ދިވެހި ރައްޔިތުންނަށް ވާނުވާ ވަރަށް ސާފް – ނިހާދު

ސިވިލްސާވިސްގެ ގާނޫނަށް އިސްލާހުގެނެސް ފާސްކުރީ 2015 ވަނައަހަރުކަމަށާ އަދި އޭރު އެކަންކުރީ ކުއްލިއަކަށް އަވަސް އަރުވާލައިގެން ކަމަށް ފޭދޫދާއިރާގެ މަޖިލިސް މެމްބަރު މުހައްމަދު ނިހާދު ވިދާޅުވެއްޖެވެ.

ނިހާދު މިހެންވިދާޅުވީ ސިވިލް ސާރވިސް ގަވާއިދަށް ގެނައި އިޞްލާހާއި ގުޅޭގޮތުން ގިނަ ބައެއްގެ ފާޑުކިޔުން އަމާޒުވެފައިވަނިކޮށް ނިހާދު ކުރެއްވި ޓުވިޓެއްގައެވެ.

ނިހާދުގެ ޓުވިޓާގައި އިތުރަށް ވިދާޅުވީ މުޅި އިލްޒާމް އަދުގެ ސަރުކާރު ނުވަތަ ސިވިލް ސާރވިސް ކޮމިޝަންގެ ބޮލަށް ކަނޑާލަން އުޅުނަސް ދިވެހި ރައްޔިތުންނަށް ވާނުވާ ވަރަށް ސާފުކަމަށެވެ.

ސިވިލް ސާރވިސްގެ ޤަވާއިދަށް ގެނައި އައު އިޞްލާހުގައި ބުނެފައިވާގޮތުގައި މަސައްކަތުގެ ރަސްމީ ނުވަތަ ނުރަސްމީ ގަޑީގައިވެސްމަސައްކަތުގައި އުޅޭ އެއްވެސް ވަގުތެއްގައި، އެއްވެސް ސިޔާސީ ހަރަކާތެއްގައި ބައިވެރިވުން ވަނީ ކުށެއްގެ ގޮތުގައިކަމަށް ކަނޑައަޅައި، އެއީ ވަޒީފާއިން ވަކިކުރެވޭފަދަ ކުށެއްގެ ގޮތުގައި ބަޔާންކޮށްފައެވެ.

އަދި ސިވިލް ސާރވިސް މުވައްޒަފެއް އޭނާގެ މަގާމުގެ މަސްއޫލިއްޔަތު އަދާކުރާއިރު ވަކި ފަރާތަކަށް ޖެހި ހުންނަކަން ދޭހަވާ ފަދަ ގޮތަކަށް ނުވަތަ އެ މުވައްޒަފެއްގެ ވާޖިބުތަކާއި މަސްއޫލިއްޔަތުތަކަށް ހުރަސްއެޅޭ ފަދަ ގޮތަކަށް އެއްވެސް ސިޔާސީ ހަރަކާތެއްގައި ބައިވެރިވުން ވެސް ވަނީ ވަޒީފާއިން ވަކިކުރެވޭ ކުށެއްގެ ގޮތުގައިވެސް އައު އިޞްލާހުގައި ކަނޑައަޅައިވެއެވެ. މީގެ އިތުރުން މަގާމު އަދާކުރުމުގައި ނުވަތަ މަގާމުގެ ގޮތުން އެހެން މީހުންނަށް ހިދުމަތް ދިނުމުގައި ސިޔާސީ ފިކުރާ ގުޅުވައި ތަފާތުކުރުން ގެންގުޅުމަކީ ވެސް ވަޒީފާއިން ވަކިކުރެވޭ ކުށެއްގެ ގޮތުގައި ކަނޑައަޅައިފައިވާއިރު، މި ގަވާއިދާއެކު ސިވިލް ސާވިސް މުވައްޒަފުންނަށް މަސައްކަތުގައި އުޅޭ ވަގުތު ސިޔާސީ ހަރަކާތްތަކުގައި ބައިވެރިވުމަކީވެސް މަނާކަމެއްކަމަށް ބަޔާންކޮށްފައިވެއެވެ. ނަމަވެސް މަސައްކަތު ވަގުތު ނޫން ވަގުތުތަކުގައި ސިޔާސީ ހަރަކާތްތަކުގައި ބައިވެރިވުމަށް މި ޤަވާއިދު ހުރަހެއް ނާޅައެވެ.

  • ކޮމެންޓްސް (0)

Your email address will not be published. Required fields are marked *

  • ފުރިހަމަ ނަން

Ads

ގުޅޭ ލިޔުންތައް

ދަރިވަރެއްގެ ހަޔާތުގެ އެންމެ މުހިއްމު ދުވަސްތަކަކީ ޕްރީ ސްކޫލްތަކުގައި ހޭދަކުރެވޭ ދުވަސްތައް – ރޮޒެއިނާ

އަޅުގަޑުމެން ވަރަށް މުހިއްމު ކަމެއްދީގެން ވަރަށްބާރަށް އޯލެވެލްއާއި އޭލެވެލްގެ ނަތީޖާ ރަގަޅު ކުރުމުގެ ވާހަކަ ދައްކާކަމަށާ އެހެނަމަވެސް ޕްރީސްކޫލްތަކުގައި ...

ސަފާ ގްރޫޕްގެ މީހުންނަށް އުމުރާއަށް ނުފުރުނު މައްސަލަ: އިސްލާމިކް މިނިސްޓްރީން ބަލަނީ

ސަފާ ގުރޫޕުން ގުރޫޕުން މި ރޯދަމަހު އުމްރާއަށް ދާން ހަމަޖެހުނު މީހުންނަށް ނުފުރުނު މައްސަލަ އިސްލާމިކް މިނިސްޓްރީން ބަލަން ...

މާލެ ސަރަހައްދުން ރަށްރަށަށް ދިޔަ މީހުން އެކަހެރިވާން އަންގައިފި

މާލެ ސަރަހައްދުން މިފަހުން އެކި ރަށްރަށަށް ދިޔަ މީހުން އެމީހަކު ދިރިއުޅޭ ތަނެއްގައި 14 ދުވަހުގެ މުއްދަތަށް އެކަހެރިވާން ...