އިނަ މޯލްޑިވްސް އިން އައްޑުއަށް ޗާޓަރު ފްލައިޓްތަކެއް ބާއްވަނީ

އިނަ މޯލްޑިވްސް ހޮލިޑޭސް އިން އިންޑިއާ އިން އައްޑުއަށް ހަ ޗާޓަރު ފްލައިޓް ބާއްވަން ނިންމައިފި އެވެ.

އޮންލައިން ނޫސް އަވަސްއާ ވާހަކަ ދައްކަވަމުން އިނަ މޯލްޑިވްސް ހޮލިޑޭސްގެ މެނޭޖިން ޑިރެކްޓަރު މުހައްމަދު ފިރާގު އާއި ހަވާލާދީ އަވަސް އޮންލައިންގައި ގެނެސްދީފައިވާ ޚަބަރެއްގައި ބުނެފައިވަނީ މިމަހުގެ 16 ވަނަ ދުވަހު ގަން އިންޓަނޭޝަނަލް އެއާޕޯޓަށް ބާއްވާ މި ފްލައިޓްތަކަކީ ކަރަންޓީން މީހުން ގޮވައިގެން ގަމަށް ބޭއްވުމަށް ހަމަޖެހިފައިވާ ޗާޓަރު ފްލައިޓް ތަކެއް ކަމަށެވެ. މި ފްލައިޓްތައް އިންތިޒާމު ކުރަނީ އައްޑޫގެ އިކޮނޮމީ އަށް މަންފާއެއް ހޯދައިދީ ކޮންމެ ވެސް ވަރެއްގެ ފައިދާއެއް އައްޑޫ ރައްޔިތުންނަށް ލިބޭނެ ގޮތަކަށް ކަމަށް ފިރާގާއި ހަވާލާދީ އަވަސްގައި ބުނެފައިވެއެވެ.

” އިންޑިގޯގެ ފްލައިޓުތަކެއް މި އަޅަނީ. މިއީ ޗާޓަރު ތަކެއް. އައްޑޫގައި ރަނގަޅު ގެސްޓްހައުސް ތަކެއް އެބަހުރި. އެހެންވެ އެ ތަންތަން ފިލްކޮށްލުން މަގުސަދަކީ، “

ފިރާގު ވިދާޅުވި އެވެ.

ފިރާގު ވިދާޅުވީ މި ފްލައިޓްތަކުން 1200 މީހުން ގަމަށް އަންނަގޮތައް ހަމަޖެހިފައިވާކަމަށާ  މިއީ ކަރަންޓީން ޓޫރިސްޓުން ކަމަށްވިޔަސް  އެކަމުން އައްޑޫގެ އިގްތިސޯދަށް އެކި ގޮތް ގޮތުން 14 މިލިއަނެއްހާ ރުފިޔާ ލިބޭނެ ކަމަށް ފިރާގު ވިދާޅުވިއެވެ
“ގާތްގަނޑަކަށް އަށް ލައްކަ ޑޮލަރު ލިބޭނެ. މި ބަލަނީ ރޫމްއާއެކި ގޮތުން އައްޑޫގެ އިކޮނޮމީ އަށް 14 މިލިއަން ރުފިޔާވަރު ލިބޭނެ ކަމަށް،”

ފިރާގު ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ މި ފްލައިޓުތަކުން އަންނަނީ ސައުދީ އާއި ކެނެޑާއަށް ދިއުމަށް ބޭނުންވާ މީހުން ކަމަށެވެ. އަދި އެ މީހުން އަނބުރާ ފުރާނީ ސްރީލަންކަން އެއާލައިންސްގައި ކަމަށް ފިރާގު ވިދާޅުވި އެވެ.

“މިކަމަށް ޑިމާންޑް އެބައޮތް. ހީވަނީ މިކަން [ކަރަންޓީން މާކެޓު] ހަތަރު މަސް ވަރު ދެމިގެންދާނެހެން. ދެމިގެންދާނަމަ ޖާގަ ލިބޭ މިންވަރަކުން ފްލައިޓްތައް ބާއްވާނެ،”

ފިރާގު ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ މީގެ އިތުރުން ރާއްޖޭގައި ތިބި ކަރަންޓީން މީހުން ސައޫދީ އަރަބިއްޔާ އަށް ގެންދަން “ޖަޒީރާ އެއާވޭސް”ގެ ފްލައިޓެއް ވެސް ޗާޓަރު ކުރަން ނިންމާފައިވާ ކަމަށެވެ

އިނަ މޯލްޑިވްސްއަކީ 2016 ވަނަ އަހަރުން ފެށިގެން ކޮވިޑް-19 އަށް ރާއްޖޭގެ ބޯޑަރު ބަންދުކުރުމާ ހަމައަށް ގަމަށް ސްރީލަންކަން އެއާލައިންސް އޮޕަރޭޓްކުރި ކުންފުންޏެވެ. ނަމަވެސް މި ދަތުރުތައް ހުއްޓާލަން ޖެހުނު މައިގަނޑު ސަބަބަކީ ސަރުކާރުން ބޭނުންވާ އެއްބާރުލުން ނުދިނުމެވެ.

  • ކޮމެންޓްސް (0)

Your email address will not be published. Required fields are marked *

  • ފުރިހަމަ ނަން

Ads

ގުޅޭ ލިޔުންތައް

ޕީޕީއެމްގެ ރިޔާސީ ޓިކެޓް ރައީސް ޔާމީނަށް ރަސްމީކޮށް އަރުވައިފި

ޕީޕީއެމްގެ ރިޔާސީ ޓިކެޓް ރައީސުލްޖުމްހޫރިއްޔާ ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމަށް ރަސްމީކޮށް އަރުވައިފިއެވެ. ރިޔާސީ ޓިކެޓް ރައީސް ޔާމީނަށް އެރުވީ ...

ރައީސް އިބްރާހިމް ސޯލިހު ކޯވިޑް-19އަށް ޕޮޒިޓިވް ވެއްޖެ

ރައީސް އިބްރާހީމް މުހައްމަދު ސޯލިހު ކޯވިޑް-19އަށް ޕޮޒިޓިވް ވެއްޖެއެވެ.  އެމަނިކުފާނު މިއަދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ބައްޔަށް ޕޮޒިޓިވް ...

ސަރުކާރުގެ އޮފީސްތައް އިތުރު އެއް ހަފްތާ އަށް ބަންދު ކުރަން ރައީސް އިބްރާހިމް މުހައްމަދު ސޯލިހް މިއަދު ނިންމަވައިފި

މި ހަފުތާއެކޭ އެއްގޮތަށް އަންނަ ހަފްތާގައިވެސް ސަރުކާރުގެ އޮފީސްތައް ބަންދުކުރުމަށާ ސްކޫލްތަކާއި، ކޮލެޖުތަކާއި، ޔުނިވަރސިޓީތަކުގެ ކިޔެވުން ބަންދުކުރެއްވުމަށް ރައީސުލްޖުމްހޫރިއްޔާ ...