ބާސާ ދޫކޮށްލުމަށްފަހު ޓުރާން ތުރުކީގެ ކްލަބަކަށް ބަދަލުވެއްޖެ

ބާސެލޯނާ ދޫކޮށްލުމަށްފަހު ލޯން އެއްބަސްވުމެއްގެ ދަށުން އަދާ ޓުރާން ތުރުކީގެ ކްލަބެއް ކަމަށްވާ އިސްތަންބުލް ބަޝަކްޝެހިރްއަށް ބަދަލުވެއްޖެއެވެ.

ޓުރާން ބަޝަކްޝެހިރްއަށް ބަދަލުވިކަން ބާސާއިން ވަނީ ކަށަވަރުކޮށް ދީފައެވެ.

ބާސާ އިން ނެރުނު ބަޔާނެއްގައި ބުނީ ލޯން އެއްބަސްވުމެއްގެ ދަށުން ޓުރާން 2020 ވަނަ އަހަރުގެ ނިޔަލަށް ތުރުކީގެ އިސްތަންބުލް ބަޝަކްޝެހިރްއަށް ބަދަލުވެފައިވާ ކަމަށެވެ.

ޖެނުއަރީ ޓްރާންސްފާގައި ޓުރާން ހޯދުމަށް ގިނަ ކްލަބްތަކުން މަސައްކަތްކުރިއެވެ. އޭގެތެރޭގައި އާސެނަލްވެސް ހިމެނެއެވެ.

ތުރުކީގެ ގަލަސަތަރާއި އިން ކެރިޔަރު ފެށި ޓުރާން ވަނީ އެކްލަބަށް ހަސީޒަން ކުޅެ ގިނަ ކާމިޔާބީތަކެއް ހޯދައިދީފައެވެ. އެގޮތުން އޭނާ ވަނީ އެ ކްލަބާއެކު ތުރުކީ ލީގް، ތުރުކީ ކަޕް އަދި ތުރުކީ ސުޕަރކަޕް ކާމިޔާބުކޮށްދީފައެވެ.

އެއަށްފަހު ދެން އޭނާ ބަދަލުވީ 2011 ވަނަ އަހަރު އެޓްލެޓިކޯ މެޑްރިޑަށެވެ. އޭނާ ވަނީ އެކްލަބުގައިވެސް ހަތަރު ސީޒަން ހޭދަކޮށް އެޓީމާއެކު ސްޕެނިޝް ލީގު، ކޮޕާޑެލްރޭ، ސްޕެނިޝް ސުޕާކަޕް، ޔުއެފާ ސުޕާކަޕް އަދި ޔުއެފާ ޔޫރޮޕާ ލީގުވެސް ކާމިޔާބުކޮށްފައެވެ.

އެޓްލެޓިކޯ ދޫކޮށްލުމަށްފަހު ޓުރާން ބާސާއަށް ބަދަލުވީ 2015 ވަނަ އަހަރެވެ. އޭނާ ވަނީ އެކްލަބަށް މިހާތަނަށް ކުޅުނު 55 މެޗުގައި 15 ލަނޑު ކާމިޔާބުކޮށްދީފައެވެ.

ތުރުކީ ގައުމީ ޓީމާއެކު ޔޫރޯ 2008 ގެ ތިންވަނަ ހޯދި ޓުރާން ވަނީ ބާސާއާއެކު ހަ ތަށި ކާމިޔާބުކޮށްފައެވެ. އޭނާ ވަނީ އެ ކްލަބާއެކު ސްޕެނިޝް ސުޕާކަޕް، ލީގް ޗެމްޕިއަންޝިޕް، ފީފާ ކްލަބް ވޯލްޑްކަޕް، ޔޫރަޕިއަން ސުޕާކަޕް އަދި ދެ ކޮޕާޑެލްރޭ ކާމިޔާބުކޮށްފައެވެ.

  • ކޮމެންޓްސް (0)

Your email address will not be published. Required fields are marked *

  • ފުރިހަމަ ނަން

Ads

ގުޅޭ ލިޔުންތައް

އަޅުގަޑު މަސައްކަތްކުރާނީ ރަށްޔިތުންގެ ޚިޔާލާއި މަޝްވަރާގެ މަތިން – ސާލިހާ

މީދޫގެ ލޮބުވެތި ރައްޔިތުން އަޅުގަނޑަށް އިތުބާރުކޮށް ހަވާލުކުރެއްވި މަގާމުގެ ފުރިހަމަ ޒިންމާ އާއި މަސްއޫލިއްޔަތުތައް، ތެދުވެރިކަމާ، އަމާނާތްތެރި ކަމާއެކު ...

އިޓަލީ ބަލިކޮށް ޔޫއެފާ ނޭޝަންސް ލީގުގެ ފައިނަލުން ސްޕެއިން ޖާގަ ހޯދައިފި

ޔޫއެފާ ނޭޝަންސް ލީގުގެ ފައިނަލުން ސްޕެއިން ޖާގަ ހޯދައިފިއެވެ. ނިމިދިޔަ ޔޫރޯގެ ސެމީ ފައިނަލްގައި ޕެނަލްޓީޖަހައިގެން  ސްޕެއިން ބަލިކުރުމަށްފަހު ...

ޔުނައިޓެޑް ދޫކޮށްލުމަށްފަހު އިބްރާހިމޮވިޗް މޭޖާ ލީގަށް ބަދަލުވަނީ

މެންޗެސްޓާ ޔުނައިޓެޑް ދޫކޮށްލުމަށްފަހު ޒްލަޓަން އިބްރާހިމޮވިޗް އެމެރިކާގެ މޭޖާ ލީގް ސޮކާގެ ކްލަބަކަށް ބަދަލުވާން އުޅޭކަމަށް ރިޕޯޓްތައް ބުނެފި ...