އެމްޑީޕީ ސަރުކާރުގައި ތިނަދޫ ތަރައްޤީކުރާ މަންޒަރު ފެންނަ ފޮޓޯތަކެއް!

އެމްޑީޕީގެ ލީޑާޝިޕުން މިއަދު ބުނާ ގޮތުގައި ރައީސް ޔާމީން ގެންދަވަނީ، ތިނަދޫ “ފަޅުކުރައްވަމުން”ނެވެ. އަދި އެމްޑީޕީން ތިނަދޫ “ތަރައްޤީ” ކުރިކަމަށް ވެސް އެޕާޓީން ދައުވާ އެބަކުރެއެވެ.

އެމްޑީޕީގެ ލީޑާޝިޕުގެ ބައެއް މީހުން ދެއްކި މިފަދަ ވާހަކަތަކާއި ގުޅިގެން އެމްޑީޕީގެ 3 އަހަރުގެ ވެރިކަމުގައި ތިނަދޫއަށް ކޮށްދިނީ ކޮންކަމެއްތޯ ވަރަށް ހޯދައި ބަލައިފީމެވެ. ގަޑި ދެގަޑިއިރު ވަންދެން ރާއްޖޭގެ ނޫސް ވެބްސައިޓްތަކާއި ސޯޝަލް މީޑިޔާގައި ހުރި އެމްޑީޕީގެ ޕޭޖްތައް ބަލައިގެން ވެސް އެމްޑީޕީން ތިނަދޫއަށް ގެނެސްދިން ތަރައްގީއެއްގެ ވާހަކައެއް ނުފެނުނެވެ.

އެހިސާބުން ފޯނު ނަގައިގެން ތިނަދޫ ކައުންސިލަށް ގުޅައި މައުލޫމާތު އޮޅުން ފިލުވަން ނިންމީމެވެ. ހަމަ ގުޅާލިއިރަށް، ކައުންސިލް އިދާރާގެ އަންހެން މުވައްޒަފަކު ފޯނު ނަގައިފިއެވެ.

އަހަރެން ގުޅި ކޮން ބޭނުމަކު ކަމާއި، އޮޅުން ފިލުވަން ބޭނުންވާ މައުލޫމާތު ވެސް އެ މުވައްޒަފަށް އަރުވައިފީމެވެ. އަހަރެން ސުވާލުކުރީ، އެމްޑީޕީން ތިނަދޫ އަށް ގެނެސްދިނީ ކޮން ތަރައްގީއެއްތޯއެވެ. އަދި އެ މަޝްރޫއުތައް ކިޔާލަ ދިނުމަށް އެދުނީމެވެ.

އޮޅުން ފިލުވާގައި ގުޅާނެ ކަމަށް ބުނެ އެ މަންޖެ ފޯނު ބޭއްވިއެވެ. އޭގެ ފަހުން ގުޅައިގެން ފޯނެއް ނުނެގިއެވެ. ވީނުވީއެއް ބަލައިލި އިރު ގުޅާލެވުނީ އެމްޑީޕީ ކައުންސިލަރުން ތިބޭ ކައުންސިލަކަށެވެ.

ރަސްމީ އިދާރާއަކުން ބަހެއް ނުލިބުމުން ތިނަދޫގެ އެންމެ ނަންހިނގާ ވިޔަފާރިވެރިންގެ ތެރެއިން މީހަކަށް ގުޅައިފީމެވެ. އެމްޑީޕީން ތިނަދޫއަށް ގެނެސްދިން ތަރައްގީ ކޮބައިހޭ އެހީމާ، ޖަވާބު ދިނުމުގެ ބަދަލުގައި އޭނާ އެހީ ވައިބަރ ނަންބަރެވެ.

” އެމްޑީޕީން ކުރި ތަރައްގީ ދައްކަފާނަން. ވައިބަރ ނަންބަރު ބުނެބަލަ. މި ފޮނުވާލަނީ ފޮޓޯތައް. ވީހާވެސް ގިނަ ބަޔަކަށް މި ފޮޓޯތައް ދައްކާލާތި” ތިނަދޫން ވާހަކަ ދެއްކި ވިޔަފާރިވެރިޔަކު ބުންޏެވެ.

ވައިބަރ ނަންބަރު ބުނެފައި ފޯނު ބޭއްވިތާ ކުޑައިރުކޮޅެއްގެ ތެރޭގައި ފޮޓޯތައް ލިބެން ފަށައިފިއެވެ. އެ ފޮޓޯތަކާއި އެކު ލިޔެފައިވާ މެސެޖުގައި އޮތީ “މިއީ ނަޝީދު އާއި އެމްޑީޕީން ތިނަދޫ ތަރައްގީ ކުރާ މަންޒަރު” ކަމަށެވެ.

  • ކޮމެންޓްސް (0)

Your email address will not be published. Required fields are marked *

  • ފުރިހަމަ ނަން

Ads

ގުޅޭ ލިޔުންތައް

ރާއްޖެ- މޮރިޝަސްގެ ކަނޑުގެ އިންވަކިކުރުމުގެ މައްސަލަ ރާއްޖެއިން ކާމިޔާބުކޮށްފި

ރާއްޖެއާއި މޮރިޝަސްގެ ކަނޑުގެ ސަރަޙަދުން ފުށުއަރާ ސަރަޙައްދުގެ އިން ވަކި ކުރުމުގެ މައްސަލަ، ރާއްޖެއަށް ބޮޑު ބައި ލިބޭގޮތަށް، ...

މިނިވަންކަމާއެކު ނޫސްވެރިކަން ކުރެވޭނެ، ބިރުގަންނާކަށް ނުޖެހޭނެ: މަހްލޫފް

ޤާނޫނީ އިމުގެ ތެރެއިން މިނިވަންކަމާއެކު ނޫސްވެރިކަން ކުރެވޭނެ ކަމަށާއި ނޫސްވެރިން ބިރުގަންނާކަށް ނުޖެހޭނެކަމަށް ޔޫތު މިނިސްޓަރު އަޙްމަދު މަހްލޫފް ...

ކުއްލި ނުރައްކާ އިއުލާން ކުރަން ނަޝީދު ހުށަހެޅުއްވި ގަރާރު ފާސްކޮށްފި

ރާއްޖޭގައި ކުއްލި ނުރައްކާ އިއުލާންކޮށް ހަރުކަށި ފިކުރައް ނިސްބަތްވާ މީހުން ހައްޔަރު ކުރުމަށް ސަރުކާރަށް ގޮވާލައި ރައީސް މުހައްމަދު ...