ކޮވިޑް 19 އާއި ގުޅިގެން މުޅި ރާއްޖެ ލޮކްޑައުންކޮށްފައި އޮތް ދުވަސްވަރު ރީތި ރާގުތަކަށް ގުރުއާން ކިޔެވުމަށްފަހު ފޭސްބުކްގައި ޝެއަރ ކޮށް މީހުންގެ މަގުބޫލްކަން ހޯދި މީހާ ވަޒީފާ އަދާކުރަމުންދިޔަ ތަނުން އެހެން ތަނަކަށް ބަދަލުކޮށްފައިވާކަމަށް ތުންތުން މަތިން ވާހަކަ ދެކެވެމުން އެބަދެއެވެ.

ތުންތުން މަތިން ވާހަކަ ދެކެވޭގޮތުގައި އޭނާގެ ވަޒީފާ އަދާކުރަމުންދިޔަ އޮފީހުގެ ބައެއް އަންހެން މުވައްޒަފުންނާއި އޭނާ ބޭނުންވާގޮތައް ގުޅުން ބާއްވަމުން ގޮސްފައިވާއިރު އޭނާއާއި ގާތްގުޅުމެއް ނުބާއްވާ މުވައްޒަފުންނާއިމެދު ތަފާތު ކުރުންތައް ގެންގުޅެ އުމުވައްޒަފުންނަށް އޮފީހުގައި މަސައްކަތް ކުރުމުގެ ފަސޭހަ މާހައުލެއް ނޯންނަކަމަށްވެސް އެތަނުގެ ބައެއް މުވައްޒަފުންނާއި ހަވާލާދީ ތުންތުންމަތިން ވާހަކަ ދެކެވެއެވެ.

ތުންތުން މަތިން ވާހަކަ ދެކެވޭގޮތުގައި އެޗްއާރުގެ އިސްމީހެއްގެ ގޮތުން އޮފީހުގައި ހަވާލްކުރެވިފައިވާ މަސައްކަތްތަކުގެ ނާޖާއިޒް ފައިދާ ނަހަމަ ގޮތުގައި ބޭނުން ކުރަމުންދާ މިމީހާއާއި ގާތްގުޅުން ނުބާއްވާ މުވައްޒަފުންނަށް  އޮފީސްތެރޭގައި ކުރަމުންދާ އުދަގޫތަކުގެ ސަބަބުން މީނާ އެތަނުން ބޭރުކުރުމަށް އެތަނުގެ ގިނަ މުވައްޒަފުންވެސް ވަނީ މަސައްކަތްކޮށްފައެވެ.

ތުންތުންމަތިން ވާހަކަ ދެކެވޭގޮތުގައި މީނާ އަކީ ރަށުތެރެއިން ކައިވެނިކުރާނެކަމަށްބުނެ ކުއްޖަކާ ގުޅިގެން އެގެއަކަށްގޮސް އެކުއްޖަކާއެކު ގިނަދުވަހު އުޅެ ކައިވެނިކުރުމަށް ވެޑިންގ ޑްރެސްވެސް ތައްޔާރުކުރުވުމަށްފަހު އެކުއްޖާއާއި ދޭތެރޭ ވަރަށް އިހާނެތިގޮތަކަށް ކަންތައްތައް ކުރުމަށްފަހު އެކުއްޖާވެސް ދޫކޮށްލާފައިވާ މީކެވެ.

ތުންތުންމަތިން އިތުރަށް ދެކެވޭގޮތުގައި  މިއަދުގެ ނިޔަލަށް ( 10 އޮކްޓޯބަރ 2021 ގެ ނިޔަލަށް ) އޭނާ އެރަށަކަށް ބަދަލުނުކުރާކަމަށްވާނަމަ  އޭނާއާއި ދެކޮޅަށް ބޮޑު އިހުތިޖާޖެއް ކުރަން އޭނާ ވަޒީފާ އަދާކުރާ ރަށުގެ ޒުވާނުންވަނީ ރާވާފައެވެ. އެހެންކަމަން އޭނާ އާދީއްތަ ދުވަހު އެހެންތަނަކަށް ބަދަލުކޮށްފައިވާކަމަށް ތުންތުންމަތިން ދަނީ ވާހަކަ ދެކެވެމުންނެވެ.

  • ކޮމެންޓްސް (0)

Your email address will not be published. Required fields are marked *

  • ފުރިހަމަ ނަން

Ads

ގުޅޭ ލިޔުންތައް

ބުރުގަލާއި ނުލައި އަޝްފާގެ ފުރަތަމަ ފެނިލުން “ޖުމްހޫރީ 50″ގެ ލަވައިން

ބުރުގަލާއި ނުލައި އަޝްފާގެ ފުރަތަމަ ފެނިލުން “ޖުމްހޫރީ 50″ގެ ލަވައިން މިވަނީ ފެނިގެންގޮސްފައެވެ. މަޝްހޫރު ލަވަކިޔުންތެރިޔާ މަރިޔަމް އަޝްފާއަކީ ...

ތުންތުންމަތިން

#  މެޖޯރިޓީ އޮތީ އެމީހުންއަތުގައިކަމާ ތިމާ މިހުރީ އެކަނި މާއެކަނިކަން ދަނެގެން ގަދަކަން ނުދައްކައި އެމީހުންނާއި ގުޅިގެން ތިމާގެ ...