އައްޑޫ އިން ކޮވިޑް ޖެހިގެން މިއަދު މީހަކު މަރުވެއްޖެ

އައްޑޫ ސިޓީގައި ކޮވިޑް19 އަށް ފަރުވާ ހޯދަމުން ދިޔަ މީހަކު މަރުވެއްޖެއެވެ.

ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން މިއަދު ބުނީ އައްޑޫ ސިޓީގެ ކޮވިޑް މެނޭޖުމަންޓު ފެސިލިޓީގައި ފަރުވާ ހޯދަމުން ދިޔަ އުމުރުން 81 އަހަރުގެ ދިވެހި ފިރިހަނަކު މިއަދުގެ މެންދުރު 13:33 ހާއިރު މަރުވެފައިވާ ކަމަށެވެ.

މިއީ އައްޑޫ އިން ކޮވިޑް ބަލީގައި މަރުވި 11ވަނަ މީހާއެވެ. އަދި މުޅި ރާއްޖެއިން މިބަލި ޖެހިގެން މަރުވި 247ވަނަ މީހާއެވެ.

ރާއްޖެއިން މިހާތަނަށް މިބަލި 89،255 މީހަކަށް ވަނީ ޖެހިފައެވެ. އަދި ބަލިން ރަނގަޅުވި މީހުންގެ އަދަދު ވަނީ 86،899އަށް ވަނީ އަރާފައެވެ. ކޮވިޑް ފެސިލިޓީތަކުގައި 15 މީހަކަށް އަންނަނީ ފަރުވާ ދެމުންނެވެ.

advertisement
advertisement
  • ކޮމެންޓްސް (0)

Your email address will not be published. Required fields are marked *

  • ފުރިހަމަ ނަން

Ads

ގުޅޭ ލިޔުންތައް

އެއްބައިވަންތަކަމާއެކު ޢީދުގެ އުފާވެރިކަން ވީއެންމެ ބޮޑަކަށް ފާހަގަކުރުމަށް ރައީސް އެދިވަޑައިގެންފި

އެއްބައިވަންތަކަމާއެކު ޢީދުގެ އުފާވެރިކަން ވީއެންމެ ބޮޑަކަށް ފާހަގަކުރުމަށް ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު ދިވެހި ކުދިބޮޑު އެންމެހާ ރައްޔިތުންގެ ...

ރޮބަޓެއް ބޭނުންކޮށްގެން ގެއްލުނު ކުދީން ހޯދުމުގެ މަސައްކަތްކޮށްފި

އައްޑޫ ސިޓީ ހިތަދޫގައި މިދިޔަ ހޮނިހިރުދުވަހު މޫދަށް އެރި އުޅެނިކޮށް ގެއްލިގެން ހޯދަމުންދާ ދެ ކުދިން ހޯދުމަށް ޑައިވިން ...

ފަސް ސެޓު ކުޅެގެން ގއ. ޕޮލިސް ޓީމު ބަލިކޮށް އައްޑޫސިޓީ ޕޮލިސްޓީމު ފައިނަލަށް

ސައުތު ބްލޫޒް އަންހެން  ވޮލީބޯޅަ މުބާރާތުގެ ސެމީފައިނަލްގެ 3 ވަނަ މެޗްގައި ފަސްސެޓް ކުޅެގެން  ގއ. ޕޮލިސް ބަލިކޮށް ...