އެމްޑީޕީ ޕްރައިމަރީގެ ނަންތައް ތަރުތީބުކޮށްފި، ރައީސް ނަޝީދަށް 1، ރައީސް ޞާލިޙަށް 2

އެމްޑީޕީގެ ރިޔާސީ ޕްރައިމަރީއަށް ކުރިމަތިލެއްވި އެޕާޓީގެ އިސް ލީޑަރު، ރައީސް އިބްރާހިމް މުހައްމަދު ސޯލިހާއި ޕާޓީގެ ރައީސް އަދި ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ ކެންޑިޑެންސީ ބަލައިގަނެ، ކެންޑިޑޭޓް ނަންބަރު އެޕާޓީން މިއަދު ތަރުތީބުކޮށްފި އެވެ.

އެގޮތުން އެމްޑީޕީން ކުރި އިއުލާންގައި ވަނީ އިންތިޚާބުގައި ވާދަކުރައްވާ ކެނޑިޑޭޓުގެ ނަމާއި ކެނޑިޑޭޓް ނަންބަރު އާންމުކޮށްފައިވާކަމަށެވެ.

1 މުހައްމަދު ނަޝީދު (ގ ކެނެރީގެ/ މާލެ)
2 އިބްރާހީމް މުހައްމަދު ޞާލިހް (ނޫރާނީއާގެ / ޅ ހިންނަވަރު)

އަންނަ އަހަރު ބާއްވާ ރިޔާސީ އިންތިހާބުގައި ވާދަކުރާނެ ކެންޑިޑޭޓެއް ހޮވުމަށް އެމްޑީޕީން ބާއްވާ ރިޔާސީ ޕްރައިމަރީ ބޭއްވުމަށް ތާވަލުކޮށްފައިވަނީ އަންނަމަހުގެ 28 ވަނަ ދުވަހުއެވެ. .

އެމްޑީޕީގެ ތާރީހުގައި މިހާތަނަށް އަންނާނެ އެންމެ ވާދަވެރި އިންތިހާބުގައި ވާދަ ކުރެއްވުމަށް ރައީސް ސޯލިހް  ފޯމު ހުށަހަޅާފައިވަނީ 20،000 އަށް ވުރެ ގިނަ މެންބަރުންގެ ތާއީދާއެކު އެވެ. ނަޝީދު ފޯމު ހުށަހަޅުއްވާފައި ވަނީ ބޭނުންވާ އަދަދަށް 500 މެންބަރުންގެ ތާއީދާ އެކު އެވެ. 

އެމްޑީޕީ އަކީ ރާއްޖޭގެ އެންމެ ގިނަ ދުވަސްވީ އެންމެ ބޮޑު ސިޔާސީ ޕާޓީ އެވެ. މިވަގުތު އެޕާޓީގެ ދަފްތަރުގައި 58،000 މެމްބަރުން އެބަ ތިއްބެވެ.

ނަމަވެސް ނަޝީދު ވަނީ އެމްޑީޕީގެ ގިނަ މެންބަރުންތަކެއް ރައީސް ސޯލިހު ވަކިކުރެއްވި ކަމަށް ތުހުމަތުކޮށް ޕާޓީގެ ދަފުތަރު ގަޑުބަޑުވެފައިވާ ކަމަށް ވިދާޅުވެފަ އެވެ. ނަޝީދުގެެ އެ ތުހުމަތުތައް ދޮގުކޮށް ނެރުނު ބަޔާނެއްގައި އެމްޑީޕީއިން ބުނީ އެ ޕާޓީގެ ދަފުތަރަކީ ޕާޓީގެ އަސާސީ ގަވާއިދާ އެއްގޮތަށް ބަލަހައްޓަމުންދާ ދަފުތަރެއް ކަމުގައި ބުނެފަ އެވެ.

  • ކޮމެންޓްސް (0)

Your email address will not be published. Required fields are marked *

  • ފުރިހަމަ ނަން

Ads

ގުޅޭ ލިޔުންތައް

ޑރ. މަޖީދުގެ ޖަނާޒާ މިއަދު ލަންކާގައި ބާއްވަނީ

ދިވެހިންގެ ތެރެއިން ގިނަ ބައެއްގެ އިޚްތިރާމާއި ލޯބި ހޯއްދަވާފައިވާ ކުރީގެ އިސްލާމިކް މިނިސްޓަރު އަދި މަޝްހޫރު ދީނީ ޢިލްމުވެރިޔާ ...

ޑިފެންސް މިނިސްޓަރ ހުޅުދޫއާއި މީދޫއަށް ޒިޔާރަތްކުރައްވައިފި

ޑިފެންސް މިނިސްޓަރު މާރިޔާ އަހުމަދު ދީދީ  ހުޅުދޫއާއި މީދުއަށް ޒިޔާރަތްކުރައްވައިފިއެވެ. ޑިފެންސް މިނިސްޓަރު މާރިޔާ އަހުމަދު ދީދީ ރޭ ...

މީދުން ގޯތި ދިނުމަށް ނިންމާފައިވާ ގޮތާއި މެދު ކަންބޮޑުވުން ތަކެއް

މީދުން ގޯތި ދިނުމަށް ނިންމާފައިވާ ގޮތާއި މެދު ކަންބޮޑުވުން ތަކެއް ހުރުމާއި ގުޅިގެން މީދޫގެ ރަށްޔިތުންގެ ތެރެއިން ބަޔަކު ...