭސް އުޅޭކަމަށް އައްޑޫ އެމެޖެންސީ އޮޕްރޭޝަން ސެންޓަރުން ހާމަކޮށްފައިވެއެވެ.

advertisement


  • ކޮމެންޓްސް (0)

Your email address will not be published. Required fields are marked *

  • ފުރިހަމަ ނަން

Ads

ގުޅޭ ލިޔުންތައް

ރަށްރަށުގައި ދިއްލާފައިވާ ބައްތިތަކުގެ ރައްކާތެރިކަން ކަށަވަރު ކުރަނީ

ރަށްރަށުގައި އިޖްތިމާއީ ބޭނުންތަކަށް ދިއްލާފައި ހުންނަ ބައްތިތަކުގެ ރައްކާތެރިކަން ކަށަވަރު ކުރުމުގެ މަސައްކަތް ކުރަން ނިންމާފައިވާ ކަމަށް ފެނަކަ ...

ހުޅުދޫ ޑިޓޮކްސިފިކޭޝަން ސެންޓަރުގެ ބިންގާ އެޅުމުގެ ރަސްމިއްޔާތު މިއަދު ބޭއްވޭނެ

އައްޑޫ ސިޓީ ހުޅުދޫގައި ގާއިމް ކުރުމަށް ހަމަޖެހިފައިވާ ޑިޓޮކްސިފިކޭޝަން ސެންޓަރުގެ ބިންގާ އެޅުމުގެ ރަސްމިއްޔާތު މިއަދު ބޭއްވުމަށް ހަމަޖެހިފައިވާކަމަށް ...

އިނަ މޯލްޑިވްސް އިން އައްޑުއަށް ޗާޓަރު ފްލައިޓްތަކެއް ބާއްވަނީ

އިނަ މޯލްޑިވްސް ހޮލިޑޭސް އިން އިންޑިއާ އިން އައްޑުއަށް ހަ ޗާޓަރު ފްލައިޓް ބާއްވަން ނިންމައިފި އެވެ. އޮންލައިން ...